Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ތެލަށް ޖަޕާނުން އެމްބާގޯ އިއުލާންކުރުން

ވަގުތުން ވަގުތަށް ރަޝިއާގެ ތެލަށް އެމްބާގޯ އިއުލާންކޮށް އަމަލުކުރަން އުދަނގޫވާނެ: ޖަޕާން

5 މެއި 2022 | ބުރާސްފަތި 09:12

ހަގިއުޑާ މިހެން ވިދާޅުވެފައި ވަނީ ޔޫރަޕިއަން ޔޫނިއަންގެ އެގްޒެކިއުޓިވް މެމްބަރުންނާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ވޮޝިންގްޓަނަށް ކުރައްވާފައިވާ ދަތުރުފުޅުގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 މެއި 2022 | ބުރާސްފަތި 09:12
ޖަޕާންގެ މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ ކޮއިޗި ހަގިއުޑާ

ޖަޕާންގެ މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ ކޮއިޗި ހަގިއުޑާ

ވަގުތުން ވަގުތަށް ރަޝިއާގެ ތެލަށް އެމްބާގޯ އިއުލާންކޮށް އަމަލުކުރަން އުދަނގޫވާނެކަމަށް ޖަޕާނުން ބުނެފިއެވެ.

ޖަޕާންގެ މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ ކޮއިޗި ހަގިއުޑާ ވަނީ ޔޫކްރެއިން ރަޝިއާ ހަނގުރާމައާ ގުޅިގެން ރަޝިއާ އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ވަގުތުން ވަގުތަށް ރަޝިއާގެ ތެޔޮ އިމްޕޯޓުކުރުން މަނާކުރަން އެގައުމަށް އުނދަގޫވާނެ ކަމަށް ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ.

ހަގިއުޑާ މިހެން ވިދާޅުވެފައި ވަނީ ޔޫރަޕިއަން ޔޫނިއަންގެ އެގްޒެކެޓިވް މެމްބަރުންނާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ވޮޝިންގްޓަނަށް ކުރައްވާފައިވާ ދަތުރުފުޅުގައެވެ.

އީޔޫއިން ވަނީ ބުދަ ދުވަހު ރަޝިއާ އާ ދެކޮޅަށް އަޅަން އިތުރު ފިޔަވަޅުތަކެއް ހުށަހަޅާފައެވެ. މިފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާގެ ތެލަށް ޤައުމުތަކުން އެމްބާގޯ އިއުލާންކުރުންވެސް ވަނީ ހިމަނާފައެވެ.

ޖަޕާންގެ މިނިސްޓަރު ވަނީ އެޤައުމުގެ ރިސޯސްތައް މަދުވުމުގެ ސަބަބުން ވަގުތުން ވަގުތަށް މިފަދަ ފިޔަވަޅެއް އަޅަން އުނދަގޫވާނެކަން ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ކޮމަރސް، ޖީނާ ރައިމޮންޑޯއާ ބައްދަލުކުރައްވާ ކުރިއަށް ގެންދެވުނު މަޝްވަރާތަކަށްފަހު ޖަޕާންގެ މިނިސްޓަރު ވަނީ ޔޫކްރެއިން ރަޝިއާ ހަނގުރާމައާ ގުޅިގެން އެއްވިސްނުންތަކެއް ގެންގުޅޭ ގައުމުތަކުން ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ހަމާވަމުންދާ ކަމަށާއި މި މަޝްވަރާތަކުގެ ސަބަބުން ޖަޕާނާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ހަގިއުޑާ ވަނީ އެމެރިކާގެ ސެކެޓްރީ އޮފް އެނަރޖީ ޖެނިފަރ ގްރަނޯމް އާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ހަގިއުޑާ ވަނީ އެމެރިކާއިން ޖަޕާނަށް ފޯރުކޮށްދެމުންދާ ލިކުއިފީޑް ނެޗުރަލް ގޭސް (އެލްއެންޖީ) ފޯރުކޮށްދިނުން އިތުރުކޮށްދިނުމަށް އެދިފައެވެ. އަދި އެމެރިކާއިން ފޯރުކޮށްދޭ ގޭހުގެ އަދަދު އިތުރުވެއްޖެނަމަ އެގައުމުން ރަޝިއާއަށް ބަރޯސާވާންޖެހެ މިންވަރު ކުޑަވާނެ ކަމަށް ހަގިއުޑާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމެރިކާއިން އެލްއެންޖީ ހޯދުމަށް ޖަޕާންގެ ސަރުކާރުން އެގައުމުގެ އަމިއްލަ ކުންފުނިތަކަށް ޕަބްލިކް ފައިނޭންސިންގެ އެހީ ފޯރުކޮށްދޭނެ ކަމަށް ހަގިއުޑާ ވިދާޅުވިއެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖަޕާނަށް އިމްޕޯޓްކުރާ ތެލުގެ ހަތަރު އިންސައްތަ ހިއްސާކުރަނީީ ރަޝިއާއިންނެވެ. ޖަޕާނަށް އެތެރެކުރާ ގޭހުގެ ނުވަ އިންސައްތަ ރަޝިއާއިން އިމްޕޯޓްކުރާއިރު، އެގައުމަށް އެތެރެކުރާ ކޯލްގެ 11 އިންސައްތަ ހިއްސާކުރަނީ ރަޝިއާއިންނެވެ.

ޖަޕާންރަޝިއާ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް