Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަހުލާ ޕާޓީން ވަކިކުރުން

ނަހުލާ އާއި އޭނާގެ މަންމަ ޕީޕީއެމުން ވަކިކޮށްފި

8 މެއި 2022 | އާދީއްތަ 22:18

ކޮމިޓީގެ ފަރާތުން އެންގުމުން އެ ނިންމުން ތަންފީޒުކޮށް، އެ ދެމީހުންނަށް ވެސް އެކަން އަންގާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 މެއި 2022 | އާދީއްތަ 22:18
ވިލިމާލެ ކައުންސިލް މެމްބަރު ނަހުލާ އަލީ

ވިލިމާލެ ކައުންސިލް މެމްބަރު ނަހުލާ އަލީ

މާލޭ ސިޓީ ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ ޕީޕީއެމުން ވަކިކޮށްފިއެވެ.

ޕީޕީއެމުން ބުނީ ނަހުލާ އަލީ އަދި އޭނާގެ މަންމަ އައިމިނަތު ލީލާ ޕާޓީން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމާ، އެކަން ކޮމިޓީގެ ފަރާތުން އެންގުމުން އެ ނިންމުން ތަންފީޒުކޮށް، އެ ދެމީހުންނަށް ވެސް އެކަން އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނަހުލާގެ މައްސަލަ ބަލަން ފަށާފައިވަނީ ޕީޕީއެމްއާއި އެ ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ނަޙުލާ ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ދައްކަވަމުން ގެންދަވާކަމަށް ބުނެއެވެ. މިހެން މިކަން ހާމަކޮށް އެޕާޓީގެ ފަރާތުން މިމައްސަލައިގައި ބަޔާނެއްވެސް ނެރެފައިވެއެވެ.

އެގޮތުން ޕާޓީގެ އާންމު މެންބަރުންނާއި، ސޯޝަލް މީޑިއާގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާގެ، މާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުންގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް ކަމުގައި ޕީޕީއެމުން ބުނެއެވެ. އަދި މިކަމުގެ މައުލޫމާތު ލިބިފައިވަނީ ހެއްކާއެކުގައި ކަމަށްވެސް ޕީޕީއެމުން ބުނެއެވެ. ޕާޓީގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުންގެންދާކަމަށްވެސް ޕީޕީއެމުން ބުނެއެވެ. އަދި މިކަންކަން ކުރުމުގައި ނަހުލާ އާއެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާއާ ގުޅޭ މިމައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓީން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްޙާ އަލީވެސް މިކަމުގައި ހިމެނޭ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

މި ބަޔާނާއި ގުޅިގެން ނަހުލާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށެވެ. ނަހުލާ ވިދާޅުވީ، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު އޭނާ ޕާޓީން ކަނޑާލާނެކަމުގެ އިންޒާރު ސިޓީ ކައުންސިލް ތެރޭ ދެއްވާފައިވާކަމަށާއި، އޮފީހަށް ވަޑައިގެންނެވުމަށް އުނދަގޫ ކުރައްވަމުން ގެންދަވާކަމުގެ ޝަކުވާ މިދިޔަ މަހުގެ 20ވަނަ ދުވަހު ހުށައަޅުއްވާފައިވާނެ ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑަރޝިޕުން އެއީ އަމިއްލަ ކަމެއް ކަމަށް ބުނެ އެ މައްސަލައަށް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނަކީ ޝުޖާއުގެ ނުފޫޒުން ނެރެފައިވާ ނޫސްބަޔާނެއްކަމަަށްވެސް ނަހުލާގެ ޕޯސްޓުގައިވެއެވެ. ނަހުލާ އިތުރަށް ވިދާޅުވީ އޭނާއާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރަނީވެސް ޝުޖާއުގެ ނުފޫޒުން ކަމަށެވެ. އަދި ރައީސް ޔާމީނަށް ތާއީދު ކުރައްވާތީ ކޮންމެފަދަ ދެރައެއް ދިނަސް ފަރުވާލެއް ނެތް ކަމަށް ފޭސްބުކްގައި ނަހުލާ ވިދާޅުވެފައިވެއެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް އެއްވެސް މީހެއްގެ ގާތުގައި ވިދާޅުނުވާ ކަމަށްވެސް ނަހުލާވަނީ ވިދާޅުވެފައެވެ.

ނަހުލާ އަލީޕީޕީއެމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް