Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމާ ޝަކޫރުގެ ޝަރީއަތް

އާޒިމާގެ ޝަރީއަތް: މަދަނީ މިންގަނޑާ ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށްދޭން އެދިއްޖެ

މަނީ ލޯންޑަރކުރުމާގުޅޭ ދެ ދައުވާ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ހައިކޯޓުން ނިންމި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 މެއި 2022 | ބުރާސްފަތި 13:36
އާޒިމާގެ ޝަރީއަތް- މި އަޑުއެހުމުގައި ވަނީ އިސްތިއުނާފާ ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކަވާފައި

އާޒިމާގެ ޝަރީއަތް- މި އަޑުއެހުމުގައި ވަނީ އިސްތިއުނާފާ ގުޅޭގޮތުން ދެފަރާތުން ވާހަކަދައްކަވާފައި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ، މަނީ ލޯންޑަރުކުރުމާގުޅޭ ދެ ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓަށް އޭނާގެ ފަރާތުން ހުށައަޅުއްވާފައިވާ އިސްތިއުނާފު ގަޒިއްޔާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާޒިމާގެ ފަރާތުން ހުށައެޅުއްވި މައްސަލައަކީ, އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރކުރުމާގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ހައިކޯޓުން ނިންމުމުން ހުށަހެޅުއްވި މައްސަލައެކެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައާގުޅޭ 3 އިސްތިއުނާފީ ނުކުތާ ޝަރީއަތަށް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

އާޒިމާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށް، 4 އަޑުއެހުމެއް ވަނީ ބާއްވާފައެވެ. 20 އޭޕްރީލްގައި ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ވަނީ މައްސަލައިގައި ހުކުމްކުރައްވާފައެވެ.

މި މައްސަލައިގެ އިސްތިއުނާފާ ގުޅޭގޮތުން ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، މިއީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. ވުމާއެކު، އެ ނިންމުން އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވީއެވެ.

މި މައްސަލަ ދަށު ކޯޓުގައި ކުރިއަށްދިޔަ ގޮތާއިމެދު އޭނާގެ ވަކީލުން އަލިއަޅުވާލައްވާފައިވެއެވެ. އާޒިމާ ވިދާޅުވާ ގޮތުގައި އެކްސްކްރޯ އެގްރީމަންޓާ އެއްގޮތަށް ފައިސާ ޖަމާވެއްޖެކަމަށް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދިން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި ނޯޓުގައި އޮތީވެސް ދައުލަތުން ބަޔާންކުރާ އެކައުންޓު ނަންބަރު ނޫންކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، އޭސީސީއަށް އެއްވެސް ކަމެއްގައި ލަފާދެއްވާފައި ނުވާނެކަމަށާއި، އޭސީސީއަށް ލަފާ ދެއްވުމަކީ އޭނާގެ މަސްއޫލިއްޔަތެއް ނޫންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. ވީއިރު ދެވަނަ ދައުވާގައިވެސް ހިމެނޭ ހަމައެކަނި އަމަލަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުންކަމަށްވާއިރު، އެއްކަމަކާގުޅިގެން ދެ ދައުވާއެއް ނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

އާޒިމާގެ ފަރާތުން ވަނީ، މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވީނަމަވެސް، އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިވަޑައިހެންފައެވެ.

އެއަށްފަހު ދައުލަތުން ވަނީ އާޒިމާގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފަށް ޖަވާބު ދެއްވާފައެވެ. ވުމާއެކު، މި މައްސަލައިގައި ފަނޑިޔާރުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު