Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފެލިވަރު ކޯލްޑް ސްޓޯރޭޖް މަޝްރޫއު

ފެލިވަރު ކޯލްޑް ސްޓޯރޭޖް މަޝްރޫއުގެ ބީލަމުގެ މަރުހަލާ ފަށައިފި

މިއީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 29 އެޕްރީލު 2022 | ހުކުރު 06:47
ފެލިވަރު ކޯލްޑް ސްޓޯރޭޖް މަޝްރޫއު

ފެލިވަރު ކޯލްޑް ސްޓޯރޭޖް މަޝްރޫއު

ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖު ގާއިމްކުރުމުގެ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި، ބީލަމުގެ މަރުހަލާ ފަށައިފިއެވެ.

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި، ބީލަމުގެ މަރުހަލާ ބުރާސްފަތި ދުވަހު ފަށާފައިވާކަމަށެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީއަކާއި، ރެފިރިޖަރޭޓެޑް ސީ ވޯޓަރ ފެސިލިޓީއަކާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން ގއ. ގެމަނަފުށީގައި ވެސް 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ 48 އިންސައްތަ އިތުރުވެގެންދާނެއެވެ. އަދި ފްރީޒިން ކެޕޭސިޓީ 37 އިންސައްތަ އިތުރުވެގެންދާނެއެވެ.

މިއަދު ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި ބާނާ ގިނަ އަދަދެއްގެ މަސް، ގަނޑުކުރި މަހުގެގޮތުގައި އެކްސްޕޯޓް ކުރުމުން އެ މަހުން ލިބޭ އާމްދަނީ ދަށްވުމެވެ. އެހެންކަމުން މިކަމަށް އަލިމަގެއް ހޯދައި، މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ޕްރޮސެސްކުރުމަށް ފަހު ބޭރުކުރާ މަހުގެ މިންވަރު އިތުރުކުރުމެވެ. މިގޮތުން މި މަޝްރޫއުގެ ސަބަބުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދެގުނައަށް ވުރެ ބޮޑުތަން އިތުރުވެގެންދާނެއެވެ.

މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރޭނެ މަގުފަހިކުރުމީ ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ސިޔާސަތެކެވެ. އަދި ވަކިން ޚާއްސަކޮށް މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި މަސްވެރިންނަށް ތަކުލީފަކާ ނުލާ މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް ކޮންމެހެން މުހިއްމު ކަމެއްކަމުގައި ސަރުކާރުން ދެކެއެވެ. މިކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި، ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ. އެހެންކަމުން މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ފްރީޒިންގ ފެސިލިޓީތަކުގެ ސަބަބުން މިކަންކަމަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުން މަސްވެރިންނަށާއި، މިފްކޯއަށާއި މުޅި ގައުމުގެ އިޤްތިސާދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އަދި މަސްވެރިން ބާނާ މަސް، ދަތިކަމަކާ ނުލާ ކިރޭނެ މަގު ފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގެންގުޅުއްވާ ވިސްނުންފުޅު ތަންފީޒުކުރުމަށް ވަރަށް ބޮޑު ބާރަކަށް މި މަޝްރޫއު ވެގެންދާނެކަމަށާއި، މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ތަރައްގީކޮށް، ފުޅާކޮށް، ޒަމާނީކުރުމަށް އެޅޭ ވަރަށް ހެޔޮ ފާލަކަށް ވެސް މިކަން ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާ މަޝްރޫއުގެ ދަށުން ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް އިސްލާހެއް ގެނެސްފި

ހިޔާ މަޝްރޫއުގެ ދަށުން ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް އިސްލާހެއް ގެނެސްފި

06 ޖޫން 2018
ފުނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ފުނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

04 ޖޫން 2018
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ފޯމް ހުށަހެޅުމަށް ނަންބަރު ދޫކުރަން ފަށަނީ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ފޯމް ހުށަހެޅުމަށް ނަންބަރު ދޫކުރަން ފަށަނީ

03 ޖޫން 2018
ހިޔާ މަޝްރޫއުގެ ބައެއް ކެޓަގަރީތަކުގެ ޝަރުތުތަކަށް ބަދަލު ގެނެސްފި

ހިޔާ މަޝްރޫއުގެ ބައެއް ކެޓަގަރީތަކުގެ ޝަރުތުތަކަށް ބަދަލު ގެނެސްފި

28 މެއި 2018
ހިޔާ މަޝްރޫއުގެ ދެ ކެޓަގަރީގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި!

ހިޔާ މަޝްރޫއުގެ ދެ ކެޓަގަރީގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި!

28 މެއި 2018

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު