Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން

2 އަހަރަށްފަހު އީދުގައި އުފާވެރިކަން

2 މެއި 2022 | ހޯމަ 12:12

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ވެސް އޮތީ ދެ އަހަރުވަންދެން ހުއްޓުމަކަށް އައިސްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 މެއި 2022 | ހޯމަ 12:12
ފިތުރު އީދު ދުވަހުގެ އީދު ނަމާދުގެ ތެރެއިން

ފިތުރު އީދު ދުވަހުގެ އީދު ނަމާދުގެ ތެރެއިން

މީގެ ދެއަހަރު ކުރިއަށް ޖެހިލާއިރު، ކޮވިޑާގުޅިގެން ވަރަށް ގިނަކަންތައްތައް ހުއްޓުމަކަށް އައެވެ. ކުރިން ކޮށްއުޅުނު އެތައް ކަމެއް ހުއްޓާލައި، އެތައް ދުވަހެއް ވަންދެން އާންމުން ގޭގައި ބަންދުވެފައި ތިބެންޖެހުނެވެ. އެތައް އުފާތަކުން މަހްރޫމްވެފައެވެ. ލޯބިވާ މީހުންނާ ދުރުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުނެވެ. އެއީ ހިތްދަތި، ހަނދާނުން ފޮހެލަން ދަތި ދުވަސްވަރެކެވެ.

ދެއަހަރަށްފަހު ދިވެހިރާއްޖެވެސް މިވަނީ މަޑުމަޑުން އާންމުން ހާލަތަށް ދާން ފަށާފައެވެ. ކޮވިޑާގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭން މިވަނީ ފަށާފައެވެ. މާސްކް އެޅުންވެސް މިހާރު މަޖުބޫރެއް ނޫނެވެ. މިއާއެކު އާންމުންނަށް ވަރަށް ގިނަ ކަންތައްތައް ފަސޭހަކަމާއެކު ކުރުމުގެ މަގުފަހިވެގެން ދިޔައެވެ. މިއަހަރުގެ ރޯދަމަސް ވެސް އެންމެން ކަހަލަ ގޮތަކަށް ހޭދަކުރީ ވަރަށް ހިތްހަމަޖެހިގެން ތިބެއެވެ. އެއީ ގޭގައި ބަންދުވެފައި ތިބެން ނުޖެހުމުންނެވެ.

ކޮވިޑާގުޅިގެން މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ވެސް އޮތީ ދެއަހަރު ވަންދެން ހުއްޓުމަކަށް އައިސްފައެވެ. އީދު ވެސް ފާހަގަކުރަން ޖެހުނީ ގިނަ މީހުން ގޭގައި ތިބެގެން، އޮންލައިންކޮށް އާއިލާ މެމްބަރުންނަށް ފޮނުވި ތަހުނިޔާއާއެކުގައެވެ. އެހެންނަމަވެސް މިފަހަރު ހާލަތު ތަފާތެވެ. ދެ އަހަރަށްފަހު މާލެސަރަހައްދުގައި މިވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެވެ.

ކުދި ބޮޑު އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. ކުޑަކުދިން ވެސް އެ ކުދިންގެ އީދު ހެދުމުގައި އީދު ނަމާދުކުރަން ގޮސް ތިބިއިރު ނުލާހިކު ރީއްޗެވެ. ޗާލެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ބައެއް މީހުން ދިޔައީ އެމީހުންގެ އާއިލާ މެމްބަރުންނާ އެއްކޮށެވެ. މަންމަ، ބައްޕަ، ބޭބެ، ދައްތަ އަދި ކޮއްކޮ އެކުގައި، މި އުފާވެރި ދުވަހުގައި ނަމާދަށް ގޮސް އުޅުން މަންޒަރު ފެނިގެންދިޔައެވެ. އެ މަންޒަރަކީ ބަލާލަން ނުލާހިކު އުފާވެރި މަންޒަރެކެވެ. މިކަމުގެ ސަބަބުން އާއިލީ ގުޅުންތައް ބަދަހިވެގެންދާނެއެވެ.

އެންމެ އުފާވެރި މަންޒަރަކަށް ފެނިގެންދިޔައީ އެކަކު އަނެކަކަށް އީދުގެ ތަހުނިޔާ އަރިސްކޮށް، ސަލާން ކުރަމުން ދިޔަ މަންޒަރެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ސަލާން ބަދަލުކޮށް، ހިނިތުންވުމަކާއެކު ބައްދަލު ކުރަމުންދިޔައެވެ.

ފިތުރު އީދުގެ ކުޅިވަރުތައް އެހާ ކުލަގަދަ ގޮތެއްގައި ފާހަގަ ނުކުރިނަމަވެސް، އީދު ނަމާދަށްފަހު ގެތަކުގައި ހެނދުނުގެ ސައި ހަދައެވެ. އާންމު ގޮތެއްގައި ކުޅި ބޯކިބަލާއި ފޮނި ބޯކިބާ ގިނަ މީހުން ހަދައެވެ. މިއީ ވެސް މި ޚާއްސަ ދުވަސް ފާހަގަކުރުމަށް ގިނަ މީހުން ކޮށްއުޅޭ ކަމެކެވެ. ދެ އަހަރަށްފަހު މި އީދު ވެސް މިވެގެންދިޔައީ އެންމެން އެކުވެ، ގުޅުންތައް ބަދަހިކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތަކަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2021

ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއާއިއެކު ރައްޔިތުންނަށް އުފާވެރިކަން

13 ޑިސެމްބަރު 2021
ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއާއިއެކު ރައްޔިތުންނަށް އުފާވެރިކަން
30 ނޮވެމްބަރު 2021

ފެނާއި ނަރުދަމާގެ މަޝްރޫއަކީ ކުމުންދޫ ރައްޔިތުންނަށް އުފާވެރިކަން ލިބުނު މަޝްރޫއެއް

30 ނޮވެމްބަރު 2021
ފެނާއި ނަރުދަމާގެ މަޝްރޫއަކީ ކުމުންދޫ ރައްޔިތުންނަށް އުފާވެރިކަން ލިބުނު މަޝްރޫއެއް
08 ފެބުރުއަރީ 2021

ވެކްސިނާއެކު އުއްމީދު އައުވެ، ސިއްހީ ޚިދުމަތްތެރިންގެ ހިތްތަކަށް އުފާވެރިކަން ގެނުވައިފި

08 ފެބުރުއަރީ 2021
ވެކްސިނާއެކު އުއްމީދު އައުވެ، ސިއްހީ ޚިދުމަތްތެރިންގެ ހިތްތަކަށް އުފާވެރިކަން ގެނުވައިފި
22 މާރިޗު 2020

ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!

22 މާރިޗު 2020
ތުއްތުކުދިންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދެނީ ތެލިތަށި ހިފައިގެން ކިޔާ ލަވަތަކުން!
28 ޖުލައި 2019

ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން

28 ޖުލައި 2019
ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން
03 ޖެނުއަރީ 2019

2018: ހަތް އަހަރަށްފަހު ހައްގުތައް އިއާދަވި

03 ޖެނުއަރީ 2019
2018: ހަތް އަހަރަށްފަހު ހައްގުތައް އިއާދަވި
21 އޯގަސްޓު 2018

ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި

21 އޯގަސްޓު 2018
ފައިސަލްއާއެކު ފުވައްމުލަކަށް އީދުގެ އުފާވެރިކަން ބޮޑުވެފައި
26 ޖުލައި 2018

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

26 ޖުލައި 2018
ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން
01 ފެބުރުއަރީ 2018

ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!

01 ފެބުރުއަރީ 2018
ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް