Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެޓްރޯ ކޮފީ ފުޓްސަލް މުބާރާތް

ރެޓްރޯ ކޮފީ ފުޓްސަލް މުބާރާތް: ސެމީގެ ޖާގަތައް ޔަގީންވެއްޖެ

30 އެޕްރީލު 2022 | ހޮނިހިރު 02:21

ސެމީފައިނަލް މެޗުތައް ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 30 އެޕްރީލު 2022 | ހޮނިހިރު 02:21
ސެމީފައިނަލް މެޗުތައް ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ

ސެމީފައިނަލް މެޗުތައް ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ

އަލިފުށީގައި މިހާރުކުރިއަށްދާ ރެޓްރޯ ކޮފީ ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްްޖެއެވެ. މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ޓްރިޕަލް އޭޔޫއާއި, ލޮބްސްޓަރ އެފްސީއާއި, ފޯރި އެފްސީއާއި, ޓްރިޕަލް އޭޔޫ މިކްސްއެވެ.

ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލްގެ ޖާގަހޯދީ ޓްރިޕަލް އޭޔޫއެވެ. އެޓީމް ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދާފައެވެ. އެޓީމްގެ ފަހު މެޗު ޓްރިޕަލް އޭޔޫ މިކްސްއާ ވާދަކޮށް ކާމިޔާބުކުރީ 2-1ންނެވެ. މެޗުގައި ޓްރިޕަލް އޭޔޫގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އާދަމާއި ނާއިލެވެ. ޓްރިޕަލް އޭޔޫ މިކްސްގެ ލަނޑު ކާމިޔާބުކޮށްދިނީ ޝަމީޒެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޓްރިޕަލް އޭޔޫގެ އާދަމް އިމްރާނެވެ. މެޗުން ބަލިވިޔަސް ޓްރިޕަލް އޭޔޫ މިކްސްވެސް ވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. އެއީ ތިން ޓީމް އެއްކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެވަނަ ޓީމްގެ ގޮތުގައެވެ. ޓްރިޕަލް އޭޔޫ މިކްސްއިން ވަނީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދީ ލޮބްސްޓަރ އެފްސީއެވެ. އެޓީމް ވަނީ އެއް މެޗުން މޮޅުވެ, އެއް މެޗުން އެއްވަރުކޮށް ހަތަރު ޕޮއިންޓް ހޯދާފައެވެ. ސެމީގެ ޖާގަ ލިބުނީ ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. މިގްރޫޕުން ދެވަނަ ހޯދި ޔުނައިޓެޑް އޭޖީންވެސް ވަނީ ހަތަރު ޕޮއިންޓް ހޯދާފައެވެ. ޔުނައިޓެޑް އޭޖީން ދެވަނަ މެޗު ހުކުރު ދުވަހުގެރޭ އެފްސީ ވަނދުކަރާއާ ވާދަކޮށް 8-1ން ކާމިޔާބުކުރިއެވެ. އެ މެޗުގައި ޔުނައިޓެޑް އޭޖީގެ އަލީ އަބްދުالله ފަސް ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އެޓީމްގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުއާޒެވެ. އެޓީމަށް ދެން ލަނޑު ޖަހައިދިނީ ޒަޔާނެވެ. ވަނދުކަރާގެ ލަނޑު ޖެހީ އިބްރާހީމް މުހައްމަދެވެ.

ގްރޫޕް ސީގެ އެއްވަނަ ހޯދީ ފޯރި އެފްސީއެވެ. އެޓީމް އެއްވަނަ ހޯދީ ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކުއެވެ. ދެވަނަ މެޗު ބްލެކް ހޯކްއާ ވާދަކޮށް ކާމިޔާބުކުރީ 9-0ންނެވެ. ލޮބްސްޓަރގެ އިޝާމް ހަތަރު ލަނޑު، އަދި ރައުޝަމް ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއެވެ. އެޓީމްގެ އަނެއް ދެ ލަނޑު ޖެހީ މުއީނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިޝާމެވެ.

ހޮނިހިރު ދުވަހުގެރޭ ސެމީފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ޓްރިޕަލް އޭޔޫއާއި ލޮބްސްޓާ އެފްސީއެވެ. ދެވަނަ ސެމީފައިނަލްގައި ވާދަކުރާނީ ފޯރި އެފްސީއާއި ޓްރިޕަލް އޭޔޫ މިކްސްއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް