Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮނޑުދޮށް ހިމާޔަތްކުރުން

ވިލުފުއްޓާ ދިޔަމިގިލީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރަށް ގިރުމުގެ މައްސަލައަކީ ގިނަ ރަށްރަށަށް ދިމާވަމުންދާ ބޮޑު މައްސަލައެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 މެއި 2022 | ހުކުރު 06:42
އެމްޓީސީސީއާ މަޝްރޫއުތައް ހަވާލުކުރުމުގެ ތެރެއިން

އެމްޓީސީސީއާ މަޝްރޫއުތައް ހަވާލުކުރުމުގެ ތެރެއިން

ތ. ވިލުފުށި އަދި ތ. ދިޔަމިގިލީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ދެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަރމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ.

ތ. ދިޔަމިގިލި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 205 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 392 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ. މިއީ 23،164،180 (ތޭވީސް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ސަތޭކަ އަށްޑިހަ) ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެެކެވެ.

ރަށް ގިރުމުގެ މައްސަލަ ތ.ދިޔަމިގިލީގެ 890 މީހުންގެ އާބާދީން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއް ވެފައެވެ. ތ.ދިޔަމިގިލީގައި އެންމެ ބޮޑަށް ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވަނީ ރަށުގެ ފުއްޓަރު ފަރާތާއި ދިމާލުންނެވެ. ރަށް ގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން މީހުން އުޅޭ ސަރަހައްދުތަކުގައިވާ ބައެއް ގޯތިތައް ފަޅުކޮށް އެހެން ސަރަހައްދުތަކަށްވެސް ވަނީ މީގެ ކުރިން ބަދަލުކުރެވިފައެވެ. މީގެ އިތުރުށް ރަށް ގިރައި އުދަ އެރުމުގެ ސަބަބުން ބައެއް ދަނޑުތައް ހަލާކުވެ ދަނޑުވެރިންނަށް އެތައް ގެއްލުމަކާއި ދަތިތަކެއްވެސް ވަނީ ކުރިމަތިވެފައެވެ.

ވިލުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 3،047 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 1،869 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 184 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން، ފަތާ ސަރަޙައްދު ވަކިކުރުމަށް ބެރިޔަރ ފްލޯޓްސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 11،192،295.14 (އެގާރަ މިލިއަން އެއްލައްކަ ނުވަދިހަދެހާސް ދުއިސައްތަ ނުވަދިހަފަސް ރުފިޔާ ސާދަ ލާރި) ގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 130 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއު ނިމުމާއިއެކު ރަށް ގިރުމުގެ ސަބަބުން ތ.ވިލުފުށީ ރައްޔިތުންނަށް ދިމާވަމުން ދިޔަ ދަތިތަކަށް ހައްލު ލިބިގެންދާނެއެވެ. އަދި، ރަށުގެ ގޮނޑުދޮށް ހިމާޔަތްވުމުގެ އިތުރުން މި މަޝްރޫއު ނިމިގެންދާއިރު ވިލިފުށި ރައްޔިތުން ބޭނުންވާ، އަދި ހިތްހަމަޖެހޭފަދަ ފަތާ ސަރަހައްދެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީތ.ވިލުފުށިތ. ދިޔަމިގިލި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު