Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6 ޙަމަލާ

މެއި 6 ޙަމަލާ: "ތަހުގީގާއި ދައުވާކުރުމުގެ މަރުޙަލާ ކުރިއަށްދިޔައީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް"

އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކާއި ގުޅޭ 10 ގަޒިއްޔާއެއް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 މެއި 2022 | ހުކުރު 14:18
ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއާއި ގުޅިގެން ތުހުމަތު ކުރެވުނު އަދުހަމް ހައްޔަރު ކުރަނީ- އޭނާގެ މައްޗަށް ދައުވާ ސާބިތުވި

ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއާއި ގުޅިގެން ތުހުމަތު ކުރެވުނު އަދުހަމް ހައްޔަރު ކުރަނީ- އޭނާގެ މައްޗަށް ދައުވާ ސާބިތުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދްއަށް އަމާޒުކޮށް ދިން ޓެރަރިސްޓު ޙަމަލާގެ ތަހުގީގާއި، ދައުވާ ކުރުމުގެ (ޕްރޮސެކިއުޝަން) މަރުޙަލާ ކުރިއަށް ދިޔައީ ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސް އުސޫލުތަކަށްކަމަށް، މި ހަމަލާގެ ތަހުގީގު ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޔަން ކުރައްވާފައިވާ ޚާއްޞަ މަންދޫބު އައްބާސް ފާއިޒު ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ މި ޙަމަލާއަށް އަހަރެއް ފުރުމާއި ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. އެގޮތުން އޭނާ ވަނީ މި މައްސަލައިގެ ތަހުގީގު މަރުޙަލާ ކުރިއަށްދިޔަ ގޮތާއި، ދައުވާ ކުރުމުގެ މަރުޙަލާ ކުރިއަށްދިޔަ ގޮތުގެ އިތުރުން، މައްސަލައިގެ ޝަރީއަތުގެ މަރުޙަލާ ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

ތަހުގީގު މަރުޙަލާ:

ތަހުގީގު މަރުޙަލާއާ ގުޅޭގޮތުން އައްބާސް މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ދެ ކަމަކަށެވެ. އެއީ ޙަމަލާ ދިން މީހުންނާއި ގުޅޭ ތަހުގީގާއިި، ޙަމަލާއަށް ފަންޑުކުރި މީހުންނާއި ގުޅޭ މާލީ ތަހުގީގަށެވެ. އެގޮތުން އައްބާސް ވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކުގެ މަތިންކަމަށް ވިދާޅުވެފައެވެ.

އައްބާސް ވިދާޅުވާ ގޮތުގައި މި ޙަމަލާ ދިނުމުގައި އަމަލީ ގޮތުން ޙަރަކާތްތެރިވި މީހުންނާއި ގުޅޭ ތަހުގީގުގެ އިތުރުން، އެމީހުންގެ މާލީ މުއާމަލާތްތަކާއި ގުޅޭ ތަހުގީގުތައް ކުރިއަށް ގެންގޮސްފައިވަނީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކުގެ މަތިންނެވެ. އެގޮތުގެ މަތިން ތަހުގީގު ޓީމުތަކުންވެސް، ދައުވާތައް ސާބިތު ކުރުމަށް ބޭނުންވާ ބުރަދަން ހުރި ހެކި ހޯދާފައިވާކަން އައްބާސް ފާހަގަ ކުރެއްވިއެވެ. އެކަމުގެ ސަބަބުން، މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް، އެކަށީގެންވާ ގޮތުގައި ދައުވާ އުފުލުމަށް މަގުފަހިވެގެން ގޮސްފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.

ދެން އޮތީ މި މުޅި މައްސަލައިގެ ފަހަތުގައި ހިމެނޭ މާލީ މަންފާއާއި، މިކަމަށް ފަންޑުކުރި މީހުންނާ ގުޅޭ ތަހުގީގުގެ ވާހަކައެވެ. އައްބާސް ވިދާޅުވާ ގޮތުގައި މިހާރު ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ފަރާތްތަކުގެ އިތުރުންވެސް އިތުރު ބައެއްގެ އެހީތެރިކަމާއި މާލީ ބާރުވެރިކަން މި ޙަމަލާގެ ފަހަތުގައި ވާނެއެވެ.

އެކަމަކީ ތަހުގީގުގައި ޚާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ބަލަންޖެހޭ ކަމެއްކަމަށް އައްބާސް ވިދާޅުވެއެވެ. އެގޮތުން މި ޙަމަލާގެ އަޑީގައި ތިބި، އަދި އެކަމަށް ފަންޑުކުރި ބަޔަކު އަދިވެސް ހޯދިފައިނުވުމަކީ މި މުޅި މައްސަލައާ ގުޅިގެން އައްބާސް ފާހަގަ ކުރެއްވި މައިގަނޑު އެއް ކަންބޮޑުވުމެވެ. އެގޮތުން ޙަމަލާގެ ތަހުގީގު ފުރިހަމައަށް ދިޔަ ފަދައިން، މިކަމަކީވެސް އިތުރަށް ސަމާލުކަންދީގެން ތަހުގީގު ކުރަންޖެހޭ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އައްބާސް ވިދާޅުވާ ގޮތުގައި ތަހުގީގުގެ އެބައި މުހިއްމުވަނީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ދައުވާ ކުުރުމުގެ މަރުޙަލާ:

މި މައްސަލައިގެ ދައުވާ ކުރުމުގެ މަރުޙަލާވެސް ކުރިއަށް ގެންގޮސްފައިވަނީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށްކަމަށް އައްބާސް ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ބޭނުންވި ކޮންމެ ވަގުތެއްގައިވެސް ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެހީތެރިކަން ލިއްބައިދީފައިވާކަމަށް އައްބާސް ވިދާޅުވިއެވެ. އެގޮތުން މައްސަލައިގެ ކޭސް ވަރުގަދަ ކުރުމަށްޓަކައި، ފުލުހުންނާއި ގުޅިގެން ޕީޖީންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވާ ގޮތުގައި މި މުޅި މައްސަލައިގައި ޕީޖީ އޮފީހުންނާއި ފުލުހުން ގުޅިގެން ކޮށްފައިވާ މަސައްކަތުގެ ނަތީޖާވެސް ރަނގަޅެވެ.

އޭނާ ވަނީ މަސައްކަތާ ޙަވާލުވެވަޑައިގަތީއްސުރެ، ރައީސުލްޖުމްހޫރިއްޔާއި އޮފީހާއި، ޕީޖީ އޮފީހުގެ އިތުރުން، ފުލުހުންނާއި، ޑިފެންސް މިނިސްޓްރީ އަދި ބަންޑާރަނައިބުގެ އޮފީހުން މި މަސައްކަތުގައި ވެދިން އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.

ޝަރީއަތުގެ މަރުޙަލާ:

މި ޙަމަލައާ ގުޅިގެން ކުރިއަށްގެންދާ ޝަރީއަތް ތަހުގީގު މަރުޙަލާއާއި ދައުވާ ކުރުމުގެ މަރުޙަލާއާ އަޅާބަލާއިރު، ލަސްކަމަށް އައްބާސް ވިދާޅުވިއެވެ. އެގޮތުން އެ ދެ މަރުޙަލާގައި ކުރިއަށް ގެންދިޔަ އަވަސް މިނުގައި ޝަރީއަތްވެސް ކުރިއަށް ގެންދަންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި މި މައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިއުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް އޭގެ ނުރަނގަޅު އަސަރު ކޮށްފާނެ ކަމެކެވެ.

އައްބާސް ވަނީ މި މައްސަލައިގެ ޝަރީއަތް މިހާރަށްވުރެ އަވަސް ކުރުމާއި ގުޅޭގޮތުން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށްވެސް އޭނާގެ ހޯދުންތައް ހިއްސާ ކުރައްވާފައެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ އިބްތިދާއީ މަރުޙަލާއެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅާފައެވެ.

މި މައްސަލަ ލަސްވެފައިވާ ސަބަބުތަކާ ގުޅޭގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން މިއީ ގިނަ ލިއެކިއުންތަކެއް ހުށައެޅިފައިވާ މައްސަލައަކަށްވާއިރު،  މި މައްސަލައިގައި 6072 ގަޑިއިރުގެ ފުޓޭޖް އަދި ދައުވާލިބޭ މީހުންގެ ހަރަކާތްތަކާ ގުޅޭ 1829 ކްލިޕް ހިމެނެއެވެ. އެ ތަކެތި ދިރާސާ ކުރުމަށް ޝަރީއަތުން ވަނީ ދެފަރާތަށްވެސް އެކަށީގެންވާ މުއްދަތު ދީފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކި ހުށައެޅުމެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކާއި ގުޅޭ 10 ގަޒިއްޔާއެއް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދެއެވެ. 

އޭގެ އިތުރުން، މި މައްސަލައިގައި އައިއީޑީ ގޮއްވާލިކަމުގެ ތުހުމަތުކޮށް ދައުވާ އުފުލި އަދުހަމް އަހުމަދު ރަޝީދުގެ އިއުތިރާފާއެކު، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްޚާއްސަ މަންދޫބު، އައްބާސް ފާއިޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު