Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެއި 6 ހަމަލާގެ ޝަރީއަތް

މެއި 6ގެ ހަމަލާ: ދައުލަތުން އެދުނު ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެފި

15 މެއި 2022 | އާދީއްތަ 08:18

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 30 މެއި ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މެއި 2022 | އާދީއްތަ 08:18
މެއި 6ގެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން

މެއި 6ގެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން، ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަކީ ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާމެދު ދެފަރާތުން ވާހަކަދައްކައި ގޮތެއް ނިންމުމާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ދައުލަތުން ހެކި ރައްކާތެރި ކުރުމުގެ އަމުރަށް އެދި ހުށައަޅާފައިވާއިރު، ދައުލަތުން ވަނީ ސިއްރު ހެކިންގެ ބަޔާނާއި، އެމީހުން ދައުވާލިބޭ ފަރާތްތައް އައިޑެންޓިފައި ކޮށްފައިވާ ފޮޓޯސެޓުތަކާއި އިންޓަރވިއު ރެކޯޑިންގ ހިމެނޭ ސީޑީތައް އެއްކޮށް ސިއްރު ކޮށްދިނުމަށް އެދިފައެވެ.

ހަމައެއާއެކު، މި މައްސަލައިގެ ތަހުގީގު ބަޔާނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެއްކެއްގެ ބަޔާންވެސް އެއްކޮށް ސިއްރުކޮށްދިނުމަށް ދައުލަތުން އެދެއެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ، އެ ހެކިތައް ދޫކޮށްފިނަމަ ހެއްކަށް ޖިސްމާނީ ގެއްލުމެއް ލިބި، ހެކި ނައްތާލުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އޭގެ އިތުރުން، އެ ހެކިތަކުގައި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތު ހިމެނޭކަންވެސް ދައުލަތުން ފާހަގަ ކުރިއެވެ.

ދައުލަތުން ދެން ހުށައަޅާފައިވަނީ ވަކި މިންވަރަކަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމެވެ. އެގޮތުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، މި މައްސަލައިގައި ތައްޔާރު ކޮށްފައިވާ ފައިނޭންޝަލް އެސެސްމަންޓް ރިޕޯޓުތަކުގެ އިތުރުން، ދައުވާލިބޭ ފަރާތްތަކުގެ ކޯލް ޑީޓެއިލް ރިޕޯޓުތައް ވަކި މިންވަރަކަށް ހާމަކޮށްދިނުމަށް ދައުލަތުން އެދެއެވެ.

ދައުލަތުން ބުނާ ގޮތުގައި އެ ހެކިތައް ޝަރީއަތުން ކަނޑައަޅާ ވަކި ޝަރުތުތަކާއެކު ކޯޓަށް އައިސް ބެލުމާމެދު ދައުލަތުގެ އިއުތިރާޒެއް ނެތެވެ.

ހަމައެގޮތަށް، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ބަޔާންތަކަކާއި އިތުރު ލިއުންތަކެއްވެސް އެ އުސޫލުން ވަކި މިންވަރަކަށް ހާމަކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ދައުވާލިބޭ ތަހުމީނާއި ގުޅިގެން ސިއްރު ލިއުމެއްގެ ގޮތުގައި ހުށައަޅާފައިވާ 5 ފޮތާއި ގުޅިގެންވެސް ވަކި މިންވަރަކަށް ހެކި ހާމަކޮށްދިނުމުގެ އަމުރު ނެރެދެއްވުމަށް ދައުލަތުން އެދުނެވެ. ސަބަބަކީ އެއީ ހަރުކަށި ފިކުރަށް މަގުފަހިވާ ފަދަ މައުލޫމާތު ހިމެނޭ ފޮތްތަކަކަށް ވުމުން ކަމަށް ދައުލަތުން ބުނެއެވެ.

ދައުލަތުގެ އެ ހުށައެޅުމާއި ގުޅޭގޮތުން ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. މައިގަނޑު ގޮތެއްގައި ދައުވާލިބޭ ފަރާތްތަކުން ވަނީ އެއް ސަބަބުތަކެއްގެ މައްޗަށް ހުށައެޅިފައިވާ ހެކިތަކަކާއި ގުޅިގެން، ވަކި މިންވަރަކަށް ހާމަ ކުރުމާއި، އެއްކޮށް މުޅި ހެކި ސިއްރު ކުރުމާމެދު ތަފާތު އަންނަ ސަބަބާމެދު ސުވާލު އުފައްދާފައެވެ.

އޭގެ އިތުރުން، ޝަރުތުތަކާއެކު ކޯޓަށް އައިސް ހެކިތައް ބަލައި، އެ ހެކިތައް ނަކަލުކޮށްގެން ދެވޭނަމަ، އެ ހެކި ދިފާއަށް ދޫކުރުމާ އޮތް ތަފާތަކީ ކޮބައިތޯ ދިފާއުން ވަނީ ސުވާލު އުފައްދާފައެވެ. މިއީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ދިފާއީ ވަކީލުން އުފައްދަމުން އަންނަސުވާލެކެވެ.

މައިގަނޑު ގޮތެއްގައި މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ އިއްތިފާޤުން ވަނީ، ދައުލަތުން އެދިފައިވާ ގޮތަށް ހެކި ރައްކާތެރި ކުރެއްވުމުގެ އަމުރެއް ނެރެދެއްވުމަށް ނިންމަވާފައެވެ.

އެއަށްފަހު، މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވަނީ ފުރުސަތު ދެއްވާފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 30 މެއި ގައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އާދަމް މުޙައްމަދު، ގާޒީ ސޮފްވަތު ޙަބީބު އަދި ގާޒީ މުޙައްމަދު މިސްބާޙުއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!

15 އެޕްރީލު 2017
ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!
04 އެޕްރީލު 2017

ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ

04 އެޕްރީލު 2017
ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ
19 މާރިޗު 2017

ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟

19 މާރިޗު 2017
ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟
17 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި

17 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި
27 ފެބުރުއަރީ 2017

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

27 ފެބުރުއަރީ 2017
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް