Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭރިޕޯޓް

ދެބަސްވުންތަކުގެ ތެރެއިން ރިޔާސީ އިންތިޚާބަށް އެމްޑީޕީ އެކަތިކަނޑަކަށް ވެދާނެތަ؟

29 އެޕްރީލު 2022 | ހުކުރު 13:49

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބަށް ފޯރިގަދަ ކެމްޕެއިނެއް އަންނަނީ ހިނގަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އެޕްރީލު 2022 | ހުކުރު 13:49
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

އެމްޑީޕީގެ ތެރޭގައި މިހާރު ހިނގަމުންދާ ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތަކާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީއަށް އެކަތިގަނޑެއްގެ ގޮތުގައި ނިކުމެވެވިދާނެތޯ؟ އެސުވާލު އެހުން އަދި ތަންކޮޅެއް އަވަހޭވެސް އެއްބަޔަކު ބުނެފާނެއެވެ. ނަމަވެސް އެސުވާލު 2022 ވަނަ އަހަރުގެ އޭޕްރީލް މަސް ނިމެންދާއިރު އަހަން ޖެހެނީ ކުރިޔަށް އޮތް ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިނާއެކު ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކުންނެވެ. އެމްޑީޕީ އަކީ އަބަދުވެސް އެތެރޭގެ އިންތިޚާބުތަކުގައި ވާދަވެރިކަން ބޮޑު ޕާޓީއެކެވެ. މެމްބަރުން ވާދަކުރާ ކެންޑިޑޭޓަކަށް ސަޕޯޓްކުރުމާއި ކެމްޕެއިން ތެރޭގައި ވާދަވެރިކަން އަބަދުވެސް އޮވެއެވެ. ނަމަވެސް މިފަހަރު މަންޒަރު މުޅިން ތަފާތެވެ.

ސަރުކާރުގެ މައި ޕާޓީއަކީ އެމްޑީޕީއެވެ. ރައީސްކަމުގައި ހުންނެވީ އެމްޑީޕީގެ މެމްބަރެކެވެ. ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތީ އެމްޑީޕީގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިއިން ދުވަހަކުވެސް ރައްޔިތުން އެއް ބަޔަކަށް ނުދޭވަރަށް އެމްޑީޕީއަށް ދީފައެވެ. ސަރުކާރު ހިންގަން ފަސޭހަވާނެ ހުރިހާ މަގެއް އޮތީ ތަނަވެސްވެފައެވެ. ނަމަވެސް އެއްބަޔަކަށް ގަބޫލުކުރެވޭ ގޮތުގައި މިހުރިހާ ބާރުތަކާއެކުވެސް އެމްޑީޕީއަށް ސަރުކާރު ހިންގައެއް ނުލެވެއެވެ. އެމްޑީޕީގެ އާންމު މެމްބަރުން ތިބީ ސަރުކާރާމެދު ހިތްހަމަޖެހިގެން ނޫނެވެ. އެކަން އެންމެ ބޮޑަށް ހާމަވަނީ މިހާރު ހިނގަމުންދާ ކެމްޕެއިނާވެސް އެކުއެވެ. އެއްބަޔަކު ހިންގާލަން ނިކުމެ އުޅޭއިރު އަނެއް ބަޔަކު ބުނަމުން އަންނަނީ އެމްޑީޕީ ހިނގަންޖެހޭނީ އާންމު މެމްބަރުން ބޭނުންވާ ގޮތަށް ކަމަށެވެ.

ނަމަވެސް ހަގީގަތަކީ އާންމު މެމްބަރުން ބޭނުންވާ ގޮތަށް ޕާޓީ ހިނގުމާއި ހިންގާލުމާއި މިހުރިހާ ކަމެއްގެ ފަހަތުގައި އަދި އެހެން ބޮޑު މަންޒަރެއްވާކަމެވެ. އެއްބަޔަކުވެސް އެވާހަކަ ސީދާ ދައްކާތަނެއް ނުފެނެއެވެ. ނަމަވެސް ނުސީދާ ކޮށް އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާރު އިސްމާއީލުގެ ޓީމުން ގެންދަނީ ބަހުގެ ހަމަލާތައް އެކަމާއި ގުޅުވައި ދެމުންނެވެ. އެ މަންޒަރަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާ ދެމެދު އޮތް ޕާޓީގެ ތެރޭގެ ބާރު ގަދަ މީހަކަށްވުމުގެ ކަންތަކެވެ. ރައީސް ނަޝީދު އާއި ރައީސް ޞާލިހު އާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު އުފެދިފައިވާ ދެ ފެކްޝަން ރަނގަޅަށް ފާޅުގައި މަސައްކަތްކުރަމުންދާއިރު ފެންނަމުންދަނީ އެއްބަޔަކު އަނެއްބަޔަކަށް ވަގަށް ގޮވުމާއި ކޮރަޕްޝަނާއި ޕާޓީއަށް ވަފާތެރިނުވުމާއި އެފަދަ ޓެގްތަކެއް އަޅުވާތަނެވެ.

އެންމެ ކުރިން ކުރި ސުވާލު މިހާރުވެސް ކުރަންޖެހޭ ސަބަބަކީ މިއީއެވެ. މީގެކުރިންވެސް ޕާޓީގެ ތެރޭގައި ހިނގާދިޔަ އިންތިޚާބުތަކުގައި ބަހުގެ ހަމަލާތައް ދީފައި އެބަހުއްޓެވެ. ނަމަވެސް މިފަހަރު ފެންނަނީ އެއަށް ވުރެ ބޮޑަށް މިކަން ހިނގާތަނެވެ. ބައެއް ފަހަރު ވާހަކަތައް ހުންނަ ގޮތުން މިއީ ވަކި ދެ ޕާޓީއެއްގެ ބަޔެކޭވެސް ހީވެއެވެ. މިއުޅެނީ އެމްޑީޕީގެ ތެރެއިން އުފެދިގެން އުޅޭ އިދިކޮޅު ޕާޓީއޭވެސް ހިތަށް އަރައެވެ. އިދިކޮޅުގައި އޮތް ޕާޓީން ސަރުކާރަށް ފާޑުނުކިޔާވަރަށް ސަރުކާރަށް ފާޑުކިޔާ ސަރުކާރަށް ކަންކަން ނުވާކަމުގެ ވާހަކަ އެބަދައްކައެވެ. އެއްބަޔަކު އަނެއްބަޔަކަށް ވަގަށްގޮވާ ބައެއް ކަހަލަ ޕްރޮޖެކްޓްތައް ނުހިނގާ އޮތީ މިވެނި މީހެއްގެ ސަބަބުންނޭ ބުނެ ވާހަކަ ދައްކައެވެ.

އެހެންކަމުން މިހުރިހާ ކަމަކާއެކު ޗެއަރޕާސަން އިންތިޚާބު ނިމުމަށްފަހު އެމްޑީޕީއަށް އެކަތިގަނޑެއްގެ ގޮތުގައި އޮވެވިދާނެތޯ އެއީ ހަމަ އުފެދޭ ސުވާލެކެވެ. ޕާޓީގެ އެންމެ އިސް ދެ ލީޑަރުންކަމުގައިވާ ރައީސް ނަޝީދު އާއި ރައީސް ޞާލިހު އަބަދުވެސް ވިދާޅުވާ ވާހަކައެއް އޮވެއެވެ. ޕާޓީއަށް ދެރަގޮތެއް ނުވާނެކަމަށް ދެބޭފުޅުންވެސް ވިދާޅުވެއެވެ. ޕާޓީއަށް ދެރަގޮތެއް ނުހައްދަވާނެވާހަކައެވެ. މާނައަކީ ކިތަންމެ ޚިޔާލު ތަފާތުވުން އޮތަސް ކިތަންމެ ރުޅިވެރިކަން އޮތަސް އެމްޑީޕީއަށް ފައިދާހުރި ކަމެއްގައި ދެ ބޭފުޅުންވެސް އެއް ގަލަކަށް އަރުއްވާނެވާހަކައެވެ. އެނގޭ ކަމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީ އެކަތިގަނޑަކަށް ވާންޖެހޭކަމެވެ. ވަކިން ޚާއްސަކޮށް ދެ ލީޑަރުން އެކައްޗެއް ވިދާޅުވާންޖެހެއެވެ.

އެއާއެކު ދެންވެސް އޮތް ހަގީގަތަކީ އިންތިޚާބުގައި ވާދަކުރެއްވޭނީ ރައީސް ނަޝީދު އާއި ރައީސް ޞާލިހު އާ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަކަށް ކަމެވެ. މިހާތަނަށް ތިލަވެފައިވާ ވާހަކަތަކަށް ބަލާއިރު ރައީސް ޞާލިހު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެއެވެ. އަދި ރައީސް ނަޝީދުވެސް ވަނީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން މިތަނުން ކޮންމެސް އެއް ބޭފުޅަކު އިންތިޚާބުގައި ވާދަކުރައްވާއިރު އެ ބޭފުޅަކަށް މުޅި ޕާޓީގެ ތާއީދު ބޭނުންވާނެއެވެ. ޕާޓީގެ އާންމު މެމްބަރުންގެ ތާއީދު ބޭނުންވާނެއެވެ. އެހެންކަމުން މިހާރު މަންޒަރު ފެންނަގޮތުން އުފެދެމުންމިދާ ރުޅިވެރިކަމާއި ދެބަސްވުންތަކުގެ ތެރެއިން އުފެދޭ ސުވާލަކަށް ވަނީ އެމްޑީޕީއަށް އެކަތިގަނޑަކަށް ވެވިދާނެތޯ ކުރެވޭ ސުވާލެވެ. އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ އަަބަދުވެސް ފޯރިގަދަ ކެމްޕެއިނެއް ކުރަމުން އަންނަ އެމްޑީޕީއަށް ދެން އެކަން ވެދާނެތޯއެވެ. އެސުވާލުގެ ޖަވާބު އެކި މީހުން އެކި ގޮތަށް މިހާރު ދެމުންދާނެއެވެ. ނަމަވެސް އަސްލު މަންޒަރު ފެންނާނީ އިންތިޚާބު ބޯމަތިވަމުން އަންނައިރުއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2017

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!
26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
26 ޖޫން 2017

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު
01 މެއި 2017

ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

01 މެއި 2017
ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
12 މާރިޗު 2017

ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ

12 މާރިޗު 2017
ފަސާދައިގެ ސަޓަނިގަނޑައްގެ ތެރެއިން ނުކުންނާނެ އިންސާފެއް ނޯއޮންނާނެ
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
08 ފެބުރުއަރީ 2017

ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

08 ފެބުރުއަރީ 2017
ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!
07 ފެބުރުއަރީ 2017

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް