Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިނާ - ރާއްޖެ ގުޅުން

ރާއްޖޭގެ ކަންކަންމުގެ ތެރެއަށް ޗައިނާއިން ވަންނަން މަސައްކަތެއް ނުކުރާނެ – ޗައިނާ އެމްބެސެޑަރު

އެޤައުމަކުން ތަރައްޤީއާއި އިޖުތިމާއީ ކަންކަން ކުރަން ދިވެހި ރައްޔިތުން ނިންމާފައިވާ މިނިވަން ނިންމުންތަކަށް އިޙްތިރާމްކުރަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 މެއި 2022 | އާދީއްތަ 04:05
ޗައިނާގެ އެމްބެސެޑަރު އެޤައުމުގެ އިސް ވަފުދަކާއެކު

ޗައިނާގެ އެމްބެސެޑަރު އެޤައުމުގެ އިސް ވަފުދަކާއެކު

ދިވެހިރާއްޖޭގެ ކަންކަމުގެ ތެރެއަށް ޗައިނާއިން ވަންނަން މަސައްކަތް ނުކުރާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ވަންގ ލިޒިންގ ވިދާޅުވެއްޖެއެވެ.

ލިޒިންގ މިހެން ވިދާޅުވީ ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ. އެމްބެސެޑަރު ލިޒިންގ ވިދާޅުވީ ފާއިތުވި 50 އަހަރު ދެޤައުމުގެ ދެމެދުގައި އޮތް އެންމެ މުހިންމު ކަމަކީ ދެޤައުމުގެ ދެމެދު އޮތް ގުޅުމަށް އިޙްތިރާމް ކުރުމާއި، އެއްޤައުމު އަނެއް ޤައުމަށް ތަފާތުކުރުމެއް ނެތި ކަންކަން ކޮށްދިނުމާއި، ތެދުވެރިކަމާއެކު އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިވުމުގެ އިތުރުން، ކަންބޮޑުވާ ކަންތައްތަކާއި، ދެޤައުމުން ޝައުގުވެރިވާ މުހިންމު ކަންކަމުގައި އެއްބާރުލުންދީ އެހީތެރިވުން ކަމަށެވެ.

އަދި ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ރައްޓެހިކަމުގެ ގުޅުމާއި، ދެޤައުމުން ޝައުގުވެރިވާ ދެޤައުމަށްވެސް ފައިދާ ހުރި ކަންކަމުގެ އިތުރުން ދެޤައުމުންވެސް ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްކުރާ ޤައުމެއްގެ ގޮތުގައި ނަމޫނާ ދައްކާ ގުޅުމެއް ކަމަށެވެ.

ޗައިނާއިން އަބަދުވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކުރުމާއި ދިފާއުކުރުމުގައި އެއްބާރުލުން ދޭނެ ކަމަށާއި، ޤައުމުގެ ހާލަތާއި ގުޅޭ ތަރައްޤީގެ މަގަކުން އެހީތެރިވެ، މިނިވަން ފޮރިން ޕޮލިސީއެއް ޤާއިމްކޮށް، އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ ގެނެސް، އަދި މިނިވަންކަމާއެކު ތަރައްޤީގެ މަގުން ދިއުމަށް އެހީތެރިވާނެ ކަމަށް ޗައިނާގެ އެމްބެސެޑަރު ވިދާޅުވިއެވެ.

މީގެއިތުރުން، އެމްބެސެޑަރު ލިޒިންގ ވިދާޅުވީ ޗައިނާއިން އެހެން ޤައުމެއްގެ ދާޚިލީ ކަންކަމާއި ނުބެހޭނެ ކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަދެގަންނަން ބޭނުންވާކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި ރާއްޖެއާއި ޗައިނާއާ އޮންނަ ގުޅުމުގެ ތެރެއަށް ތިންވަނަ ފަރާތެއް ޓާގެޓު ނުކުރައްވާ ކަމަށެވެ.

އެޤައުމަކުން ތަރައްޤީއާއި އިޖްތިމާއީ ކަންކަން ކުރަން ދިވެހި ރައްޔިތުން ނިންމާފައިވާ މިނިވަން ނިންމުންތަކަށް ޗައިނާއިން އިޙްތިރާމު ކުރާ ކަމަށްވެސް އެމްބެސެޑަރު ލިޒިންގ ވިދާޅުވިއެވެ. ޗައިނާއިން ބޭނުންވަނީ ދިވެހި ރައްޔިތުން ބޭނުންވާ ތަރައްޤީ ހޯދައިދީ ކުރިއަށް ދިޔުމުގައި އެހީތެރިވެދޭން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖެއާއި ޗައިނާއާއި ދޭތެރޭގައި އޮންނަ ގުޅުމަށް ހުރަސް އަޅަން މަސައްކަތްކޮށްފި ނަމަ ނުވަތަ ގުޅުމާއި ދޭތެރޭގައި ނުގޮތަކަށް ވިސްނާނަމަ، އޭގެ ނިމުން ވާނީ ދިވެހިންނަށް ނޭދެވޭ އަސަރު ކުރާ އަދި ދިވެހިން ބޭނުން ނުވާ ގޮތަކަށް ކަންކަން ހިނގައިދާނެ ކަމެއްގެ ގޮތުގައިވެސް އެމްބެސެޑަރު ލިޒިންގ ވިދާޅުވިއެވެ.

ކުރިމަގަށް ބަލާއިރު، ޗައިނާއިން އޮތީ ރާއްޖެއާއި ގުޅިގެން ކައިރިން މަސައްކަތް ކުރަން ތައްޔާރަށް ކަމަށާއި، އިތުބާރު ނަގަހައްޓާ ގުޅުން ވަރުގަދަކޮށް ދެޤައުމުގެ ލީޑަރުން ދައްކާ މަގަކުން އެކީގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ތައްޔާރަށް ކަމަށް އެމްބެސެޑަރު ވިދާޅުވިއެވެ.

ރާއްޖޭގެ ނޫހަކަށް ޗައިނާ އެމްބެސަޑަރު މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިޔަމް ސަރަން ދެއްވި ލެކްޗަރެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިލެކްޗަރުގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ގެންގުޅޭނީ "އިންޑިއާ ފަސްޓް" ޕޮލިސީ ކަމަށާއި ޗައިނާއިން ރާއްޖޭގެ ބިންތައް "ފޭރުމުގެ" ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު