Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ ފޮރިން މިނިސްޓަރު

ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ލަންކާގެ ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

10 އޯގަސްޓު 2017 | ބުރާސްފަތި 09:49

ކުންފުންޏަކުން އޭނާގެ އެޕާޓްމެންޓް ކުލި ދައްކާ ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 10 އޯގަސްޓު 2017 | ބުރާސްފަތި 09:49
ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ކަރުނަޔަކެ

ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ކަރުނަޔަކެ

ސްރީލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކެ އިސްތިއުފާ ދެއްވައިފި އެވެ.

ކަރުނަޔަކެ އިސްތިއުފާ ދެއްވާފައި މިވަނީ ސްރީލަންކާގައި މިހާރު ފެންމަތިވެގެން އުޅޭ ފަސާދައިގެ ބޮޑު މައްސަލައެެއްގެ ނާރެހަށް ވެފައިވާ ކުންފުންޏަކުން ކަރުނަޔަކެގެ އެޕާޓްމަންޓަކަށް ކުލި ދައްކާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން އޭނާގެ އިސްތިއުފާއަށް ގޮވަމުންދަނިކޮށެވެ.

އިސްތިއުފާ ދެއްވިކަން އިއުލާނުކުރައްވައި ގާނޫނު ހަދާ މަޖިލީހަށް ކަރުނަޔަކެ ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ ލަންކާގައި ސިޔާސީ އާ ސަގާފަތެއް ގާއިމްކުރުމުގެ ގޮތުން ފަޚުރުވެރިކަމާ އެކު ކަމަށެވެ.

ކަރުނަޔަކެ ކުއްޔަށް ހިއްޕަވާފައިވާ ލަގްޒަރީ އެޕާޓްމަންޓަކަށް ކުލި ދެއްކި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކުންފުންޏަކީ ލަންކާ ސަރުކާރުން 2015 ވަނަ އަހަރު ވިއްކި ބޮންޑުގެ ދެބައިކުޅަ އެއްބައި ގަތް ކުންފުންޏެވެ. ޕާޕެޗުއަލް ޓްރެޒަރީސް ލިމިޓެޑް ނަމަކަށް ކިޔާ އެކުންފުންޏަށް ބޮންޑުތަކުގެ ދެބައިކުޅަ އެއްބައި ވިއްކި އިރު އެ ކުންފުންޏަކީ ލަންކާ ސެންޓްރަލް ބޭންކްގެ އޭރުގެ ގަވަރުނަރު އަރުޖުނާ މަހެންދުރަންގެ ދަނބިދަރިއަކު ހިންގަމުން އަންނަ ކުންފުންޏެއްގެ ސަބްސިޑަޔަރީއެކެވެ. މަަސްލަހަތު ފުށުއަރާގޮތަށް ކޮށްފައިވާ އެ މުއާމަލާތުގެ މައްސަލަ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އުފެއްދެވި ކޮމިޝަނަކުން މިހާރު ވަނީ ބަލަން ފަށާފައެވެ. އަދި އެގައުމުގެ ސެންޓްރަލް ބޭންކުން ވެސް މިހާރު ވަނީ އެކުންފުނީގެ މަސަައްކަތްތައް ހުއްޓުވާފައެވެ.

އެ ކޮމިޝަނުން ވަނީ ކަރުނަޔަކެ ހާޒިރުކޮށް އޭނާއާ ސުވާލުކޮށްފަ އެވެ. އެ ކޮމިޝަނުން ކުރި ސުވާލުތަކުގެ ޖަވާބުގައި ކަރުނަޔަކެ ވަނީ ބޮންޑް ޑީލަރާއެކު އޭނާގެ އާއިލާއިން ވިޔަފާރީގެ މުއާމަލާތްތަކެއް ހިންގި ކަމަށް އެއްބަސްވެވަޑައިގަންނަވާފަ އެވެ.

ޚިޔާނާތުގެ މި މައްސަލަ ފެންމަތިވި އިރު ކަރުނަޔަކެ ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގަ އެވެ. މައްސަލަ ފެންމަތިވުމާއެކު ކެބިނެޓަށް ބަދަލު ގެނެސް ކަރުނަޔަކެ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މެއި މަހުގެ ތެރޭގަ އެވެ.

އިސްތިއުފާ ދެއްވި އިރު، ލަންކާގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ކަރުނަޔެކަގެ އިތުބާރުގެ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހެޅުމާއެކު ވޯޓު އަޅައިގެން މަގާމުން ދުރުކުރުމުގެ ކުރިން އިސްތިއުފާ ދެއްވުމަށް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ކަރުނަޔަކެއަށް ލަފާ ދެއްވި ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ކަރުނަޔަކެގެ އިތުބާރުގެ މައްސަލައިގައި ވެރިކަން ކުރާ ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ އޭނާއާ ދެކޮޅަށް ވޯޓް ލައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ. އެގޮތުން، އެ މެންބަރުން ވިދާޅުވަމުން ގެންދެވީ އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށާއި ވޯޓު އަޅައިގެން މަގާމުން ދުރުކުރުމަކީ މުޅި ސަރުކާރަށް ލިބޭ ލަދުވެތި ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް