Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް އެމެރިކާގައި

ރައީސުލްޖުމްހޫރިއްޔާގެ ނަައިބު، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

4 މެއި 2022 | ބުދަ 21:06

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މެއި 2022 | ބުދަ 21:06
ނައިބު ރައީސް ފައިސަލް ނަސީމު އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ ބައްދަލުކުރެއްވުން

ނައިބު ރައީސް ފައިސަލް ނަސީމު އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އ.ދ. ގެ ޢާންމު މަޖިލީހުގައި މިއަދު ކުރިޔަށްގެންދާ މަތީ ފެންވަރުގެ ބަހުސްގައި ތަޤްރީރު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢަބްދުﷲ ޝާހިދު އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގެ ދަށުން އަންހެނުންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވުމަށާއި، ޒުވާނުންގެ ކުރިއެރުމަށް ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމާ ގުޅޭގޮތުން އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް ، ކުރައްވާ މަސައްކަތްތަކާއި، ނާޒުކު ޙާލަތްތަކުގައިވާ ޤައުމުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ޙައިސިއްޔަތުން ޢަބްދުﷲ ޝާހިދު ރާއްޖެއަށް ހޯއްދަވައިދެއްވާ ފުރުޞަތުތަކާއި އިންވެސްޓްމަންޓްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖޭގެ ފަރާތުން ފަތުރުވެރިކަމާ ގުޅޭގޮތުން އ.ދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ އެމަނިކުފާނަށް އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަން އަދާކުރެއްވުމަަށް މަގުފަހިވީ ރައީސް ޞާލިޙްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުންކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި މަތީ ފަންތީގެ ވަފްދެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 ޖުލައި 2025

ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

03 ޖުލައި 2025
ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް
31 ޖެނުއަރީ 2025

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު
17 ޑިސެމްބަރު 2024

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި

17 ޑިސެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި
06 ޑިސެމްބަރު 2024

ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް

06 ޑިސެމްބަރު 2024
ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް
05 ޑިސެމްބަރު 2024

ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް

05 ޑިސެމްބަރު 2024
ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް
22 ނޮވެމްބަރު 2024

އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދެން: ނައިބު ރައީސް

22 ނޮވެމްބަރު 2024
އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދެން: ނައިބު ރައީސް
26 އޮކްޓޯބަރު 2024

ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ނައިބު ރައީސް

26 އޮކްޓޯބަރު 2024
ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ނައިބު ރައީސް
24 އޮކްޓޯބަރު 2024

ތަރައްގީގެ މަސައްކަތްތަކުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރަން ޖެހޭ: ނައިބު ރައީސް

24 އޮކްޓޯބަރު 2024
ތަރައްގީގެ މަސައްކަތްތަކުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކުރަން ޖެހޭ: ނައިބު ރައީސް
24 ޖުލައި 2024

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތަށް ނައިބްރައީސް ޕެރިހަށް

24 ޖުލައި 2024
އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތަށް ނައިބްރައީސް ޕެރިހަށް
09 ޖޫން 2024

ސަރުކާރެއް ހިންގަން ސީއެސްސީން މުހިންމު ދައުރެއް އަދާކުރޭ، ވައުދުތައް ފުއްދަން ސީއެސްސީގެ އެހީތެރިކަން ސަރުކާރަށް ބޭނުންވޭ - ނައިބު ރައީސް

09 ޖޫން 2024
ސަރުކާރެއް ހިންގަން ސީއެސްސީން މުހިންމު ދައުރެއް އަދާކުރޭ، ވައުދުތައް ފުއްދަން ސީއެސްސީގެ އެހީތެރިކަން ސަރުކާރަށް ބޭނުންވޭ - ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް