Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލް

މިހާރު ކުރިއަށްދަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2022 | ހޯމަ 06:40
ގާސިމްގެ މަރުގެ މައްސަލަ: މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަދުހަމްގެ މައްޗަށް

ގާސިމްގެ މަރުގެ މައްސަލަ: މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަދުހަމްގެ މައްޗަށް

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމު މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށެވެ. އެހެންނަމަވެސް، ދިފާއީ ވަކީލަށް ނުގުޅޭތީ އަޑުއެހުން ވަނީ ކެންސަލްވެފައެވެ.

މި މައްސަލައިގަައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 13 އޭޕްރީލް 2022 ގައެވެ. އެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ދައުލަތުން ހުށައަޅާފައިވާ 3 ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.

އެ އަޑުއެހުމުގައި އެންމެ ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރެކެވެ. އޭނާއަކީ ޤާސިމްގެ މަރާއި ގުޅިގެން އެ ސަރަޙައްދު ބަލައި ފާސްކުރުމަށް ދިޔަ އޮފިސަރެކެވެ.

ހެކިވެރިޔާ ބުނެފައިވާ ގޮތުގައި އެ ސަރަޙައްދު ޒޯނުތަކަކަށް ބަހާލުމަށްފަހު، ފުލުހުންގެ ޓީމު އެ ސަރަޙައްދުތަކަށް ރުކުރުވާލީ ޙާދިސާއާ ގުޅުން އޮތް އެއްޗެއް ފެނިދާނެކަމަށެވެ. އެގޮތުން ޙަރަކާތެރިވި ޓީމަކަށް ވަނީ ކުރިކީލަމަގު ހުޅަނގު ފަރާތުގައި ހުރި ގަސްތަކުގެ ތެރޭގައި ހުރި ވަޅުގަނޑަކުން ކިވީ ބްރޭންޑުގެ ވަޅިއެއް ފެނިފައެވެ.

ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ. އެއީ ކުށުގެ ވެށިން ނަގާފައިވާ މާއްދީ ހެކިތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މާއްދީ ހެކި ހުށައެޅުނުކަން ފާހަގަކޮށް އޭނާ ބުނީ، ޙާދިސާ ހިނގި ސަރަޙައްދާއި، ޤާސިމް ދުއްވި ކާރުންވެސް ގިނަ ސާމްޕަލްތަކެއް ނެގިފައިވާ ކަމަށެވެ.

ތިންވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ. އޭނާ މަސައްކަތް ކުރަނީ ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކޭސްގެ ވީޑިއޯ ފުޓޭޖްތަކެއް އޭނާ ވަނީ އެނަލައިޒް ކޮށްފައެވެ. 

ދައުލަތުގެ ހެކިންގެ ތެރެއިން ބާކީ އަދި 3 ހެކިންގެ ހެކިބަސް ނެގުން އެބައޮތެވެ. އެއީ ޑޮކްޓަރަކާއި، ފުލުހުންގެ އޮފިސަރަކާއި އާންމުންގެ މީހެކެވެ.

ގާސިމް މަރާލާފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. 

Taxi driver Gasim Hassan's murderކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު