Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ޚަރަދާއި އާމްދަނީ

ސަރުކާރުގެ އާމްދަނީ 8 ބިލިއަންގައި، ޚަރަދު 11 ބިލިއަނަށް

ޕީއެސްއައިޕީއަށް ސަރުކާރުން ޚަރަދުކޮށްފައި ވަނީ 1.8 ބިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 މެއި 2022 | ބުދަ 14:51
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ދައުލަތުގެ ޚަރަދު އިތުރުކަމަށް ފިނޭންސް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 11.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެގޮތުން ރިކަރެންޓް އަދި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ދައުލަތުން ވަނީ 10.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި ޚަރަދުކޮށްފައި ވަނީ 7.7 ބިލިއަން ރުފިޔާއެވެ. އެގޮތުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް 1.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށްވެސް 1.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ޕެންޝަނަށް 301.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، ރިޓަޔަމެންޓް ބެނެފިޓްގެ ގޮތުގައި 129.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސްގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ދައުލަތުގެ ކެޕިޓަލް އެކްސްޕެނޑިޗަރ އަށް ބަލާއިރު، މިމުއްދަތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ކެޕިޓަލް އިކުއިޕްމަންޓަށް 91.6 މިލިއަން ރުފިޔާ، އިންފްރާސްޓްރަކްޗަރ އެސެޓް އަށް 1.7 ބިލިއަން ރުފިޔާ، އަދި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް އާއި އިންވެސްޓްމެންޓް އައުޓްލޭސް އަށް 905.8 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ދައުލަތުގެ ލޯނުތައް ދެއްކުމަށް 681.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 149.9 މިލިއަން ރުފިޔާ ވަނީ ޓްރާންސްފަރ ކޮށްފައެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް 8.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓެކުހުންނެވެ. އެއީ 5.9 ބިލިއަން ރުފިޔާއެވެ. އޭގެތެރޭގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 797.2 މިލިއަން ރުފިޔާ، ބިޒްނަސް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 314.3 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗަރޖްގެ ގޮތުގައި ލިބުނު 207.5 މިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކެޕިޓަލް ރިސީޓް ގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 5.4 މިލިއަން ރުފިޔާއެވެ. އަދި ގްރާންޓްސްގެ ގޮތުގައި 80.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
30 އޮކްޓޯބަރު 2025

މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

30 އޮކްޓޯބަރު 2025
މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު