Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު

ފެނާއި ނަރުދަމާގެ މަޝްރޫއަކީ ކުމުންދޫ ރައްޔިތުންނަށް އުފާވެރިކަން ލިބުނު މަޝްރޫއެއް

30 ނޮވެމްބަރު 2021 | އަންގާރަ 08:31

މިއީ 102 މިލިއަން ރުފިޔާގެ މަޝްރޫއެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 30 ނޮވެމްބަރު 2021 | އަންގާރަ 08:31
ހދ. ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދަނީ

ހދ. ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދަނީ

ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފެނާއި ނަރުދަމާގެ މައްސަލައެވެ. ފެނާއި ނަރުދަމާގެ ރައްކާތެރި ނިޒާމެއް ގާއިމްވެފައި ނެތުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ދަތި އުނދަގޫތަކެއް ތަހަމަލް ކުރަން ޖެހިފައިވާ ކަމެކެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ފެން ލޮނުވެ ފެން ތަޣައްޔަރު ވުމަކީ މިކުޑަކުޑަ ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ކަމެކެވެ.

ހދ ކުމުންދޫގެ ރައްޔިތުންނަކީވެސް ފެނާއި ނަރުދަމާގެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ބަޔަކު ދިރިއުޅޭ ރަށެކެވެ. އެގޮތުން ފެން ލޮނުވުމާއި، ވާރޭވެހޭ މޫސުމަށް ޖަންކްޝަންތައް ފުރި ބަންޑުންވެ ގޯތި ގެދޮރަށް ނަޖިސް އެޅޭ ފަހަރުވެސް އާދެއެވެ. ގިނަފަހަރަށް އެރަށުގެ ރައްޔިތުންނަށް ފެންވަރަން ސާފު ފެން ލިބުންވެސް ދަތިވާކަމަށް ރައްޔިތުން ބުނެއެވެ.

މިކަމުގެ ސަބަބުން ސިއްހީ ތަފާތު މައްސަލަތައްވެސް ކުރިމަތިވުމުގެ ބިރު ކުމުންދޫގެ ރައްޔިތުންނަށް ވަނީ ކުރިމަތިވެފައެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް މިކަމުން ނުރައްކަލެއް ކުރިމަތިވެދާނެތީ ބިރުހީވެފައި ތިބިކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.

ސަރުކާރުން ވަނީ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ މިފަދަ ދަތި އުނދަގޫތަކަށްް ނިމުމެއް ގެނެސްދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކުމުންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ސަރުކާރުން ކުމުންދޫގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތަކީ މިހާތަނަށް ކުމުންދޫގައި ކުރިޔަށްދާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ ކުމުންދޫގައި ކުރިޔަށްދާ ފެނާއި ނަރުދަމާގެ މަސައްކަތުގެ ދަށުން ވޯޓަރ ނެޓްވޯކުގެ %66 ނިމިފައިވާއިރު ނަރުދަމާގެ މަސައްކަތުގެ %50 ނިމިފައިވާ ކަމަށެވެ. އަދި އާރޯ އެޑްމިން ބިލްޑިންގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިޔަށް ދާކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާރު ކުރިޔަށް ދަނީ ފެނާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ކުމުންދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. 102 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމާގޮތަށެވެ. މިމަޝްރޫއުގެ މަސައްކަތް ނިމޭއިރު އެރަށުގައި އާރޯ ޕްލާންޓެއް ގާއިމްކުރެވި ފެނާއި ނަރުދަމާގެ ޚިދުމަތް ހުރިހާ ގޭގެއަށް ލިބިގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

2000 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހދ ކުމުންދޫގެ ރައްޔިތުންނަށް ފެނާ ނަރުދަމާގެ، ބިޔަބޮޑު މަޝްރޫއުގެ ސަބަބުން ވަނީ އުފާވެރިކަން ލިބިފައެވެ.

ހދ. ކުމުންދޫ

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

14 މާރިޗު 2023

ކުމުންދޫ ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލައިިފި

14 މާރިޗު 2023
ކުމުންދޫ ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލައިިފި
10 ޖޫން 2022

ކުމުންދޫގައި "ޒީރު ސްޕޯޓްސް"ގެ ނަމުގައި އެކަޑެމީއެއް ހުޅުވައިފި

10 ޖޫން 2022
ކުމުންދޫގައި "ޒީރު ސްޕޯޓްސް"ގެ ނަމުގައި އެކަޑެމީއެއް ހުޅުވައިފި
07 ޖޫން 2022

ކުމުންދޫ ނޭޗަރ ޕާކުގައި ރޯކޮށްލައި، އެތަނަށް ގެއްލުންދިން މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

07 ޖޫން 2022
ކުމުންދޫ ނޭޗަރ ޕާކުގައި ރޯކޮށްލައި، އެތަނަށް ގެއްލުންދިން މައްސަލަ ފުލުހުން ތަހުގީގު ކުރަނީ
23 ޑިސެމްބަރު 2021

ކުމުންދޫ ސްކޫލްގައި 12 ކްލާސްރޫމްގެ އައު އިމާރާތް އެޅުމަށް ހަވާލުކޮށްފި

23 ޑިސެމްބަރު 2021
ކުމުންދޫ ސްކޫލްގައި 12 ކްލާސްރޫމްގެ އައު އިމާރާތް އެޅުމަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް