Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިސްކިތްތަކުގައި ފޮރުވާފައި ހުންނަ ކުނި

މާލޭގެ މިސްކިތްތައް ގޮނޑު ވަނީ

ބައެއް މިސްކިތްތަުގެ ގޯތި ތެރެ އޮންނަނީ ޕްލާސްޓިކް ފުޅިން ފުރިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 މެއި 2022 | ހުކުރު 13:05
މިސްކިތެއްގެ ގޯތި ތެރޭގައި ކުނި ބަހައްޓާފައި

މިސްކިތެއްގެ ގޯތި ތެރޭގައި ކުނި ބަހައްޓާފައި

މިސްކިތްތަކަކީ ދުނިޔެމަތީގައި އެންމެ މާތް ތަންތަނެވެ. އެހެންކަމަށްވާނަމަ އެތަންތަން ރަނގަޅަށް ބެލެހެއްޓުމަކީވެސް މުހިންމު ކަމެކެވެ. މިސްކިތާއި މިސްކިތުގެ ގޯތިތެރެ ރީތި ގޮތުގައި ބޭއްވުމަކީ މުހިންމުކަމަކަށްވާއިރު މިއަދު ފެނިގެންދަނީ އެއާ އިދިކޮޅު މަންޒަރުތަކެކެވެ.

މާލޭގެ ގިނަ މިސްކިތްތަކުގެ އެތެރެ ބަލާ ބެލުމަށް އޮންނަނީ ވަރަށް ބޮޑަށް ސާފުކޮށްފައެވެ. ކުނި ކަހައި މޮޕު އަޅާފައެވެ. ނަމަވެސް މިސްކިތަށް ދާ މީހުންނަށް އެ ރީތި މަންޒަރުގެ އިތުރުން މިސްކިތުގެ ގޯތިތެރެ އޮންނަ ގޮތް ވެސް އަޅައިގަނެއެވެ. މާލޭގެ ބައެއް މިސްކިތްތަކުގެ ގޯތި ތެރެ އޮންނަނީ ކުނިން ފުރިފައެވެ. ޕްލާސްޓިކް ފުޅި އާއި ޓިޝޫ އާއި ކޮތަޅު ފަދަ ތަކެތީގެ ސަބަބުން މިސްކިތުގެ ގޯތި ތެރޭގެ ރީތިކަން ވަނީ ގެއްލިފައެވެ.

ގޯތި ތެރޭގައި މިފަދަ ކުނި ފެންނަން ހުރުމުން އާއްމުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވާތީ ބައެއް މިސްކިތްތަކުން އެ ކުނި އަޅާލަނީ މީހުންނަށް ނުފެންނަ ތަންތަނަށެވެ. އެއީ މިސްކިތުގެ ގޯތި ތެރޭގައި ހައްދާފައި ހުންނަ ގަސްތަކުގެ ތެރެއަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ މިސްކިތްތަކުގައި މަސައްކަތު މީހުން ތިބި ނަމަވެސް އެ މީހުން ސާފު ކުރަނީ ހަމަ އެކަނި މިސްކިތުގެ އެތެރެއެވެ. މިސްކިތުގެ ގޯތި ތެރެ ސާފު ކުރަނީ ހަފުތާއަކު އެއްފަހަރުއެވެ. އެގޮތުން، ހުކުރު ދުވަހަކީ އެންމެ ގިނަ ބަޔަކު މިސްކިތަށް ދާ ދުވަސް ކަމުން އެ ދުވަހު މިސްކިތްތައް ސާފު ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ބައެއް މިސްކިތްތަކުގައި ކުނި އުކާނުލާ އެތައް ދުވަހެއް ވަންދެން ބަހައްޓާކަން ވެސް ފާހަގަ ކުރެވެއެވެ.

ކުނި އުކާނުލާ އެއްތަނަކަށް ޖަމާ ކޮށްފައި ހުރުމަކީ ސިއްހީ ގޮތުން ވެސް އެތަނަށްދާ މީހުންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. މިގޮތަށް ކުނި ބަހައްޓާފައި ހުންނަ ބައެއް މިސްކިތްތަކުގެ އެތެރޭގައި ނުބައި ވަސް ދުވާ ކަމުގެ ޝަކުވާ އާއްމުން ކުރެއެވެ.

މިސްކިތު ގޯތި ތެރޭގައި ކުނި ޖަމާވެފައި ހުރުމާއި ކުނި އުކާނުލައި ގިނަ ދުވަސްވަންދެން ހުރެގެން ނުވާނެއެވެ. އެއީ އެކަމަށް ހާއްސަ ބަޖެޓެއް ސަރުކާރުން ކަނޑައަޅާފައިވާތީއެވެ. އެގޮތުން، މި އަހަރު މިސްކިތްތައް މެނޭޖް ކުރުމަށާއި އިންފްރާސްޓްރަކްޗާއަށް 154 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ދީފައެވެ.

މިސްކިތަށް އުކާލާ ކުނި ނުނެގުމާއި ގަވާއިދުން ކުނި އުކާނުލުމުގައި މިސްކިތުގެ މަސައްކަތު މީހުން ޒިންމާ ނަގަން ޖެހޭއިރު ކުނި އެޅުމުގައި އާއްމުންގެ ރޯލު ވެސް ފާހަގަ ކުރަން ޖެހެއެވެ. މިސްކިތުގެ ގޯތި ތެރެއަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅާއި ޓިޝޫ އެއްލާއިރު އަމިއްލަ ފަރުދީ ޒިންމާއާ މެދު ވިސްނާނުލެވެނީ ހެއްޔެވެ.

މިސްކިތްތައް ރީތި ގޮތުގައި ބާއްވަން އެންމެންގެ އެއްބާރުލުންވެސް މުހިންމެވެ.   

މިސްކިތް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް

25 ނޮވެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
ފުރުގާނު މިސްކިތުގެ ޚަތިމުތައް އުކާލާ، ގެއްލުން ދީފި

ފުރުގާނު މިސްކިތުގެ ޚަތިމުތައް އުކާލާ، ގެއްލުން ދީފި

24 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު