Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއު

ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއާއިއެކު ރައްޔިތުންނަށް އުފާވެރިކަން

ފީއަލީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 450 ދުވަހުން ނިންމާގޮތަށް 66.85 މިލިއަން ރުފިޔާއަށް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 13 ޑިސެމްބަރު 2021 | ހޯމަ 03:59
ފ.ފީއަލި

ފ.ފީއަލި

ރާއްޖޭގެ ރަށްރަށުގެ އާބާދީ އިތުރުވެ ގިނަ ރަށްތަކަށް މިހާރު ކުރިމަތިވެފަވާ އެންމެ ބޮޑު ދައްޗަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. 13ހެކްޓަރުގެ މިރަށަކީ ބިންފުރިފައި ވާރަށެކެވެ. އެރަށުގައި ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައި، މިހާރު ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. އުއްމީދު ބޮޑު މި މަޝްރޫޢާއެކު ރައްޔިތުންތިބީ އުފަލުން ފޮޅިފައެވެ.

ރަށުގެ އާބާދީ 1224ގަ އުޅޭއިރު، 190އެއްހާ ގޭބިސީގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ. ރާއްޖޭގެ އެހެން ގިނަ ރަށްތަކެކޭ އެއްގޮތަށް ފީއަލީގެ ތަރައްޤީއަށްވެސް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ ރަށުގެ ބިމުގެ ޖާގައެވެ.

ފީއަލީގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން އެރަށުގެ ފަޅުން 13.8 ހެކްޓަރުގެ ސަރަޙައްދެއް ހިއްކަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 1606 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 450 ދުވަހުން ނިންމާގޮތަށް 66.85 މިލިއަން ރުފިޔާއަށެވެ.

ފީއަލިން އެންމެ ފަހުން ގޯތި ދޫކުރީ 2002ވަނަ އަހަރުއެވެ. އެ އަހަރު ދޫކޮށްފައިވަނީ 2000 އަކަފޫޓުގެ 30 ގެވަޅެވެ. އަދިވެސް ރަށުގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 200 ވުރެގިނަ އާއިލާ ތިބިކަމަށް ކައުންސިލުން ވިދާޅުވިއެވެ. ފީއަލީގެ 90 އިންސައްތަ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. އެގޮތުން އެރަށުގައި މިހާރުވެސް ބޮޑުކަންނެލީގެ މަސްވެރިކަންކުރާ 10 ދޯނި އޮންނައިރު، ފާނަ މަސްވެރިކަމަށާއި އެހެނިހެން މަސްވެރިކަން ކުރުމަށް 30 ވުރެ ގިނަ އުޅަނދު ބޭނުންކުރެއެވެ.

އަލި ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި އެރަށުގެ ބިން ހިއްކާ ނިމުމުން އެސަރަހައްދު ބޭނުންކުރާނީ ރަށުގެ ލޭންޑް ޔޫޒް ޕްލޭންއާއި އެއްގޮތަށެވެ. އެގޮތުން އެތަނުން ގޯތި ދޫކުރުމަށްވެސް ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައެޅިފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އެރަށަކީ މިހާރުވެސް ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށް ގެންދާ ރަށެއްކަން ފާހަގަ ކުރައްވަމުން ކައުންސިލްގެ ނައިބު ރައީސް ޖަލީލް ވިދާޅުވީ ބިމަށް ޖާގަ އިތުރުވުން ރަށުގެ ބޯހިޔާވަހިކަމަށް ހައްލު ލިބި އިތުރު ތަރައްޤީ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2017

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟
19 ނޮވެމްބަރު 2017

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު
01 އޯގަސްޓު 2017

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟
08 ޖުލައި 2017

ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!

08 ޖުލައި 2017
ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު