Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޭރުމުގެ މައްސަލަ

ތޫނު އެއްޗަކުން މީހެއްގެ ބޮލަށް ހަމަލާދީ، ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

3 މެއި 2025 | ހޮނިހިރު 09:38

އަނިޔާ ލިބުނު ފަރާތުގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 މެއި 2025 | ހޮނިހިރު 09:38
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ތޫނު އެއްޗަކުން މީހެއްގެ ބޮލަށް ހަމަލާދީ، މާރާމާރީ ހިންގައި ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ފޭރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކ.މާލެ، ގ.ޖެލީފިޝް، 18 އަހަރުގެ މިރާސް ލަތީފެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އޭނާގެ ޝަރީއަތް ނިންމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓާއި، ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ މިރާސްގެ މައްޗަށް ތުހުމަތު ކުރެވެނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ފޭރުމުގެ ތުހުމަތު ކަމަށާއި، އަނިޔާ ލިބުނު ފަރާތުގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އަނިޔާ ލިބުނު ފަރާތުގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ ކަމަށާއި، އޭނާއާއެކު، މިކަމުގެ އިތުރު މީހެއް ބައިވެރިވެފައިވާ ކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާރާމާރީޒުވާނުންތޫނު އެއްޗެއްމާލެ ސިޓީމާރާމާރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
07 ޑިސެމްބަރު 2025

ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް ގައި ފުލުހަކު ހައްޔަރު ކޮށްފި

07 ޑިސެމްބަރު 2025
ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއް
ގައި ފުލުހަކު ހައްޔަރު ކޮށްފި
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
26 ނޮވެމްބަރު 2025

މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަކުރުމަށް ބިލެއް ހުށަހަޅައިފި

26 ނޮވެމްބަރު 2025
މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަކުރުމަށް ބިލެއް ހުށަހަޅައިފި
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
18 ނޮވެމްބަރު 2025

ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!

18 ނޮވެމްބަރު 2025
ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް