Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާ

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔަކަށް އެމްބާޕޭ

16 މެއި 2022 | ހޯމަ 07:38

ލީގުގައި މިހާތަނަށް 25 ލަނޑު ވަނީ ޖަހާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2022 | ހޯމަ 07:38
އެމްބާޕޭ

އެމްބާޕޭ | ޓްވީޓަރ

ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ފޯވާޑް ކީލިއަން އެމްބާޕޭ ހޯދައިފިއެވެ.

އެމްބާޕޭ ރޭ މި އެވޯޑު ހާސިލްކޮށްފައިވާއިރު، އޭނާ ވަނީ ޕީއެސްޖީއާއެކު މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. އަދި އޭނާ ވަނީ މިހާތަނަށް ލީގުގައި 25 ލަނޑު ޖަހާފައެވެ. މި އެވޯޑަކީ ނެޝަނަލް ޔޫނިއަން އޮފް ޕްރޮފެޝަނަލް ފުޓްބޯލް ޕްލޭޔާސް (ޔޫއެންއެފްޕީ)ގެ ފަރާތުން ފްރާންސްގެ ޓޮޕް ޑިވިޒަންގެ ކުޅުންތެރިންގެ މެދުގައި ދޭ އެވޯޑެކެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު މި އެވޯޑު ހަފްލާ ބާއްވާފައެއް ނުވެއެވެ.

އެވޯޑު ހާސިލްކުރުމަށްފަހު އެމްބާޕޭ ބުނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މި އެވޯޑު ހާސިލްކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. އެމްބާޕޭ ބުނީ ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުމަކީ ވެސް އޭނާއަށް ލިބޭ އުފަލެއްކަމަށެވެ. މިހާތަނަށް ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަކީ އެޑިސަން ކަވާނީއެވެ. އޭނާ ޕީއެސްޖީއަށް 200 ގޯލު ޖަހައިދީފައިވާއިރު، އެމްބާޕޭ އޮތީ މި ލިސްޓުގެ ދެ ވަނައިގައެވެ. އެއީ އޭނާ މިހާތަނަށް ޕީއެސްޖީއަށް ޖަހައިދިން 168 ލަނޑާއެކުއެވެ. މި ލިސްޓުގެ ތިން ވަނަ މަގާމުގައި 156 ގޯލާއެކު އޮތީ ޒްލަޓަން އިބްރަހިމޮވިޗެވެ.

މި ހަލްފާގައި ވަނީ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކޯޗު، އެންމެ މޮޅު ގޯލް ކީޕަރުގެ އިތުރުން އެންމެ ޒުވާން ކުޅުންތެރިޔާ ވެސް ހޮވާފައެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބްރުނޯ ގެނެސިއޯއެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރުންމާއެވެ. މީގެ އިތުރުން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ މާސެއިލްގެ ޑިފެންޑަރު ވިލިއަމް ސަލީބާއެވެ.

މޮނާކޯގައި ހުރުމަށްފަހު އެމްބާޕޭ ޕީއެސްޖީއަށް ބަދަލުވެފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ އަންނަނީ ޕީއެސްޖީގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

3

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

4

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް