Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

3 ޑިސެމްބަރު 2025 | ބުދަ 14:08

ކައުންސިލަރު ނަހުލާ އަލީ ވަނީ ކުރީގެ ތާރީހެއް ޖަހައިގެން ބިމެއް ހަވާލުކުރުމަށް ސޮއިކުރި ލިޔުމެއް ވީދާލިކަމަށް އިއުތިރާފުވެވަޑައިގެންފައި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 3 ޑިސެމްބަރު 2025 | ބުދަ 14:08
ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ

ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ

ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓުތަކެއް ވީދާލާ މަންޒަރު ވީޑިއޯ ފޫޓޭޖް ތަކުން ފެންނަ ކަމަށާއި، އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅައިފި ކަމަށް މާލެ ސިޓީ ކައުންސިލް ގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މާލޭގެ ބިންތަކަކާ ބެހޭ ކޮންޓްރެކްޓެއް ނަހުލާ ވީދާލާ މަންޒަރު ފެންނަ ވީޑިއޯއެއް އެބަ އޮތް ކަމަށެވެ. އެ ވީޑިއޯ ހުރިހާ ކައުންސިލަރުންނާ މިހާރު ހިއްސާ ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި ނަހުލާ ވީދާލާފައި ވަނީ އެ ކައުންސިލުން މި ފަހުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެކެވެ. މި ވާހަކަތަކާއި އެކު ކައުންސިލަރު ނަހުލާ ވަނީ ވަރަށް ބޮޑަށް އަޑުގަދަކޮށް ނުރުހުން ފާޅުކޮށްފަ އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލުގައި ފެންނަން ހުރި ޑޮކިއުމެންޓުތަކަށް ބަލައި އާންމުކޮށްފައިވާ ބިމުގެ ލިސްޓުގައި ނުހިމެނިފައިވާ ކޮންޓްރެކްޓެއްގެ ޑޮކިއުމެންޓުތަކެއް ނައްތައިލުމަށްޓަކައި ކައުންސިލަރަކު މަސައްކަތް ކޮށްފައިވާ ވީޑިއޯ ފުޓޭޖު މިހާރު ފުލުހަށާއި އެލްޖީއޭއަށް ފޮނުވާފައިވާ ކަމަށެވެ.

މިތަނުގައި ފެންނަން ހުރި ޑޮކިއުމެންޓުތަކަށް ބަލައި އާންމުކޮށްފައިވާ ބިމުގެ ލިސްޓުގައި ނުހިމެނިފައިވާ ކަމަށް އެ ބުނާ ކޮންޓްރެކްޓެއްގެ ޑޮކިއުމެންޓުތަކެއް ނައްތައިލުމަށްޓަކައި މި ތަނުގެ ކައުންސިލަރަކު މަސައްކަތް ކޮށްފައިވާ ވީޑިއޯ ފުޓޭޖު އަޅުގަނޑުމެންގެ އަތުގައި އެބަހުރި،..މިހާރު ވެސް ގޯސްކޮށް މި ތަނުގެ ކަންތައްތައް ހުރިކަން އަޅުގަނޑުމެން މި ހާމަ ކޮށްދެނީ، އެހެންވީމާ މިހާވެސް ގޯހޭ މި ތަނުގެ ކަންތައްތައް ހުރި ގޮތް، އެ އެއްޗެހި ނައްތާލައިފައި ހުރިކަމުގެ ވީޑިއޯ ފުޓޭޖު އެބަހުރި...ފުޓޭޖު އެބަހުރި، އަޅުގަނޑު އޮންނާނީ ފުލުހަށް ފޮނުވާފައި ތަހުގީގުކުރަން މިހާރު، ފުލުހަށާއި އެލްޖީއޭއަށް ފޮނުވާފައި ވާނީ.
މާލެ ސިޓީ ކައުންސިލް ގެ މޭޔަރ އާދަމް އާޒިމް

މޭޔަރު ފާހަގަކުރެއްވި ގޮތުގައި މިކަމުން މާލެ ސިޓީ ކައުންސިލުގެ ލިޔެކިޔުންތައް ނައްތައިލާފައިވާކަން ހާމަވެ އެވެ. އާޒިމް ވަނީ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސިޓީ ކައުންސިލުގައި ހުންނަ އެއްވެސް ލިޔެކިޔުމެއް ނައްތާލުމުގެ ބާރު އެ ކައުންސިލުގެ އެއްވެސް މެންބަރަކަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މައްސަލައާ ގުޅިގެން ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށާއި އެ ބަޔާންތައް ފުލުހުންނާ ހިއްސާކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ކައުންސިލަރު ނަހުލާ ވަނީ ސިޓީ ކައުންސިލްގެ ލިޔެކިޔުމެއް ވީދާލިކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ. ނަމަވެސް ދިފާއުގައި ނަހުލާ ވިދާޅުވީ އޭނާ ވީދާލީ ކުރީގެ ތާރީހެއް ޖަހައިގެން ވިލިމާލޭގެ ބިމެއް ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި ލިޔުމެއް ކަމަށެވެ.

ނަހުލާގެ އެ ވާހަކަތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައިމިން ވިދާޅުވީ އެ ލިޔުމުގައި ޖޫން 1، އޮތް ނަމަވެސް، ބިމާބެހޭ އެއްބަސްވުންތަކުގައި އޮންނަ ގްރޭސް ޕީރިއަޑް ގުނަން ފަށަނީ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށެވެ. އަދި އެއީ އޮޅުވާލައިގެން ކުރި ކަމެއް ނޫން ކަމަށް ވެސް މުހައިމިން ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ ބުދަ ދުވަހުގެ ޖަލްސާ ނިންމައިލީ އެ ބަހުސް އިތުރަށް ހޫނުވެ، ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެންނެވެ. ޖަލްސާ ނިންމައިލައްވަމުން މޭޔަރު އާޒިމް ވިދާޅުވީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އެކަމާ ބެހޭގޮތުން އިތުރަށް ވާހަކަދެއްކުމަކީ ތަހުގީގަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ.

މި މައްސަލައަކީ މާލެ ސިޓީ ކައުންސިލުގެ ބިންތަކާ ގުޅޭ ކަންކަމުގައި ހިނގާފައިވާ ގޯސްތަކާ ގުޅޭ ގޮތުން ފަހަކަށް އައިސް ފެންމަތިވެފައިވާ އިތުރު މައްސަލައެކެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކައުންސިލުގެ ރަސްމީ ލިޔެކިޔުންތައް ނައްތާލުމުގެ ކަންކަން ކުރިއަށްދިޔަ ގޮތާއި، އެކަމުގައި ކައުންސިލަރުންގެ އަތެއް ވޭތޯ ބެލުމަށް ފުލުހުން ތަހުގީގު ކުރާނެ ކަމަށް ލަފާކުރެވެ އެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި އިރު، ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ގިނަ ބިންތަކެއް ކުއްޔައްދީފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ނަހުލާ އަލީމާލޭ ސިޓީ ކައުންސިލްލިޔެކިޔުން ނައްތާލުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
19 ނޮވެމްބަރު 2025

ބިމާ ގުޅޭ މައްސަލަތަކެއް ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމް ކައުންސިލަރުން ހާޒިރެއް ނުވި، މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަ ނުވެގެން ކެންސަލް

19 ނޮވެމްބަރު 2025
ބިމާ ގުޅޭ މައްސަލަތަކެއް ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމް ކައުންސިލަރުން ހާޒިރެއް ނުވި، މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަ ނުވެގެން ކެންސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް