Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަރައުޚޯއަށް އަނިޔާވުން

ފަރުވާ ދިނުމަށްފަހު އަރައުޚޯ ހޮސްޕިޓަލުން ދޫކޮށްލައިފި

އާދީއްތަ ދުވަހު ގެޓާފޭއާއި ދެކޮޅަށް ބާސެލޯނާ ކުޅެ މެޗުގައި އަރައުޚޯ ނުފެނުން އެކަށީގެންވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 މެއި 2022 | ބުދަ 16:40
އަރައުޚޯ އަށް އަނިޔާވުން

އަރައުޚޯ އަށް އަނިޔާވުން

ލަލީގާގައި ސެލްޓަ ވީގޯ އާއި ބާސެލޯނާ ބައްދަލުކުރި މެޗުގައި ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުޚޯގެ ބޮލަށް ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މިމެޗުގައި އަރައުޚޯއަށް އަނިޔާވީ ބޯޅައިގައި ބޮލުން ޖައްސަން އުޅުމުގެ ތެރޭގައެވެ. މަތިމަތިން އައި ބޯޅައިގައި ބޮލުން ޖައްސަން މަސައްކަތް ކުރީ އަރައުޚޯއާއި ގަވީއެވެ. ނަމަވެސް ދެކުޅުންތެރިންގެ ބޮލާއިބޯ ޖެހިގެން ދެކުޅުންތެރިންވެސް ދަނޑު މައްޗަށް ވެއްޓުނީއެވެ. މިއާއެކު އަރައުޚޯ އަވަހަށް ތެދުވެ ދުއްވައިގަތް ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާ އޭނާ ވެއްޓުނީއެވެ. އޭރުވެސް ގަވީ އޮތީ ވެއްޓިފައެވެ.

މިއާއެކު އަރަޚޯގެ ހާލު ގޯސްވެ އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޓެސްޓުތަކާއި ސްކޭންތައް ހަދާ، ފަރުވާ ދިނުމަށްފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލީ ބުދަ ދުވަހުއެވެ. އަދި އަރައުޚޯގެ ޓެސްޓުތަކުގެ ނަތީޖާއާއި މެދު ޑޮކްޓަރުން ހިތަހަމަޖެހޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާއިން ބުނީ ކުރިއަށް ހުރި މެޗުތަކުގައި އަރަޚޯއަށް ކުޅެވޭނީ އޭނާ މުޅިން ރިކަވަރ ވެއްޖެނަމައެވެ. އެހެންކަމުން އާދީއްތަ ދުވަހު ގެޓާފޭއާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި އޭނާ ނުފެނުން އެކަށީގެންވެއެވެ.

ބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު