Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަހުލާގެ ސުލޫކީ މައްސަލަ

ދިފާއުގައި ޖަވާބުދާރީވާން ބޭނުންވާކަމަށް ނަހުލާ ވިދާޅުވެއްޖެ

6 މެއި 2022 | ހުކުރު 13:19

ނޫސްބަޔާނަކީ ޝުޖާގެ ނުފޫޒުން ނެރެފައިވާ ނޫސްބަޔާނެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 މެއި 2022 | ހުކުރު 13:19
ނަހުލާ އަލީ - ވިލިމާމެ ދާއިރާގެ ކައުންސިލް މެމްބަރު

ނަހުލާ އަލީ - ވިލިމާމެ ދާއިރާގެ ކައުންސިލް މެމްބަރު

ޕީޕީއެމްއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް މާލޭ ސިޓީ ވިލިމާލޭ ދާއިރާގެ މެންބަރު ނަޙުލާ އަލީ ދައްކަމުން ގެންދަވަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ބުނެ އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން އަންނަ މައްސަލައިގައި ދިފާއުގައި ޖަވާބުދާރީވާން ބޭނުންވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނަހުލާ ވިދާޅުވީ، ސުލޫކީ މައްސަލައެއް ކަމަށްބުނެ ޕީޕީއެމުން ފޮނުވާފައިވާ ސިޓީއަކަށްވާތީ މަގާމުގެ މަސްއޫލިއްޔަތުވެސް އޮތުމާއެކު އެކަމުގައި އަމިއްލަފުޅަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށެވެ. އަދި އެފުރުސަތު ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ދިނުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމުން ބުނީ ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ނަޙުލާ ދައްކަމުން ގެންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. ޕާޓީގެ އާންމު މެންބަރުންނާއި، ސޯޝަލް މީޑިއާގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމުކޮށް ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާގެ، މާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ހެއްކާއެކު ލިބިފައިވާކަމަށް ޕީޕީއެމުން ބުނެއެވެ.

އެހެންކަމުން އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީކޮމިޓީން ބަލަން ފަށާފައިވާ ކަމަށެވެ. އަދި ޕާޓިގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުންގެންދާކަމަށްވެސް ޕީޕީއެމުން ބުނެއެވެ. އަދި މިކަންކަން ކުރުމުގައި ނަހުލާ އާއެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ، އާއި ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓިން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްޙާ އަލީވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ނަހުލާގެ އިތުރުން އާމިނަތު ލީލާގެ ވެސް ސުލޫކީ މައްސަލައެއް ޕާޓިން ބަލަމުން އަންނަ ކަމަށް ޕީޕީއެމުން މިކަމާ ގުޅިގެން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނާ ގުޅިގެން ނަހުލާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ދައްކައިފައެއް ނުވާނެ ކަމަށެވެ.

ނަހުލާ ވިދާޅުވީ، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އޭނާއަށް ޕާޓީން ކަނޑާލާނެކަމުގެ އިންޒާރު ސިޓީ ކައުންސިލް ތެރޭ ދީ، އޮފީހަށް ދިއުމަށް އުނދަގޫ ކުރާކަމުގެ ޝަކުވާ މިދިޔަ މަހުގެ 20ވަނަ ދުވަހު ހުށައަޅަައިފައިވާނެ ކަމަށެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕުން އެއީ އަމިއްލަ ކަމެއް ކަމަށް ބުނެ އެ މައްސަލައަށް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްބަޔާނަކީ ޝުޖާގެ ނުފޫޒުން ނެރެފައިވާ ނޫސްބަޔާނެއްކަމަަށްވެސް ނަހުލާގެ ޕޯސްޓުގައިވެއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ އޭނާއާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރަނީ ޝުޖާއުގެ ނުފޫޒުން ކަމަށެވެ. އަދި ރައީސް ޔާމީނަށް ތާއީދު ކުރާތީ ކޮންމެފަދަ ދެރައެއް ދިނަސް ފަރުވާލެއް ނެތް ކަމަށް ފޭސްބުކުގައި ނަހުލާ ވިދާޅުވެފައިވެއެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް އެއްވެސް މީހެއްގެ ގާތުގައި ވިދާޅުނުވާ ކަމަށެވެ.

މިކަމުގައި ޖަވާބުދާރީވާން ފުރުސަތު ދެއްވުމަށް ނަހުލާ ވަނީ އެދިވަޑައިގެންފައެވެ.

ޕީޕީއެމްނަހުލާ އަލީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް