Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގްރޫޕް މާރާމާރީތަކުގައި ބަޔަކު ހައްޔަރުކުރުން

ގްރޫޕް މާރާމާރީތަކުގައި ބަޔަކު ހައްޔަރުކޮށްފި

6 މެއި 2022 | ހުކުރު 06:35

ތިން މާރާމާރީއަކާ ގުޅިގެން 12 މީހުން ވަނީ ހައްޔަރުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 މެއި 2022 | ހުކުރު 06:35
މާރާމާރީ ހިންގައިގެން މަގު ބަންދުކޮށްފައި

މާރާމާރީ ހިންގައިގެން މަގު ބަންދުކޮށްފައި

ފިތުރު އީދު ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގައި ހިންގި މާރާމާރީތަކުގައި 12 މީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނި ގޮތުގައި އެ 12 މީހުންނަކީ ތިން މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި މީހުންނެވެ. މީގެ ތެރޭގައި 18 އަހަރު ނުވާ ތިން ކުޑަކުދިން ހިމެނެއެވެ.

Advertisement - newsAdvertisement

މެއި މަހުގެ ދެވަނަ ދުވަހު މާލޭގައި ދެ މާރާމާރީއެއް ހިންގާފައިވާއިރު އޭގެ ތެރެއިން ޖަނަވަރީ މަގުގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރިއެވެ. އެއީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި 15 އަހަރުގެ ކުޑަކުއްޖެކެވެ. 18 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ތަޙުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި ކުޑަކުއްޖާގެ ބަންދަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

އެ މައްސަލައިގައި އިތުރު ހަތް މީހަކު ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދާ ފަރާތްތައް:

ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)

ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)

ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)

ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)

ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)

ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)

ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

ހުޅުމާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ހަ މީހުންގެ ތެރެއިން ހަތަރު މީހަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު އެކަކަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާއަށް ވަނީ ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މީގެ އިތުރުން ސޯސަންމަގުގައި ހުންނަ ސިޓީބޭކަރީ ކައިރީގައި ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ބަޔަކު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި 22 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ދެ ފިރިހެނުން ހިމެނެއެވެ. މީގެ ތެރެއިން 22 އަހަރުގެ މީހާއަށާއި 18 އަހަރުގެ މީހަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު 21 އަހަރުގެ މީހައަށާއި 18 އަހަރުގެ ދެވަނަ މީހާއަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މި މާރާމާރީތައް ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މާރާމާރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2025

އައްޑޫ ހިތަދޫގައި އަންހެނުންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލަނީ

07 ސެޕްޓެމްބަރު 2025
އައްޑޫ ހިތަދޫގައި އަންހެނުންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލަނީ
03 މެއި 2025

ތޫނު އެއްޗަކުން މީހެއްގެ ބޮލަށް ހަމަލާދީ، ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

03 މެއި 2025
ތޫނު އެއްޗަކުން މީހެއްގެ ބޮލަށް ހަމަލާދީ، ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
25 ޖުލައި 2024

ހުޅުމާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 23 އަހަރުގެ މީހާ ތަހުގީގު ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކޮށްފި

25 ޖުލައި 2024
ހުޅުމާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 23 އަހަރުގެ މީހާ ތަހުގީގު ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކޮށްފި
24 ޖުލައި 2024

ހުޅުމާލެ ފޭސް-1 ގައި ޒުވާނަކަށް ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

24 ޖުލައި 2024
ހުޅުމާލެ ފޭސް-1 ގައި ޒުވާނަކަށް ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި
10 ޑިސެމްބަރު 2023

ހުޅުމާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ ކުޑަކުއްޖަކު ޒަޚަމުކުރި މައްސަލައެއް ހުށަހެޅިފައެއް ނުވޭ: ފުލުހުން

10 ޑިސެމްބަރު 2023
ހުޅުމާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ ކުޑަކުއްޖަކު ޒަޚަމުކުރި މައްސަލައެއް ހުށަހެޅިފައެއް ނުވޭ: ފުލުހުން
08 ޑިސެމްބަރު 2023

އައްޑޫ ސިޓީގެ މާރަމާރީ: އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ޝަރީއަތް ނިމެންދެން ބަންދަށް

08 ޑިސެމްބަރު 2023
އައްޑޫ ސިޓީގެ މާރަމާރީ: އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ޝަރީއަތް ނިމެންދެން ބަންދަށް
06 ޑިސެމްބަރު 2023

އައްޑޫސިޓީގައި އަންގާރަ ދުވަހު ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

06 ޑިސެމްބަރު 2023
އައްޑޫސިޓީގައި އަންގާރަ ދުވަހު ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
06 ޑިސެމްބަރު 2023

އައްޑޫސިޓީގައި ހޯމަ ދުވަހު ހިންގި ގްރޫޕް މާރާމާރީ: ހައްޔަރު ކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދު

06 ޑިސެމްބަރު 2023
އައްޑޫސިޓީގައި ހޯމަ ދުވަހު ހިންގި ގްރޫޕް މާރާމާރީ: ހައްޔަރު ކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދު
02 ޑިސެމްބަރު 2023

އައްޑޫގައި ގްރޫޕް މާރާމާރީއެއް ހިންގައިފި، އެކަކުގެ ހާލު ސީރިއަސް

02 ޑިސެމްބަރު 2023
އައްޑޫގައި ގްރޫޕް މާރާމާރީއެއް ހިންގައިފި، އެކަކުގެ ހާލު ސީރިއަސް
05 ނޮވެމްބަރު 2023

މާލޭގައި 2 މާރާމާރީއެއް ހިންގައިފި

05 ނޮވެމްބަރު 2023
މާލޭގައި 2 މާރާމާރީއެއް ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް