Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހުރިހާ އެންމެންގެ މުސާރަވެސް ބޮޑުކޮށްދެއްވާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއުލާނުކުރެއްވި ގޮތަށް ޓީޗަރުންގެ މުސާރަ ވަނީ މެއި 1ން ފެށިގެން ބޮޑުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 މެއި 2022 | ހޯމަ 14:06
ވެލާނާގެ

ވެލާނާގެ

ކޮންމެ މީހަކުވެސް ބޭނުންވަނީ ކުރާ މަސައްކަތާއި އެކަށީގެންވާ މިންވަރުގެ އުޖޫރައެއް ލިބުމަށެވެ. ލިބޭ އެއްޗަކުން ތިމާ ކުރަންޖެހޭ ކަންކަން ކުރެވި ފަހަށްވެސް ރައްކާކުރެވޭނެ ވަރުގެ އުޖޫރައެއް ލިބުމަށެވެ. ނަމަވެސް އަބަދުވެސް އިވޭ އަޑަކީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކައެވެ. ކުރާ މަސައްކަތާއި އެކަށީގެންވާ މިންވަރުގެ އުޖޫރައެއް ނުލިބޭކަމުގެ ވާހަކައެވެ. ކިޔަވައިގެން މަތީ ފާސްތައް ނެގިކަމުގައިވިޔަސް އެއާ އެކަށީގެންވާ މިންވަރުގެ އުޖޫރައެއް ނުލިބޭކަމުގެ ޝަކުވާއެވެ. އެއް މަސައްކަތެއް ކުރާ ބަޔަކަށް މުސާރައިގެ ފަރަގު ބޮޑުކަމުގެ ޝަކުވާއެވެ. މަސައްކަތުގެ އޮނިގަނޑެއް އެކުލަވާލެވިފައި ނެތުމުގެ ސަބަބުން މުސާރައިގެ ކުރިއެރުން ލިބޭނެ ގޮތެއް ނެތްކަމުގެ ޝަކުވާއެވެ. މިހެން ގޮސް މަސައްކަތާއި ގުޅުންހުރި އެތައް ޝަކުވާއެއްގެ އަޑުއިވެއެވެ.

މިސަރުކާރުގެ ވައުދަކީ ހުރިހާ މަސައްކަތްތެރިންނަށް މުސާރައިގެ ހަމަހަމަކަން ޤާއިމުކުރުމެވެ. ޒަމާނުއްސުރެ ކުރަމުން އައި ޝަކުވާތަކަށް ނިމުމެއް ގެނައުމެވެ. އޭގެ ފުރަތަމަ ކަމެއްގެ ގޮތުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންގެ މުސާރަ އަށް ވަނީ ބަދަލު ގެނެސްފައެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއުލާނުކުރެއްވި ގޮތަށް ޓީޗަރުންގެ މުސާރަ ވަނީ މެއި 1ން ފެށިގެން ބޮޑުކޮށްފައެވެ. އައު މުސާރައިގެ އޮނިގަނޑު ވަނީ އިއުލާނުކޮށްފައެވެ. އެއާއެކު ޓީޗަރުންގެ މޫނުމައްޗަށް ވަނީ ހިނިތުންވުން ވެރިފައެވެ. އެތައް އަހަރެއް ވަންދެން ކުރަމުންދިޔަ ޝަކުވާ ނިމުމަކަށް ވަނީ އައިސްފައެވެ. ނަމަވެސް އެއާއެކު ދެން އުފައްދަން ފެށީ އެހެން ސުވާލުތަކެވެ. އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ޝަކުވާތަކުން ސޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމުތައް ފުރިގެންދިޔައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޝުއޫރު ފަށަނީ ޓީޗަރުންގެ މުސާރަ ބޮޑުވީތީ އުފާކުރަމުންނެވެ. ދެން އޮންނަނީ އެމީހަކަށް ލިބޭ މުސާރަ ކުޑަކަމުގެ ޝަކުވާއެވެ. އޮނިގަނޑުގެ ބޭއިންސާފުގެ ވާހަކައެވެ. ކުރާ މަސައްކަތާއި އެއްވަރުގެ އުޖޫރައެއް ނުލިބޭކަމުގެ ވާހަކައެވެ. ޓީޗަރުންގެ މުސާރަ ބޮޑުވެގެން ޝުއޫރުފާޅުކުރާ މީހާ އުފާވޭތޯ ސުވާލު އުފެދޭ ހިސާބަށް ގޮސްފައެވެ.

ހަގީގަތުގައިވެސް މައްސަލައަކީ ޓީޗަރުންގެ މުސާރަ ބޮޑުވުމެއް ނޫނެވެ. އަނެއް ހަގީގަތަކީ ޒަމާނުއްސުރެ އޮތް މިމައްސަލައަށް އެއް ފަހަރުން ގެނެވޭނެ ހައްލެއްނެތުމެވެ. ހުރިހާ ދާއިރާތަކެއްގެ މުސާރަ އެއް ފަހަރާ ބޮޑުކުރެވޭނެ ވަރުގެ ގާބިލުކަމެއް ސަރުކާރަކު ނެތެވެ. އެހެންކަމުން ސަރުކާރުން ބުނަނީ މިކަމަށް ހައްލު ގެނައުމަށް ފަހަރަކު ދާއިރާއެއްގެ މުސާރައިގެ އޮނިގަނޑު އެކުލަވާލަމުން އަންނަކަމަށެވެ. މުސާރައިގެ ފަރަގު ކުޑަކުރުމާއި އެކަށީގެންވާ މިންވަރެއްގެ މުސާރައެއް ދިނުމަކީ މިސަރުކާރުން އަބަދުވެސް އިސްކަމެއް ދެމުން އައި ކަމެކެވެ. ވައުދުވެފައިވާ ގޮތަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަމިންވަރު ނުވަތަ މިނިމަމް ވޭޖް ވަނީ ކަނޑައަޅާފައެވެ. ދެން އޮތީ މުސާރައިގެ ފަރަގު ނައްތާލުމެވެ. އަދި މިކަންތައް އިތުރަށް ޚަރުދަނާކުރުމެވެ. މިނިމަމްވޭޖް ކަނޑައެޅުމަށާއި އެއް ކަހަލަ މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލުމުގެ ގޮތުން މިއަހަރުގެ ބަޖެޓްގައި 500 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުން ފުޅަކީ ސަރުކާރުގެ މުވައްޞަސާތަކުގެ އިތުރުން މުޅި ދަޢުލަތުގެ ޕޭ ހާމަނައިޒްކުރުމެވެ. އެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާ ކަމަށާއި، އެ މަސައްކަތުގެ ދަށުން ފުރަތަމަ ޓީޗަރުންގެ މުސާރަ ބޮޑުކުރެވުނަސް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަތަކުގެ މަސައްކަތްވެސް ކުރިޔަށްދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެއް ހަމަ ޕޭ ފްރޭމްވަރކެއް ހެދުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިއްމު އެއް މަސައްކަތް ކަމުގައެވެ. ދައުލަތުގެ ޕޭ ފްރޭމްވަރކަށް އަމަލުކުރަން ފެށުމާ ގުޅިގެން މިހާތަނަށް މުސާރައާއި އިނާޔަތް ދެމުންދިޔަ ގޮތަށް ބަދަލުތަކެއް ގެނެވޭނެ ކަމަށް ބުނެފައިވެއެވެ. ފުރަތަމަ ކަމަކަށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، ކުރީގައި އެއް މަޤާމެއްގައި އެއް މަސައްކަތެއްކުރާ ފަރާތްތަކަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތައިލެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން މިމަސައްކަތަކީ ދިރާސާތައް ކުރެވިގެން އަދި ބަޖެޓުކުރެވިގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށާ އެހެންކަމުން ޓީޗަރުންގެ މުސާރަބޮޑުކުރުމާ ހަމައިން މި މަސައްކަތް ނުނިމޭނެ ކަމަށެވެ.

މިކަމުގައި ސަރުކާރުން ދޭ ޔަގީންކަމަކީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއި ހަމައިން މަސައްކަތް ނިންމާނުލާނެކަމެވެ. ދެންއޮތީ ސަރުކާރުން އެބުނާ ގޮތަށް ކަންކުރޭތޯ ބެލުމެވެ. މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން ބުނެފައިވާ ވާހަކަތައް ހަގީގަތަކަށް ހަދަމުން އަންނަމަންޒަރު މިހާތަނަށް ދަނީ ފެންނަމުންނެވެ.

ފިނޭންސް މިނިސްޓްރީރައީސް އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު