Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ލަމްހާ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޙާލަތަށް ބަދަލެއް އައިސްފައި ނުވާކަމަށް ދައުލަތުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2022 | ބުރާސްފަތި 07:50
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ބަންދު މުރާޖައާ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ލަމްހާގެ ވަކީލުން ވަނީ، ލަމްހާ ފާޚާނާ ތެރެއަށް ވެއްޓުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެވިފައިވާކަމަށް ބަޔާން ކުރައްވާފައެވެ. 

Advertisement - newsAdvertisement

އެ އަޑުއެހުމުގައި ލަމްހާ ބުނެފައިވަނީ، އޭނާއަކީ ޑިސްކް-ޑީ ޖެނެރޭޓިވް ޑިސީސްއަށް ޑައިގްނޯސް ކޮށްފައިވާ މީހެއް ކަމަށެވެ. އޭނާ ވެއްޓުނީ ކަހާލައިގެން ކަމަށާއި، އުނަގަނޑަަށް އަނިޔާވެފައިވާކަމަށް ލަމްހާ ބުންޏެވެ. އެތަނުގައި ބާލިދީ ފަދަ ތަކެތި އުފުލަން ޖެހޭއިރު، އެކަމުގެ ސަބަބުންނާއި، ފަހަތަށް ބިޑި އެޅުވުމުގެ ސަބަބުން އުނދަގޫތަކެއްވާކަމަށްވެސް އޭނާ ބުންޏެވެ.

ލަމްހާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ދައުލަތުން އެ އަޑުއެހުމުގައި ބުނެފައިވާ ގޮތުގައި ޑޮކްޓަރުގެ ލަފަޔާ ގުޅޭގޮތުން ދައުލަތަށް އެއްޗެއް ދެންނެވޭނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިތުރަށް މައުލޫމާތު ސާފުކުރުމަށްފަހުއެވެ. ވުމާއެކު، އެ ދުވަހު ބަންދު މުރާޖައާ ކުރިއަކަށް ނުގެންދެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ، ޙަލީމަތު ލަމްހާ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޙާލަތަށް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، ވުމާއެކު، އޭނާ މިހާރުވެސް ހުރި ގޮތަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓެވުމަށް އެދޭ ކަމަށެވެ.

ލަމްހާގެ ބަންދާއި ގުޅޭގޮތުން އޭނާގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ، އޭނާއަކީ މީގެ ކުރިން އެފަދަ ތުހުމަތެއް ދުވަހަކުވެސް ކުރެވިފައިވާ މީހެއް ނޫން ކަމަށެވެ. އޭނާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް، ނުވަތަ "ސީރިއަލް ކިލަރ" އެއް ނޫން ކަމަށާއި، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވެން ނެތް ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި އޭނާއަކީ ހެއްކަށް ނުފޫޒު ފޯރުވަފާނެ މީހެއްކަން ދައުލަތުން ސާފުކޮށް ބަޔާންކޮށްދޭން ޖެހޭކަމަށްވެސް ލަމްހާގެ ވަކީލު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހަމައެކަނި މަރުގެ މައްސަލައެއްގައި ދައުވާ އުފުލިފައިވުމަކީ އެމީހަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ މީހެއްކަމަށް ބެލޭނެ ސަބަބެއް ކަމަށް ހެދުމަކީ ބުއްދި ޤަބޫލުކުރާ ކަމެއްނޫންކަމުގައި ދިފާއީ ވަކީލު ވިދާޅުވިއެވެ. ލަމްހާގެ ފަރާތުން މުޖުތަމައަށް ނުރައްކާވެދާނެ ކަމުގެ ހަރުދަނާ ސަބަބެއް ދައުލަތުން ހުށައަޅާފައިނުވާކަމަށްވެސް ލަމްހާގެ ވަކީލު ވިދާޅުވިއެވެ.

ދިފާއުން ވަނީ އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އެދިފައެވެ.

ލަމްހާގެ ސިއްޙީ ޙާލަތާއި ގުޅޭގޮތުންވެސް އޭނާގެ ވަކީލުން ވަނީ އަޑުއެހުމުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭނާއަށް ބެޑްރެސްޓް ބޭނުންވާކަމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ދިފާއަށް ޤަބޫލު ކުރެވޭނަމަ، އެ ނިންމުން އިސްތިއުނާފު ކުރެވިދާނެ ކަމަށެވެ. މި އަޑުއެހުމަކީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ޙާލަތަށް ބަދަލެއް އައިސްފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ލަމްހާގެ ފަރާތުން ހުށައެޅި ސިއްޙީ ކަންކަމާއި ގުޅޭގޮތުން ދައުލަތުން ބުނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތެއް ނުވަތަ އެނޫންވެސް ފަރާތެއްގެ ސިއްޙީ ޙާލަތަށް ބަލައި، ބަންދުން ދޫކޮށްލަންޖެހޭ އުސޫލެއް ނެތްކަމަށް ޝަހީބު އިބްރާހިމާއި އަހުމަދު މޫސާގެ މައްސަލައިގައި ހައިކޯޓުން ނިންމިނިންމުމެއްގައިބަޔާންކޮށްފައިވާ ކަމަށެވެ.

ބަންދު މުރާޖައާ މަޖިލީހަކީ ކަރެކްޝަންސްގެ މަދަނީ ޒިންމާ އަދާކުރާ މިންވަރު ބަލައި، އެކަމަށް ފަނޑިޔާރު ގޮތް ނިންމަވަންޖެހޭ ފަދަ މަޖިލީހެއް ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި އެކި ގާޒީން އެކި ގޮތަށް ނިންމެވުމުގެ ސަބަބުން ތަފާތު ނުކުރުމުގެ ޙައްޤަށްވެސް އުނިކަން އަންނަކަމަށް ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވެފައިވެއެވެ. ކަރެކްޝަންސްގެ ޒިންމާ އަދާ ނުކުރުމާއި ގުޅޭ މައްސަލަތައް މީގެ ކުރިންވެސް ސިވިލް ކޯޓަށް ހުށައެޅި ބަލާފައިވާކަމަށް ފަނޑިޔާރުންވަނީ ވިދާޅުވެފައެވެ.

އެ ގަޒިއްޔާއާ ޙަވާލާދީ ދައުލަތުން ބުނީ ސިއްޙީ ކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް ކަރެކްޝަންސްއިން ނޭޅުމަކީ އެމީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. މީގެ އިތުރުން، ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ލަމްހާއަށްވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކަރެކްޝަންސްއިން ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ލަމްހާގެ ފަރާތުން ބުނެފައިވާ ގޮތުގައި އިސްކުރު ތިރީގައި ހުރުމުގެ ސަބަބުން އޭނާއަށް ތަށި ދޮވުން ފަދަ ކަންކަން ކުރުމަށްވެސް ދަތިވެއެވެ. އަދި ކަރެކްޝަންސްއިން ހަމަޖައްސައިދިން އިންތިޒާމުތަކުގެ ސަބަބުން ވަނީ އިތުރު އުނދަގޫތަކެއްކަމަށް ލަމްހާ ބުންޏެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ލަމްހާގެ ބަންދު މުރާޖައާ ގުޅޭގޮތުން ނިންމަވާ ގޮތެއް އަންގަވާނެ ކަމަށް ވިދާޅުވެފައެވެ. މިވަގުތު އޭނާ ބަންދު ދެމެހެއްޓެވުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު