Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައޫދީން ހަދިޔާކުރި ކަދުރު

ސައޫދީން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރަސްމީކޮށް ހަވާލުކޮށްފި

މާލެ، ވިލިމާލެއަށް މާލެސިޓީ ކައުންސިލްގެ އެހީތެރިކަމާއިއެކު ކަދުރު ބަހަން ނިންމާފައިވާއިރު، ހުޅުމާލޭގެ ގޭބިސީތަކަށް ކަދުރު ބަހަން ހަވާލުކުރުމަށް ނިންމާފައިވަނީ އެޗްޑީސީއާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 މެއި 2022 | ބުރާސްފަތި 13:09
ސައޫދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސައޫދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދެއް ރާއްޖެ ވަޑައިގެން މިކަމަށްޓަކައި ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ކަދުރު ހަވާލު ކޮށްދެއްވީ ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީއެވެ. ކަދުރާ ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް، ޑރ. އަހުމަދު ޒާހިރު އަލީއެވެ.

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ރަމަޟާންމަހަށް ކަދުރު ފޮނުވަން ނިންމި ގައުމުތަކަށް ރަމަޟާންމަސްތެރޭ ކަދުރު ލިބޭނެކަމަށް އުންމީދުކުރެއްވި ކަމަށާއި، އެހެންނަމަވެސް ރާއްޖެއެކޭ އެއްގޮތަށް އެހެން ގައުމުތަކަށްވެސް ކަދުރު ލިބުން ލަސްވީ ދަތުރުފަތުރާގުޅިގެން ދިމާވި ކަންތައްތަކެއްގެ ސަބަބުންކަމަށެވެ.

ސަފީރުވަނީ އެ ގައުމުގައި ކޮވިޑްގެ ހާލަތާ ގުޅިގެން އަދިވެސް ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަހުދަށާއި އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދަށް ޝުކުރުއަދާކުރައްވާފައެވެ.

ކަދުރު ބަހަން އަންނަ ހަފުތާގައި އިއުލާންކުރެވޭއިރު، ކަދުރު ބަހާނީ ފަގީރުންގެ ގޭބިސީތަކަށެވެ. މާލެ، ވިލިމާލެއަށް މާލެސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކަދުރުބަހަން ނިންމާފައިވާއިރު، ހުޅުމާލޭގެ ގޭބިސީތަކަށް ކަދުރު ބަހަން ހަވާލުކުރުމަށް ނިންމާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އަށެވެ.

ސައޫދީ އަރަބިއްޔާކަދުރުމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު