Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ އިޤްތިސާދީ ކާރިސާ

ސްރީލަންކާގައި ވިއްކާ ބައެއް ބޭހުގެ އަގު 40 އިންސައްތަ މައްޗަށް ޖައްސާލައިފި

މީގެ ތެރޭގައި އެންޓިބަޔޮޓިކް، ބައެއް ބާވަތްތަކުގެ ތަދުކަނޑުވާ ބޭސް އަދި ހިތުގެ ބައްޔަށް ބޭނުންކުރާ ބައެއް ބޭސްތައް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 މެއި 2022 | އާދީއްތަ 03:30
ސްރީލަންކާގެ ބޭސް ފިހާރައެއްގައި ބޭސް ވިއްކަނީ

ސްރީލަންކާގެ ބޭސް ފިހާރައެއްގައި ބޭސް ވިއްކަނީ

ފާއިތުވި 6 ހަފްތާ ތެރޭގައި ސްރީލަންކާއިން ބޭހުގެ އަގު ދެވަނަ ފަހަރަށް މަތިކޮށްފިއެވެ.

އިޤްތިސާދީ ކާރިސާއަކާއި ކުރިމަތިލަމުން އަންނަ ސްރީލަންކާއިން ބައެއް ބޭހުގެ އަގު 40 އިންސައްތަ މައްޗައް ޖައްސާލާފައިވާއިރު، މީގެ ތެރޭގައި އެންޓިބަޔޮޓިކް، ބައެއް ބާވަތްތަކުގެ ތަދުކަނޑުވާ ބޭސް އަދި ހިތުގެ ބައްޔަށް ބޭނުންކުރާ ބައެއް ބޭސްތައް ހިމެނެއެވެ.

ސްރީލަންކާގެ ރައްޔިތުންނަށް މިހާރުވެސް ބޭސް ލިބުމުގައި ދަތިތައް ދިމާވެފައިވާއިރު، ގިނަ ބޭސްތައް ގެންނަން ޖެހެނީ އެޤައުމުން ބޭރުންނެވެ.

ސްރީލަންކާ ސަރުކާރުން ބުނެފައިވަނި ފާމަސޫޓިކަލް ޕްރޮޑަކްޓްސްތަކުގެ އަގު ބޮޑުކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތް ކަމަށެވެ. މީގެ އިތުރުން ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް ވެސް ސްރީލަންކާ ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ޒަރޫރީ ބޭހާއި ކާނާގެ ބައެއް ތަކެތި އެތެރެކުރުން މަނާކުރުން ހިމެނެއެވެ.

ބޭހުގެ އަގު ބޮޑުކުރުމާއެކު، އެޤައުމުގެ ސިއްޙީ ދާއިރާގެ ބޭފުޅުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ބަލި މީހުންނަށް ލިޔެދޭ ބޭސްތައް މަދުން ގަތުމުގެ ބިރު އޮތްކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވަނީ ހާމަކުރައްވާފައެވެ. އަދި ބޮޑު އަގުގައި ބޭސް ގަންނަން ބޭނުންވިޔަސް ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ހުރުމުން ވެސް އާންމުންގެ ކަންބޮޑުވުން އެބައޮތެވެ.

ކުޑަކުދިންނަށް ބޭނުންވާ އެންޓިބައޮޓިކްސް އަދި ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެންޓިބައޮޓިކްސާއި ސްޓެރޮއިޑްސް ލިބުމުގައިވެސް ގޮންޖެހުންތަކެއް ވަނީ ދިމާވެފައެވެ. މިއާއެކު ސްރީލަންކާގެ ހާލަތު އޮތްގޮތުން ރުޅި އައިސްފައިވާ ރައްޔިތުންގެ މެދުގައި ވަނީ އިތުރު ނުތަނަވަސްކަމެއް ވެރިވެފައެވެ. ސްރީލަންކާގައި ކައްކާ ގޭހާއި ހިކި ކިރު އަދި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ވެސް އެކަމާއި ދެކޮޅަށް އެޤައުމުގެ ރައްޔިތުންދަނީ އަޑު އުފުލަމުންނެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި

28 މެއި 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު