Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްޖު ކޯޓާ

މަޝްވަރާގެ ތެރެއިން، ހައްޖު ކޯޓާ އިތުރުވެގެންދާނެކަމަށް އުއްމީދުކުރެވޭ – އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން މީހުން ހައްޖަށް ފޮނުވުމަށް މިއަހަރު ލިބޭނީ 453 ކޯޓާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 މެއި 2022 | ހޯމަ 13:45
2021 ވަނަ އަހަރުގެ ހައްޖު

2021 ވަނަ އަހަރުގެ ހައްޖު

މި އަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބިފައިވާ ކޯޓާގެ އަދަދު އިތުރުކުރުމަށްޓަކައި މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް ވިދާޅުވެއްޖެއެވެ.

ސައޫދީއަރަބިއާއިން މިއަހަރު އެއް މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ވަނީ ދީފައެވެ. ސައޫދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ، (ސައޫދީއާއި އެ ގައުމުން ބޭރުގެ މީހުންވެސް ހިމެނޭގޮތަށް) ޖުމުލަ 1 މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

މި އުސޫލުގެ ދަށުން ރާއްޖެއިން މީހުން ހައްޖަށް ފޮނުވުމަށް މިއަހަރު ލިބޭނީ 453 ކޯޓާ ކަމަށް ސައުދީ އަރަބިއްޔާއިން ވަނީ ބުނެފައެވެ. މަސްޖިދުލް ހަރަމްގެ ޓްވިޓަރ އެކައުންޓުގައި ހޮނިހިރު ދުވަހު ވަނީ، ގައުމުތަކުން މީހުން ހައްޖަށް ގެންދިއުމަށް ދީފައިވާ ކޯޓާ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއާއި އެފްރިކާގެ ގައުމެއް ކަމަށްވާ ލައިބީރިއާއަށް ލިބެނީ 453 ކޯޓާއެވެ.

މިކަމާގުޅޭގޮތުން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް ވިދާޅުވީ، ކޯޓާގެ ރަސްމީ އަދަދު ރަސްމީ ސިފައެއްގައި އަދި ހިއްސާކުރައްވާފައި ނުވާކަމަށެވެ. އަދި ހިއްސާކުރައްވާފައިވާ މައުލޫމާތުތަކުގެ ތެރޭގައި، މިފަހަރު ރާއްޖެ ހިމެނޭހެން ހުރިހާ ގައުމުތަކަށް ވެސް އެގައުމަކަށް އާންމުކޮށް ދޫކުރާ ކޯޓާގެ 45 އިންސައްތަ ދެއްވާނެކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މައުލޫމާތު ދެއްވާފައިވާކަމަށެވެ.

އަދި ކޯޓާ އިތުރުކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ސައޫދީގެ ސަރުކާރާއި ކަމާއިބެހޭ އިދާރާތަކާ މަޝްވަރާކުރަމުން ދާކަމަށާއި، އުއްމީދަކީ މަޝްވަރާގެ ތެރެއިން އިތުރު ކޯޓާ ލިބިގެންދިއުން ކަމަށެވެ.

އަދީލް ވިދާޅުވީ ހައްޖަށް މީހުން ފޮނުވުމަށް ގްރޫޕުތަކާ ހަވާލުކުރުމުގައި މީގެ ކުރިން ވެސް ހައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި މިފަހަރު ހައްޖު ކޯޕަރޭޝަންގެ އިތުރުން 2 ކުންފުންޏަކަށް ދިނުމަށް ރޭވިފައިވާ ކަމަށާއި، މަސައްކަތް ހަވާލުކުރުމަށް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އެކަމުގެ ފަހުގެ ތައްޔާރީތައް ކުރަމުން އަންނަ އިރު، އަންނަ ހަފުތާތެރޭގައި އެކަން ކަނޑައެޅިގެންދާނެ ކަމަށް އަދީލް ވިދާޅުވިއެވެ.

ކޮވިޑްގެ ކުރިން، ރަސްމީ 1000 ކޯޓާގެ އިތުރުން އިތުރު 1000 ކޯޓާއާއެކު ކޮންމެ އަހަރަކު ވެސް ރާއްޖެއަށް 2000 ކޯޓާ ލިބެއެވެ. ނަމަވެސް ކޮވިޑް-19އާއެކު ސައޫދީން ކޯޓާ ދޭ މިންވަރު މަދުކޮށްފައިވާއިރު، 2020 ވަނަ އަހަރު ހައްޖުވާން ބޭރު ގައުމުތަކުން އައުމުގެ ފުރުސަތު ދީފައެއްނުވެއެވެ.

2019 ވަނަ އަހަރުވެސް 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. އެހެންނަމަވެސް، ކޮވިޑުގެ ހާލަތުގެ ސަބަބުން، ފާއިތުވި 2 އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ އާންމު އުސޫލުން ހުއްދަދޭ މިންވަރަށްވުރެ މަދު މީހުންނާއެކުގައެވެ. އެގޮތުން 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަދީފައިވަނީ 1000 މީހުންނަށެވެ. އަދި ނިމިދިޔަ 2021 ވަނަ އަހަރު 60،000 މީހުންނަށް ހައްޖުވުމުގެ ފުރުސަތު ސައޫދީން ވަނީ ދީފައެވެ.

ހައްޖުޙައްޖުގެ އަޅުކަންމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު