Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކުރުން

ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ނައިބު ރައީސް

ތަފާތު ފިކުރުތަކަށް އިހްތިރާމް ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2024 | ހޮނިހިރު 06:35
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅު ދައްކަވަނީ

ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ސަމޯއާގައި ކުރިއަށްދިޔަ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް)ގެ އެގްޒެކެޓިވް ސެޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނައިބު ރައީސް ވިދާޅުވީ ހެޔޮވެރިކަމެއް ކުރިއެރުމަށާއި، ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ވަރަށް ގިނަ ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، ސުލްހަމަސަލަސްކަމާއި، ތަފާތު ފިކުރުތަކަށް އިހްތިރާމްކުރުމަކީ، މުޖުތަމައުތައް ކުރިއަރައި ދިއުމުގެ މައިގަނޑު ތަނބުތައް ކަމަށާއި، މި އަސާސްތަކުގެ ސަބަބުން، ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، ހެޔޮވެރިކަމުގެ މަގަށް މަގުފަހިވެގެންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހަތަރު ބުރެއް ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވިފައި ވާކަމީ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ރާއްޖެއިން މަސައްކަތްކުރާކަން ދަލީލުކޮށްދޭ ކަމެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުތައް އޮބްޒާވްކުރުމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއެޓުން އަދާކޮށްފައިވާ މުހިންމު ދައުރަށް ޝުކުރު އަދާކުރައްވައި، ކޮމަންވެލްތުގެ އިންތިޚާބީ އެހީތެރިކަން އިތުރަށް ހަރުދަނާ ކުރުމާއި، އިންތިޚާބާބެހޭ އޮފިޝަލުންނާއި މުއައްސަސާތައް ތަމްރީނުކުރުމާއި، މުޅި އިންތިޚާބާބެހޭ ނިޒާމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލައި، އިންތިޚާބާބެހޭ އޮބްޒަރވޭޝަން ރިޕޯޓްތަކުގެ ދުވެލި ހަލުވިކުރުމާއި، ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް އޮބްޒަރވޭޝަން ގުރޫޕުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނައިބު ރައީސް ލަފާދެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

03 ޖުލައި 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި

17 ޑިސެމްބަރު 2024
ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް

ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް

06 ޑިސެމްބަރު 2024
ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް

ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް

05 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު