Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީނަށް އިންޒާރުދިން މައްސަލަ

ކުރީގެ ރައީސް ޔާމީންއަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަނީ

6 މެއި 2022 | ހުކުރު 01:07

ކުރީގެ ރައީސް ޔާމީންއަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށްވެސް ވަނީ ހުށައަޅާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 މެއި 2022 | ހުކުރު 01:07
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްއަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ކުރީގެ ރައީސް ޔާމީންއަށް އިންޒާރު ދީފައިވާ ކަމަށް ބުނާ މައްސަލައެއް ބަލައި ދިނުމަށް އެދި ފުލުހުންނަށް ހުށައަޅާފައިވަނީ މެއި މަހުގެ 2ވަނަ ދުވަހު ކަމަށެވެ. އަދި ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް ބަލައި ދިނުމަށް އެދި މެއި 3ވަަނަ ދުވަހު ސިޓީއަކުން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން މި ސިޓީތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ބަޔަކު ހަރަކާތްތަކެއް ފަށާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެންނެވެ. އެ ފަރާތްތަކުގެ ޓްވިޓާއެކައުންޓުން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ އިންޑިއާގެ އަގު ވައްޓާލުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ ކަންކަން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އިންޑިއާ އައުޓް ހަރަކާތްތަކަށް ފާޑުކިޔައި ރައީސް ޔާމީން "ސައިޒު" ކޮށްލާނެ ކަމަށް ވެސް އެ ވީޑިއޯގައިވަނީ ބުނެފައެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތުގައި މޯލްޑިވްސް ޔޫތު ފޯސްއިން ވަނީ، ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ކުރިމައްޗަށް އެއްވެ މުޒާހަރާ ވެސް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދިޔައީ ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށް ލުމަށެވެ.

ކުރީގެ ރައީސް ޔާމީންއަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށްވެސް ވަނީ ހުށައަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫންއެވެ. އެ މައްސަލަ ބައްލައިދެއްވުމަށް އެދިވަޑައިގެން ޣައްސާން މަޖިލީހަށް ސިޓީ ފޮނުއްވީ އަންގާރަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ޣައްސާން ފޮނުއްވި ސިޓީގައި ވިދާޅުވީ މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން އާންމު ކުރި ވީޑިއޯއެއްގައި ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އެ ވީޑިއޯގައި ފެންނަ މީހާގެ ވާހަކަތަކުން އެމަނިކުފާނަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް އެސިޓީގައި ޣައްސާން ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް