Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް

ފުލުހުންގެ ބެރިކޭޑްތައް ދުރަށްލައި، ލަންކާގެ ބުދިސްޓުން މުޒާހަރާކުރަން ރައީސް ގަނޑުވަރު ކުރިމައްޗަށް

ކޮލޮމްބޯގެ ވޯރލްޑް ޓްރޭޑް ސެންޓަރުގައި ފުލުހުން ބެރިކޭޑު ޖަހައި ބަންދުކޮށްފައި ވަނިކޮށް، މުޒާހަރާގެ ބައިވެރިންވަނީ އެ ބެރިކޭޑުތައް ދުރަށްޖައްސައި ކުރިއަށްގޮސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 މެއި 2022 | އަންގާރަ 16:00
ލަންކާގެ އިންޓަރ-ޔުނިވަރސިޓީ ބިއްކޫ ފެޑެރޭޝަން (އައިޔޫބޫއެފް)އިން ވަނީ އަންގާރަ ދުވަހު ރައީސް ގަނޑުވަރު ކުރިމަތީގައި މުޒާހަރާކޮށްފައި

ލަންކާގެ އިންޓަރ-ޔުނިވަރސިޓީ ބިއްކޫ ފެޑެރޭޝަން (އައިޔޫބޫއެފް)އިން ވަނީ އަންގާރަ ދުވަހު ރައީސް ގަނޑުވަރު ކުރިމަތީގައި މުޒާހަރާކޮށްފައި

ލަންކާގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެގައުމުގެ ބުދިސްޓުންވެސް ބައިވެރިވަމުންދާއިރު، އަންގާރަ ދުވަހު މުޒާހަރާކުރި ބުދިސްޓުންތަކެއް ވަނީ ފުލުހުންގެ ބެރިކޭޑުތައް ދުރަށް ޖައްސައި ރައީސް ގަނޑުވަރު ކުރިމަތީގައި މުޒާހަރާކޮށްފައެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ނިއުސްވަޔަރގައި ރިޕޯޓުކޮށްފައިވާގޮތުން، ލަންކާގެ އިންޓަރ-ޔުނިވަރސިޓީ ބިއްކޫ ފެޑަރޭޝަން (އައިޔޫބޫއެފް)އިން ވަނީ އަންގާރަ ދުވަހު ރައީސް ގަނޑުވަރު ކުރިމަތީގައި މުޒާހަރާކޮށްފައެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާގޮތުން، އައިޔޫބީއެފްއިން މުޒާހަރާ ފަށާފައިވަނީ ވިހަރަމަހަޑެޝީ ޕާކުންނެވެ. އެއަށްފަހު އެމީހުން ވަނީ ގޯލް ފޭސް ގްރީންއަށް މިސްރާބުޖަހާފައެވެ.

ކޮލޮމްބޯގެ ވޯރލްޑް ޓްރޭޑް ސެންޓަރުގައި ފުލުހުން ބެރިކޭޑު ޖަހައި ބަންދުކޮށްފައި ވަނިކޮށް، މުޒާހަރާގެ ބައިވެރިން ވަނީ އެ ބެރިކޭޑުތައް ދުރަށްޖައްސައި ކުރިއަށްގޮސްފައިކަމަށް ނިއުސްވަޔަރއިން ރިޕޯޓުކުރެއެވެ. އަދި ލަންކާގެ ސެންޓްރަލް ބޭންކް ކައިރީގައި ހުރި ބެރިކޭޑުތައް ދުރަށް ޖައްސައި އެތާނގައިވެސް މުޒާހަރާ ކުރިއަށް ގެންގޮސްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެއަށްފަހު ރައީސް ގަނޑުވަރު ހުންނަ ސަރަހައްދަށް ގޮސް އެސަރަހައްދުގައި ވަނީ މުޒާހަރާކޮށްފައެވެ. މިއީ ރައީސް ގަނޑުވަރު ކުރިމަތީގައި މުޒާހަރާކުރި ފުރަތަމަ ފަހަރެވެ. ފުލުހުން ވަނީ އެސަރަހައްދަށް ދެވޭ ހުރިހާ މަގެއް ބެރިކޭޑް ބަހައްޓައި ބަންދުކޮށްފައެވެ.

ރައީސް ގަނޑުވަރު ކުރިމަތީގައި މުޒާހަރާކުރުމަށްފަހު އައިޔޫބީއެފްގެ ބައިވެރިން ވަނީ، ގޯލް ފޭސް ގްރީންއަށް ގޮސް އެތަނުގައި މުޒާހަރާކުރަމުންދާ މީހުންނާ ބައިވެރިވެފައެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ރައީސްއާއި ބޮޑުވަޒީރު އަދި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އެތައް މިލިއަން މީހުންނެއް ދަނީ މުޒާހަރާކުރަމުންނެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަން ޖެހިދާނެކަމުގެ ބިރު ހީވެއްޖެ

18 އޮކްޓޯބަރު 2017
ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރަން ޖެހިދާނެކަމުގެ ބިރު ހީވެއްޖެ
15 އޮކްޓޯބަރު 2017

ލަންކާގެ 'ސުޕަރ ޕްރިޒަން' ހުޅުވަނީ

15 އޮކްޓޯބަރު 2017
ލަންކާގެ 'ސުޕަރ ޕްރިޒަން' ހުޅުވަނީ
12 އޮކްޓޯބަރު 2017

ލަންކާގެ ރޭލު ޑްރައިވަރުން އިހުތިޖާޖުގައި، އެތައް ހާސްބަޔަކު ދަތުރު ނުކުރެވިފައި

12 އޮކްޓޯބަރު 2017
ލަންކާގެ ރޭލު ޑްރައިވަރުން އިހުތިޖާޖުގައި، އެތައް ހާސްބަޔަކު ދަތުރު ނުކުރެވިފައި
04 އޮކްޓޯބަރު 2017

ލަންކާގެ އެއްބައިވަންތަކަން ގާއިމް ކުރުމުގައި ވަނީ ފެއިލްވެފަ: ބޮޑުވަޒީރު ރަނިލް

04 އޮކްޓޯބަރު 2017
ލަންކާގެ އެއްބައިވަންތަކަން ގާއިމް ކުރުމުގައި ވަނީ ފެއިލްވެފަ: ބޮޑުވަޒީރު ރަނިލް
15 އޯގަސްޓު 2017

ލަންކާގެ އާ ފޮރިން މިނިސްޓަރަކަށް އެގައުމުގެ ޑިވަލޮޕްމަންޓް އެސައިންމަންޓްސް މިނިސްޓަރު ހަމަޖައްސަވައިިފި

15 އޯގަސްޓު 2017
 ލަންކާގެ އާ ފޮރިން މިނިސްޓަރަކަށް އެގައުމުގެ ޑިވަލޮޕްމަންޓް އެސައިންމަންޓްސް މިނިސްޓަރު ހަމަޖައްސަވައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު