Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ފުލުގައި އޮތް ދަ ގްރާންޑޭ އަތުން މޮޅުވެ، ވެލެންސިޔާއަށް ހިތްހަމަޖެހުމެއް!

ވެެލންސިޔާ ތިންވަނާގައި އޮތީ 17 ޕޮއިންޓާއެކު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 11 މެއި 2022 | ބުދަ 13:50
މެޗުގައި ބޯހާސް ދެގޯލް ޖެހި

މެޗުގައި ބޯހާސް ދެގޯލް ޖެހި

ފޯމް ދަށްވެ, އުނދަގޫ ހާލަތުގައި އޮތް ވެލެންސިޔާއިން އެންމެ ފަހުން މޮޅެއް ހޯދާ ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފިއެވެ. ވެލެންސިޔާ މޮޅެއް ހޯދީ ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް މޮޅެއް ނުލިބި ފުލުގައި ދަ ގްރާންޑޭ އަތުންނެވެ.

ވެލެންސިޔާ މެޗު ކާމިޔާބުކުރީ 4-1 ނެވެ. 28 ވަނަ މިނިޓްގައި ވެލެންސިޔާއަށް ކުރި ހޯދައިދިނީ އަބުދުالله ޔާމީންއެވެ. ދެވަނަ ހާފްގައި ދެވަނަ ގޯލާއި ތިންވަނަ ގޯލް ޖެހީ ބޯހާސްއެވެ. އޭނާ ދެވަނަ ގޯލްޖެހީ މެޗުގެ ފަހު މިނިޓްގެ ތެރޭގައެވެ. ވެލެންސިޔާގެ ހަތަރުވަނަ ގޯލް އަލީ ފާސިރު (ސެންޓޭ) ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މިއީ މިސީޒަންގެ ލީގުގައި ސެންޓޭ ކުޅުނު ފުރަތަމަ މެޗެވެ. ޕްރެޒިޑެންޓްކަޕް ފައިނަލްގައި ލިބުނު އަނިޔާގެ ސަބަބުން ލީގުގެ ފުރަތަމަ ބުރާއި, ދެވަނަ ބުރުގެ މިއަދުގެ މެޗާ ހަމައަށްވެސް ސެންޓޭ ހުރި ކުޅުމާ ދުރުގައެވެ. ސެންޓޭ ކުޅެން ނިކުތީ މެޗުގެ އެންމެ ފަހު މިނިޓްގައެވެ. ލަނޑުޖެހީ އިތުރުވަގުތުގެ ހަތަރުވަނަ މިނިޓްގައެވެ. މެޗުގައި ދަ ގްރާންޑޭގެ ލަނޑަކީ ވެލެންސިޔާ ކީޕަރު ފައިސަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ނެވެ.

މިމޮޅާއެކު ވެލެންސިޔާ ހަތަރުވަނާގައި އޮތީ 16 ޕޮއިންޓާއެކުއެވެ. ތިންވަނާގައި ޓީސީ އޮތީ 17 ޕޮއިންޓާއެކުއެވެ. ލީގުގައި ބުދަ ދުވަހުގެރޭ ވާދަކުރާނީ އީގަލްސްއާއި ޔުނައިޓެޑް ވިކްޓްރީއެވެ

ދިރާގު ދިވެހި ޕްރިމިއާ ލީގުދިވެހި ޕްރިމިއާ ލީގުކުލަބު ވެލެންސިއާދަ ގްރާންޑޭ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު