Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވަލް

ކަސްޓަމްސް ރެކްރިއޭޝަން އާއި އައިލެންޑް އޭވިއޭޝަން މެޗްތައް ކާމިޔާބުކޮށްފި

8 ޖޫން 2017 | ބުރާސްފަތި 19:47

ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން މެޗް ކާމިޔާބުކުރީ 4 ވިކެޓުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 8 ޖޫން 2017 | ބުރާސްފަތި 19:47
ކްރިކެޓް ކާނިވަލްގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން

ކްރިކެޓް ކާނިވަލްގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 15 ވަނަ ރަމަޟާން ކްރިކެޓް ކާނިވަލްފައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތައް ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި އައިލެންޑް އޭވިއޭޝަނުން ކާމިޔާބުކޮށްފިއެވެ.

މި ކާނިވަލްގައި ބުރާސްފަތި ދުވަހު ކުޅެފައިވަނީ އޮފީސް ޓޭޕް ބޯލްގެ ދެ މެޗެވެ.

ފުރަތަމަ މެޗުގައި އިމިގްރޭޝަން ޓީމާއި ވާދަކޮށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން މެޗް ކާމިޔާބުކުރީ 4 ވިކެޓުންނެވެ. މެޗުގައި ފުރަތަމަ ކުޅެން އެރީ އިމިގްރޭޝަނުންނެވެ. އެޓީމުން ވަނީ 8 އޯވަރުގެ ތެރޭގައި 83 ލަނޑު ހަދާފައެވެ. ޖަވާބުގައި ކަސްޓަމްސް އިން ކުޅެންއަރާ 7 އޯވަރުގެ ތެރޭގައި އެޓީމުން ވަނީ 84 ލަނޑު ހަދާފައެވެ. ކަސްޓަމްސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ލަނޑު ހެދި ފައިސަލް އަބްދުލްސައްތާރެވެ.

ބުރާސްފަތި ދުވަހު ކުޅުނު ދެވަނަ މެޗުގައި މީރާގެ މައްޗަށް އައިލެންޑް އޭވިއޭޝަނުން ކުރިހޯދީ 58 ލަނޑުންނެވެ. ޓޮސް ލިބުމުން އައިލެންޑް އޭވިއޭޝަނުން ވަނީ ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 149 ލަނޑު ހަދާފައެވެ. އެޓީމުގެ އަހުމަދު ހަސަން ސޯބިރު 32 ލަނޑު ހެދިއިރު، ޖިލްވާޒު ރަޝީދް ވަނީ 33 ލަނޑު ހަދާފައެވެ. އަދި މުހަންމަދު ސަލީމް ވަނީ 31 ލަނޑު ހަދާފައެވެ. ޖަވާބުގައި މީރާއިން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 91 ލަނޑެވެ.

މި ކާނިވަލްގައި ހުކުރު ދުވަހުވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ އޯޕަން ޓޭޕް ބޯލްގެ ދެމެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރިވާސް ބާބާ އާއި މޯޑަސް އޮޕަރެންޑީ އެވެ. ދެވަމަ މެޗުގައި ބައްދަލުކުރާނީ އަކުންބަކުންނާއި އެޗްޑީސީއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް