Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބާޕޭއަށް ފްރާންސުން ކުރާ ސަޕޯޓު

ފްރާންސްގެ ރިޔާސީ އިންތިޚާބުގައި އެމްބާޕޭއަށް 10 ވޯޓު!

އެމްބާޕޭއަކީ މިހާރު ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ވިދަމުން އަންނަ އެއް ތަރި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 އެޕްރީލު 2022 | ބުދަ 17:14
ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ

ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ

ފްރާންސްގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ ކީލިއަން އެމްބާޕޭއަށް 10 ވޯޓު ލިބިއްޖެއެވެ.

ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރީ އެމަނުއެލް މެކްރޯން އާއި މަރިން ލެޕެންއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން 58.6 އިންސައްތަ ވޯޓާއެކު ކުރީގައި އުޅެނީ މެކްރޯންއެވެ. މި އިންތިޚާބުގައި ވޯޓުލީ 10 ފަރާތަކުން އެމްބާޕޭގެ ނަންޖަހާ އަމިއްލައަށް ވޯޓު ކަރުދާސް ޕްރިންޓު ކޮށްގެން އޭނާއަށް ވޯޓު ލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ވޯޓުތައް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ގުނާފައެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އުމުރުން 23 އަހަރުގެ އެމްބާޕޭއަކީ މިހާރު ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ވިދަމުން އަންނަ އެއް ތަރިއެވެ. އޭނާ ހޯދުމަށްޓަކާ ގިނަ ކްލަބުތަކުން މަސައްކަތް ކުރަމުން އަންނައިރު، މި ރޭހުގެ އެންމެ ކުރީގައި އުޅެނީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ.

ފްރާންސްގެ ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ސަމަރ ޓްރާންސްފަރ މާކެޓުގައި ހިލޭ ޓްރާންސްފަރއެއްގައި އޭނާ ބޭނުން ކްލަބަކަށް ދިއުމުގެ އިޚްތިޔާރު އެބައޮތެވެ.

މިދިޔަ ސީޒަންގައިވެސް ބޮޑު އަގެއް ދީފައި އެމްބާޕޭ ހޯދުމަށް ރެއާލްއިން އެތައް ފަހަރެއްގެ މަތިން ޕީއެސްޖީއަށް ހުށަހެޅިއެވެ. ނަމަވެސް ޕީއެސްޖީން ވަނީ އެހުރިހާ ހުށަހެޅުމަކަށް ނޫނެކޭ ބުނެފައެވެ. މި ސީޒަންގެ ނިޔަލަށް އެމްބާޕޭއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު ޕީއެސްޖީން އަދިވެސް މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ކޮންޓްރެކްޓް އައު ކުރުމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިއަންނަ ސީޒަންގައި އެމްޕާބޭ ކުޅުން އެންމެ ގާތީ ރެއާލް މެޑްރިޑަށެވެ. ރެއާލްއަށް ކުޅުމަކީ އޭނާ ކުޑައިރުން ފެށިގެން ދެކެމުން އަންނަ ހުވަފެނެކެވެ. އެމްބާޕޭގެ މުސްތަގުބަލާއި މެދު ގޮތެއް ނިންމުމަށް އޭނާގެ މަންމަ އަންނަނީ ދެ ކްލަބާއި މަޝްވަރާ ކުރަމުންނެވެ. ވަކި ގޮތެއް ނިންމާނީ ދެކްލަބުގެ އެންމެ ފަހުގެ ހުށަހެޅުންތައް ބެލުމަށްފަހު ކަމަށް އެމްބާޕޭގެ މަންމަ ބުންޏެވެ.

ކީލިއަން އެމްބާޕޭފްރާންސް

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
10 ނޮވެމްބަރު 2025

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ޖަލުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ

10 ނޮވެމްބަރު 2025
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ޖަލުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ
10 ނޮވެމްބަރު 2025

ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ

10 ނޮވެމްބަރު 2025
ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު