Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރައިމަރީ ހެލްތު ކެއަރ

"ޖުލައި 26 ގެ ކުރިން ޕްރައިމަރީ ހެލްތު ކެއަރ ފެށުމަށް މިދަނީ މަސައްކަތްކުރަމުން"

މިއީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 މެއި 2022 | އާދީއްތަ 08:05
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ޖުލައި 26 ގެ ކުރިން ޕްރައިމަރީ ހެލްތު ކެއަރ ލޯންޗުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މާރޗް މަސް ނިމުމުގެ ކުރިން ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއަރ އިފްތިތާހުކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެންނަމަވެސް އަދި ޕްރައިމަރީ ހެލްތު ކެއަރ ލޯންޗުކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން "ރާއްޖެއެމްވީ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރ ލޯންޗުކުރުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ހުންނަ ކަމަށެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރ ލޯންޗުކުރުމުގެ މަސައްކަތް ލަސްވަނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް ހުރީމަ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިކަންކަން ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުންދާކަމަށާއި، ޖުލައި 26 ގެ ކުރިން ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމައި، ލޯންޗުކުރަން މަސައްކަތްކުރައްވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕްރައިމަރީ ހެލްތު ކެއަރ ފެށުމުގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން ޕްރައިމަރީ ހެލްތް ކެއަރ ފެށުމަށް ޕައިލެޓް ޕްރޮގްރާމެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ޕްރައިމަރީ ހެލްތް ކެއަރ ކުރިއެރުވުމަށް ކިއުބާ ސަރުކާރާއެކު ވަނީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

ޕްރައިމަރީ ހެލްތް ކެއަރއާ ގުޅޭގޮތުން މީގެ ކުރިން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ނަސީމް ވިދާޅުވީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އަލަށް ބައްޓަން ކުރެވުނު ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ އޮނިގަނޑަށް އައި ބަދަލުތަކާއި ލިބުނު ކުރިއެރުންތަކާއި، ކެއުން ބުއިމުގެ އާދަކާދަތައް ބަދަލުވުމާއި، ދިވެހި ރައްޔިތުންގެ އުއްމީދުތައް ބަދަލުވުމާއި، އަދި އެހެނިހެން ކަންކަމާ ގުޅިގެން، ރާއްޖޭގެ ސިއްހީ ނިޒާމުގެ ފޯކަސް ބަދަލުވީ ކިއުރެޓިވް ކެއަރ ނުވަތަ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ގޮތުން، ސްޕެޝަލިސްޓް ކެއަރ ކުރިއެރުވުމުގެ ސިސްޓަމަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި ޒަމާނީ ހެލްތު ސެންޓަރުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްޕްރައިމަރީ ހެލްތު ކެއަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

25 އޮކްޓޯބަރު 2023
މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

07 އެޕްރީލު 2023
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި

18 ޑިސެމްބަރު 2022
ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް

ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް

06 ޑިސެމްބަރު 2022
އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއަރ އަލުން ފެށޭނެ - ރައީސް

އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއަރ އަލުން ފެށޭނެ - ރައީސް

08 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު