Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި

10 މެއި 2022 | އަންގާރަ 07:42

ހޮނިހިރު ދުވަހު ތިން އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 މެއި 2022 | އަންގާރަ 07:42
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ދެ ބޭފުޅުން

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ދެ ބޭފުޅުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށާފައިވާ ކަމަށާއި ތާވަލުކޮށްފައިވާ ގޮތަށް މަސައްކަތްތައް ނިމޭނެ ކަމަށް އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު މުޙައްމަދު އިބްރާހިމް މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން މަނިކު ވިދާޅުވީ މިހާރު ކުރިއަށްދަނީ ވޯޓު ފޮށިތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތާއި ފޯކަލް ޕޮއިންޓުން ނެގުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ނިންމައި އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވާ ތާރީޚަށް އެއްވެސް މައްސަލައެއް ނުޖެހި ބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޑީޕީއިން މެއި 14 ވާ ހޮނިހިރު ދުވަހު ތިން އިންތިޚާބެއް ބާއްވާނެއެވެ. އެއީ އެޕާޓީގެ ޗެއަރޕާސަން އިންތިޚާބާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބެވެ. އެ ތިން އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނެ ގޮތުގެ އުސޫލު އެޕާޓީން މިހާރު ވަނީ އިއުލާންކޮށްފައެވެ.

އެ އުސޫލުގައިވާ ގޮތުން ވޯޓުލާން ދާ އެއްވެސް މީހަކު ވޯޓުލުމަށްފަހު، އެ މަރުކަޒުގައި މަޑުކުރުން މަނާވާނެއެވެ. އަދި އިންތިޚާބުތައް ކުރިއަށްދާ ދުވަހު ކެމްޕޭންގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ކުރުން ވެސް މަނާވާނެއެވެ. މީގެ އިތުރުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް ވޯޓުލާން މެނުވީ ވޯޓުލާ މަރުކަޒަށް ވަނުމާއި އެތަނުގައި މަޑުކުރުން ވެސް މަނާވާނެއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވޯޓުލާ ނިމޭތާ 15 މިނިޓު ތެރޭގައި ވޯޓު ގުނަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަނީ ބަޔާންކޮށްފައެވެ.

މިއަހަރު އެމްޑީޕީގެ މިއިންތިޚާބުގައި 94،000 އަށްވުރެ ގިނަ މީހުން ވޯޓުލާނެއެވެ. އެހެން ފަހަރުތަކާ އެއްގޮތަށް މިފަހަރު ވެސް ވޯޓުލާން ޝަރުތު ހަމަވާ ކޮންމެ މީހަކަށް ޗެއަރޕާސަންގެ އިންތިިޚާބުގައި ވޯޓުލެވޭއިރު، އަންހެނުންގެ ރޫހުގެ އިންތިޚާބުގައި ވޯޓު ލެވޭނީ އެމްޑީޕީގެ އަންހެން މެމްބަރުންނަށެވެ. އަދި ޒުވާނުންގެ ހިތްވަރަށް ވޯޓު ލެވޭނީ މެއި 14ވަނަ ދުވަހާއި ހަމައަށް 35 އަހަރު ނުފުރޭ އެމްޑީޕީގެ މެމްބަރުންނެވެ.

މި އިންތިޚާބުގައި ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެ ތެރެއިން ގިނަ ފޮށިތައް ސްކޫލްތަކުގައި ބަހައްޓާއިރު ސޯޝަލް ސެންޓަރާއި ވިލިމާލެ ޔޫތު ސެންޓަރާއި ލ. ގަން އާބާދު ސަރަހައްދުގައި ވެސް ވޯޓު ފޮށި ބަހައްޓާނެކަމަށް އެޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީގެ މިއިންތިޚާބުތައް ސުލްހަވެރިކަމާއެކު ކުރިއަށްގެންދިއުމަށް އެޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު މުޙައްމަދު އިބްރާހިމް މަނިކު ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް