Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ކޮވިޑް ފެތުރުން

ޗައިނާއިން ދުވާލެއްގެ މައްޗަށް ރިޕޯޓްކުރާ ކޮވިޑް ކޭސްތަކުގެ އަދަދު 6000ށް

3 މެއި 2022 | އަންގާރަ 14:17

ހޯމަ ދުވަހު ޗައިނާއިން ވަނީ ލޯކަލް ޓްރާންސްމިޝަންގެ 368 ކޭސް އާއި ބަލީގެ އަލާމާތްތައްނެތި ޕޮޒިޓީވްވި 5،647 ކޭސް ރިޕޯޓްކޮށްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 މެއި 2022 | އަންގާރަ 14:17
ކޮވިޑް ކޭސްތައް އިތުރުވެ ބެއިޖިންގެ މުޅި އާބާދީ ޓެސްޓުކުރަނީ

ކޮވިޑް ކޭސްތައް އިތުރުވެ ބެއިޖިންގެ މުޅި އާބާދީ ޓެސްޓުކުރަނީ

ޗައިނާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ދުވާލެއްގެ މައްޗަށް ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު 6000ށް ވުރެ މައްޗަށް އަރައިފިއެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ޗައިނާއިން ވަނީ ލޯކަލް ޓްރާންސްމިޝަންގެ 368 ކޭސް އަދި ބަލީގެ އަލާމާތްތައްނެތި، ޕޮޒިޓީވްވި 5،647 ކޭސް ރިޕޯޓްކޮށްފައެވެ.

އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓްތައް ދައްކާ ގޮތުން، ލޯކަލް ޓްރާންސްމިޝަންގެ ތެރެއިން 274 މީހުން ޕޮޒިޓިވްވީ ޝަންހާއިންނެވެ. ވެރިރަށް ބެއިޖިން އިން 51 މީހުން ރިޕޯޓްކުރި އިރު ހެއިލޯންޖިއާން އިން 13 މީހުން އަދި ގުއަންގްޑޮން އިން 7 މީހުން ޕޮޒިޓިވްވެގެން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ލިއޯނިން އާއި ޖިއަންގޒީ އިން 5 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރި އިރު، ފުޖިއަން އަދި ޝެންޑޮންގ އިން 3 މީހުންނާއި، ޝަންޒީ އަދި ހީނާނުން 2 މީހުންނާއި، އިނަރ މޮންގޯލިއާ އަދި ޗޮންގގިން އިން އެކަކު ވަނީ ރިޕޯޓްކޮށްފައެވެ.

ލޯކަލް ޓްރާންސްމިޝަންގެ ތެރެއިން ފާހަގަކުރެވުނު 164 މީހުންނަކީ އެސިމްޕްޓޮމެޓިކް ނުވަތަ ބަލީގެ އަލަމާތްތައް ނުފެންނަ މީހުންގެ ތެރެއިން ފަހުން ފާހަގަކުރެވުނު މީހުންނެވެ. މީގެ ތެރެއިން ވެސް 155 މީހުންނަކީ ޝަންހާއިން ފެނުނު މީހުންނެވެ. އަދި ބެއިޖިން އިން 3 މީހުންނާއި، ލިއޯނިންގ އަދި ގުއަންޑޮންގ އިން ދެމީހުންނާއި ޝާންޒީ އަދި ޗޮންގިންގް އިން އެކަކު ހިމެނެއެވެ.

އަންގާރަ ދުވަހު 20 މީހުން ކޮވިޑްގައި މަރުވެފައިވާ އިރު، މިއީ ޝަންހާއިން މަރުވި މީހުންނެވެ. އަދި ޝަންހާއީއަށް އެނބުރި އައި މީހެއްގެ ފަރާތުން ވެސް ކޮވިޑް ފެނިފައިވެއެވެ.

ޗައިނާގެ މައިބައްރުން 16 އައު ކޭސް ރިޕޯޓްކޮށްފައިވަނީ ބޭރުން އައި މީހުންގެ ފަރާތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފުޖިއަން އިން 6 މީހުންނާއި، ޝިއުވާން އިން 5 މީހުންނާއި، ގުއަންގްޒީ އިން 3 އަދި ގުއަންޑޮންގ އިން 2 މީހުންނެވެ.

ހޯމަ ދުވަހު 4271 މީހުން ބަލިން ރަނގަޅުވެގެން ދޫކޮށްފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 4263 ޗައިނާ މީހުންނާއި، އެގައުމަށް އެތެރެވި އިރު ޕޮޒިޓިވްވި 8 މީހުންނެވެ. މީގެ އިތުރުން ކްލޯސް ކޮންޓެކްސްޓްގެ ގޮތުގައި ހިމެނުނު 40،523 މީހުން ވެސް ވަނީ ދޫކޮށްލާފައެވެ.

ނަމަވެސް ބަލިހާލަތު ބޮޑުވި މީހުންގެ އަދަދު ވަނީ ހޯމަ ދުވަހު މައްޗަށް ޖެހިލާފައެވެ. އޭގެ ކުރީ ދުވަހާ އަޅާ ބަލާއިރު، 39 މީހުންގެ ގެ އިތުރު ވުމެކެވެ. މިހާތަނަށް އައި އިރު ޗައިނާގެ މައިބައްރުން ވަނީ 18،216 ކޭސް އެއީ އިމްޕޯޓެޑް ކޭސްގެ ގޮތުގައި ކަނޑައަޅާފައެވެ.

މި އަދަދުތަކާއެކު މިހާތަނަށް ޗައިނާއިން 217،836 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ އެޑްމިޓްކޮށްގެން ފަރުވާދޭ 16،266 މީހުންނާއި، ކްރިޓިކަލް ހާލަތުގައި ތިބި 615 މީހުންނެވެ.

މިހާތަނަށް 196،458 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. 5112 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ. ހޯމަ ދުވަހުގެ ނިޔަލަށް ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި 3،512،074 މީހުން ދެނެގަނެވިފައިވާ އިރު، މީގެ ތެރެއިން 469،104 މީހުން ތިބީ އޮބަޒަވޭޝަންގައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް