Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން

އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދެން: ނައިބު ރައީސް

ތަރައްގީގެ ތަސައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިގުތިސާދެއް ބިނާ ކުރުން

އަމްނާ އިމާދު
އަމްނާ އިމާދު | 22 ނޮވެމްބަރު 2024 | ހުކުރު 18:33
"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ

"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ

އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ ނާރެސް ކަމަށާއި، އެވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ގެ ވިޔަފާރިތަކުން ހޯދަމުންދާ ކާމިޔާބީތައް ގައުމީ ފެންވަރުގައި ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ފަރާތުން އިންތިޒާމުކުރާ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގެ ގައުމީ ތަރައްގީގެ ތަސައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިގުތިސާދެއް ބިނާ ކުރުމުގެ ސިޔާސަތު ކަމަށެވެ.

‎އެގޮތުން މި އިގްތިސާދުގެ އެންމެ މައި މަސައްކަތްތަކާއި ދިރުންހުރި ޚިދުމަތުގެ ސަފުހާތަކުގެ ބޮޑު ބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމަށާއި، އެ ވިޔަފާރިތަކަކީ އިގްތިސާދުގެ ނާރެސް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، އައު އީޖާދުތައް ކުރުމާއި، އިގުތިސާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތައް ކަމަށެވެ. އެ ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިންނަކީ މި މުޖުތަމައުގެ ތަރައްގީއާއި، ދިރުމާއި، ކުރިއެރުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދޭ ބައެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ‎

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ 21 ވަނަ ގަރުނުގައި، ދެކެމުން އަންނަ ފަންނިއްޔާތުގެ އައު ކަންކަމާއި، ޑިޖިޓަލް މާކެޓުތަކާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފަހި ފުރުސަތުތަކެއް ކަމަށެވެ. މި ދާއިރާތަކުން ފަހި ނަތީޖާ ހާސިލްކޮށް ފުރިހަމަ ކާމިޔާބަށް ވާސިލްވުމަށް، ވިޔަފާރިވެރިން މި އައު ހުނަރުތަކާއި އުކުޅުތައް ދަސްކޮށް، އޭގެ ބޭނުން ހިފަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މި ވިޔަފާރިތައް ކުރިއެރުވުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެ ގޮތުން މާލީ އެހީތެރިކަމާއި، ފަންނީ ތަމްރީނުތަކާއި، ޤާނޫނީ ލުއިތައް ދިނުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޫކުރަންޖެހޭ ފައިސާތައް ދޫނުކޮށް، ހިފެހެއްޓުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މިފަހުން ދެމަހެއްގެ މުސާރަ ލިބިފައިނުވާ ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

‎މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހުކޮށްދެއްވާފައެވެ.

"މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" ގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމާއެކު، ގައުމުގެ އުފެއްދުންތެރިކަމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖޭގެ ވިޔަފާރިތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ކުރިއަރުވައި މިސްރާބުކުރުމެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

އިތުރަށް ކިޔާލަން

03 ޖުލައި 2025

ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

03 ޖުލައި 2025
ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް
31 ޖެނުއަރީ 2025

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު
17 ޑިސެމްބަރު 2024

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި

17 ޑިސެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޖީ.ޑީ.ޕީ.ޕީގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ފައްޓަވައިދެއްވައިފި
06 ޑިސެމްބަރު 2024

ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް

06 ޑިސެމްބަރު 2024
ކޮންމެ ސަރުކާރަކުން ފެށި މަޝްރޫއެއް ނަމަވެސް އަދުގެ ސަރުކާރުން އެ މަޝްރޫއުތައް ނިންމާނެ: ނައިބު ރައީސް
05 ޑިސެމްބަރު 2024

ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް

05 ޑިސެމްބަރު 2024
ހައިބްރިޑް ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރަންޖެހޭ: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު