Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއެންޑަބްލިއުޓީއޯއިން ރަޝިއާ ވަކިވުން

ޔޫއެންޑަބްލިއުޓީއޯއިން ވަކިވާން ރަޝިއާއިން ނިންމައިފި

މި ނިންމުން ރަޝިއާއިން ނިންމާފައިވަނީ، ރަޝިއާ ސަސްޕެންޑްކުރުމާ ގުޅޭގޮތުން ވޯޓެއް ނެގުމަށް ތައްޔާރުވަމުން ދަނިކޮށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 އެޕްރީލު 2022 | ބުދަ 15:36
އދ ގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)އިން ވަކިވާން ރަޝިއާއިން ވަނީ ނިންމާފައި

އދ ގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)އިން ވަކިވާން ރަޝިއާއިން ވަނީ ނިންމާފައި

އދ ގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް ވޯރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)އިން ވަކިވާން ރަޝިއާއިން ނިންމައިފިއެވެ.

ޔޫއެންޑަބްލިއުޓީއޯއިން ވަނީ، އެޖަމްއިއްޔާއިން ވަކިވާން ރަޝިއާއިން ނިންމާފައިވާކަން ބުދަ ދުވަހު ހާމަކޮށްފައެވެ. އަދި މިނިންމުން ރަޝިއާއިން ނިންމާފައި ވަނީ އެޖަމްއިއްޔާގެ މެމްބަރު ގައުމުތަކުގެ މެދުގައި ރަޝިއާ ސަސްޕެންޑް ކުރުމާގުޅޭގޮތުން ވޯޓެއް ނެގުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް ޔޫއެންޑަބްލިއުޓީއޯއިން ފާހަގަކުރެއެވެ.

ޔޫއެންޑަބްލިއުޓީއޯގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން، ރަޝިއާއިން އެޖަމްއިއްޔާއިން ވަކިވާން ނިންމި ނަމަވެސް އެގައުމު ސަސްޕެންޑް ކުރުމާ ގުޅޭގޮތުން ވޯޓުނަގައި އެގައުމުގެ ސަސްޕެންޑް ކުރުމުގެ މަސައްކަތްކުރާނެއެވެ. ސަބަބަކީ ސަސްޕެންޑްކުރުމަށް ނިންމާ ހިސާބުން ފެށިގެން ރަޝިއާ ސަސްޕެންޑްވާއިރު، އެގައުމު އެޖަމްއިއްޔާއިން ވަކިވުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ގާތްގަޑަކަށް 1 އަހަރު ދުވަސް ނަގާނެތީއެވެ.

ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލް ވަނީ ރަޝިއާ ސަސްޕެންޑްކުރަން ގައުމުތަކުން ވޯޓުދޭނެކަމަށް އުންމީދުކުރާކަމަށް ވިދާޅުވެފައެވެ.

ރަޝިއާ ސަސްޕެންޑްކުރަން ބޭނުންނަމަ 160 މެމްބަރުންގެ ތިންބައި ކުޅަ ދެބައި މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.

ޔޫއެންޑަބްލިއުޓީއޯއިން ރަޝިއާ ވަކިވުމާ ގުޅޭގޮތުން ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ އެޖަމްއިއްޔާއިން ވަކިވިނަމަވެސް ރަޝިއާގެ ފަތުރުވެރިކަމަށް ބުރޫނާރާނެ ކަމަށެވެ.

އދ ގެ އާންމު މަޖިލީހުން ވަނީ މިމަހުގެ ކުރީ ކޮޅު އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ރަޝިއާ ސަސްޕެންޑްކޮށްފައެވެ.

މިނިންމުންތައް ނިންމަމުން މިދަނީ ފެބްރުއަރީ 24 ވަނަ ދުވަހު އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް އަރައި، ފެށި ހަނގުރާމައާ ގުޅިގެންނެވެ.

ރަޝިއާޔޫ.އެން.ޑަބްލިއު.ޓީ.އޯ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު