Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު...

3 މެއި 2022 | އަންގާރަ 14:05

ނޫސްވެރިން މިއަދު ގޮވާލަމުންދަނީ މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ދިނުމަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 މެއި 2022 | އަންގާރަ 14:05
ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން އަނިޔާގެ ތެރެއިން

ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން އަނިޔާގެ ތެރެއިން

ނޫސްވެރިންނަކީ ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް އަދި ކޮންމެ ދައުލަތަކަށްވެސް ވަރަށް މުހިންމު ބައެކެވެ. އެއީ ދައުލަތެއްގެ ހަތަރުވަނަ ބާރެވެ. ނޫސްވެރިންގެ މަސައްކަތަކީ މުޖުތަމައަކަށް ވަރަށް ބޮޑު ބަދަލެއް ގެނުވާ މަސައްކަތެކެވެ. ނޫސްވެރިން ކުރާ މަސައްކަތަކީ މުޖުތަމައުން ބަލައިގަންނަންޖެހޭ މަސައްކަތެކެވެ. ނޫސްވެރިންނަށް މިނިވަންކަމާއެކު އެމީހުންގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ފުރުސަތު ދެވެންޖެހެއެވެ.

އެހެންނަމަވެސް މިއީ ގިނަ މުޖުތަމައުތަކުން ނުފެންނަ މަންޒަރެކެވެ. ގިނަ ގައުމުތަކުގައި ނޫސްވެރިން އެމީހުންގެ ވަޒީފާ އަދާކުރަމުންދަނީ ފިއްތުންތަކެއްގެ ތެރޭގައެވެ. އެތައް ގޮންޖެހުމަކާ ކުރިމަތިލާންޖެހެއެވެ. ގިނަ ފަހަރަށް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އުޅެންޖެހެއެވެ. އެކި ފަރާތްތަކުން އެތައް އިންޒާރެއް ދެއެވެ. ނޫސްވެރިން އަދާކުރާ މަސައްކަތުގެ ސަބަބުން، އެތައް ނޫސްވެރިއަކު ދުނިޔެ ދޫކޮށް ގޮސްފައިވެސް އެބަހުއްޓެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަންތޯއެވެ؟

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަގުވާމީގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މިއީ މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި، ކުރިމަތިވާ ގޮންޖެހުންތަކަށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށް ޚާއްސަ ދުވަހެކެވެ. މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނޫސްވެރިން ހޭދަކުރަނީ އެމީހުންނަށް ގެއްލިފައިވާ ހައްގުތަކުގެ ވާހަކަ ދެއްކުމުގައެވެ. އެކަންކަން ރައްޔިތުންނަށް ކިޔައިދިނުމުގައެވެ. އަދި މި މަސަައްކަތުގައި އުޅެނިކޮށް ދުނިޔެ ދޫކޮށް ގޮސްފައިވާ ނޫސްވެރިންނާއި، އަނިޔާ ލިބުނު ނޫސްވެރިންގެ މަތިން ހަނދާން އައުކުރުމަށްވެސް މި ދުވަހު މަސައްކަތްކުރެއެވެ.

ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ ދިގު ތާރީޚަށް ބަލާއިރު، މިހާ ހިސާބަށް އައިއިރު އެކި ދުވަސްވަރު މަތިން ނޫސްވެރިންނަށް ވަނީ އެތައް ގޮންޖެހުމަކާއި ތުރާލެއް ކުރިމަތިވެފައެވެ. ނޫސްވެރިންނާއި، މީޑިއާތަކަކީ އެތައް ބަޔަކު ބާރުފޯރުވަން މަސައްކަތްކުރާ ތަންތަނެވެ. ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅަން ކުރާ މަސައްކަތަކީ ޚުދު އެއިރެއްގައި އޮންނަ ސަރުކާރަކުންވެސް ކުރާ ކަމެކެވެ. މިގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޫސްވެރިންނާއި މީޑިއާތަކަށް އެ ކުރިމަތިކުރުވި ގޮންޖެހުންތަކުގެ ވާހަކަތަކަކީ ދިވެހި ނޫސްވެރިން އަބަދުވެސް ދައްކާނެ ވާހަކަތައްކަން ޔަގީނެވެ.

ސަރުކާރާ ދެކޮޅު ޚަބަރެއް ލިޔާ ނޫސްވެރިއަކަށް އޭރު ކުރިމަތިލާންޖެހޭ ތަކުލީފުތައް ގިނައެވެ. ނޫސްވެރިން ހައްޔަރުކުރުމާއި، މީޑިއާތައް ޖޫރިމަނާކުރުން ފަދަ ކަންކަމަކީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ މަދު ކަމެކެވެ. މިއަދު ގިނަ ނޫސްވެރިން ގެންދަނީ އެމީހުންނަށް ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަތައް ހިއްސާކުރަމުންނެވެ. އުނދަގޫ ދުވަސްތަކަކަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވުޖޫދުވުމާއެކު، މިހާރު މީޑިއާތަކަށް ކުރިމަތިވާ ފިއްތުންތައް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެހެންނަމަވެސް އަދިވެސް ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިފައިވާކަމަށް ބުނެވޭނެ ކަމަކަށް ގިނަ ނޫސްވެރިން ގަބޫލެއް ނުކުރެއެވެ. އެހެންކަމުން އެކަމުގައި އެކި ނޫސްވެރިންގެ ޚިޔާލު ހުރި ގޮތް މިއަދު ދަނީ ހިއްސާކުރަމުންނެވެ.

ކޮންމެ ގައުމެއްގައިވެސް މީޑިއާތައް ތަމްސީލުކުރާ އެކި އިދާރާތައް ހުރެއެވެ. މިފަދަ އިދާރާތަކުންވެސް މިއަދު ގޮވާލަމުންދަނީ ނޫސްވެރިންނަށް މިނިވަންކަން ކަށަވަރުކޮށްދިނުމަށެވެ. އެހެންނަމަވެސް ރާއްޖެއިން މިއަދު ފެންނަނީ ތަފާތު މަންޒަރެކެވެ. ދުވަހާގުޅިގެން މި އިދާރާތަކުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި، ނޫސްވެރިކަމުގެ މިނިވަންކަމާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ހަރަކާތްތަކެއް އެބަހުއްޓެވެ. މިގޮތުން ލޭ ހަދިޔާކުރުމަށް ފަށަން ނިންމާފައިވާ ހަރަކާތަށް ނޫސްވެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިކަމާ ނޫސްވެރިކަމުގެ މިނިވަންކަމާ އޮތީ ކޮން ގުޅުމެއްތޯ ދަނީ ސުވާލު އުފައްދަމުންނެވެ. މިދުވަހު މި އިދާރާތަކުން ގޮވާލަންޖެހެނީ ނޫސްވެރިކަމުގެ މިނިވަންކަމަށެވެ. ނޫސްވެރިންނަށް އަދިވެސް ކުރިމަތިވާ ގޮންޖެހުންތައް އެބަހުއްޓެވެ. އެކަންކަން ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށް ނޫސްވެރިން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖުލައި 2017

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!
17 ޖުލައި 2017

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
11 ޖޫން 2017

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ
24 މެއި 2017

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް