Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެޓްރޯ ކޮފީ ފުޓްސަލް މުބާރާތް

ރެޓްރޯ ކޮފީ ފުޓްސަލް މުބާރާތް: ނިއޯން ސްޕޯރޓްސް ދެ މެޗުންވެސް ބަލި

މުބާރާތުގެ ކުޅުން ދެން އޮންނާނީ ބުރާސްފަތި ދުވަހުގެރޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 27 އެޕްރީލު 2022 | ބުދަ 09:21
ޓްރިޕަލް އޭޔޫގެ ނާޝިދުއަށް މެޗުގެ މޮޅުކުޅުންތެރިޔާގެ ޓްރޮފީ ދެނީ

ޓްރިޕަލް އޭޔޫގެ ނާޝިދުއަށް މެޗުގެ މޮޅުކުޅުންތެރިޔާގެ ޓްރޮފީ ދެނީ

އަލިފުށީގައި މިހާރު ކުރިއަށްދާ ރެޓްރޯ ކޮފީ ފުޓްސަލް މުބާރާތުގައި ނިއޯން ސްޕޯރޓްސް ކްލަބާއި, ކުޑަވާއިނގިލި ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

ނިއޯން ސްޕޯރޓްސް ކްލަބް ބަލިކޮށް, މެޗު ކާމިޔާބުކުރީ ޓްރިޕަލް އޭޔޫ މިކްސްއެވެ. އެޓީމް މެޗު ކާމިޔާބުކުރީ 7-0 ނެވެ. މެޗުގައި ޓްރިޕަލް އޭޔޫ މިކްސްގެ ލަނޑުތައް ޖެހީ ޝަމީޒު, އަބުދުالله އާދަމް, އިސްމާއީލް ރަޝީދު, ނާޝިދު އަދި އާދަމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނާޝިދުއެވެ. ނިއޯން ވަނީ ފުރަތަމަ މެޗުގައި ޓްރިޕަލް އޭޔޫ އަތުންވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ޓްރިޕަލް މިކްސް އަތުން ބަލިވި ކުޑަވާ އިނގިލި ދެވަނަ މެޗުގައި އަންގަރަ ދުވަހުގެރޭ ބަލިވީ ޓްރިޕަލް އޭޔޫއާ ވާދަކޮށް 6-0 ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އާދަމް އިމްރާން ތިން ލަނޑު ޖެހިއެވެ. އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ކަރީމްއެވެ. ދެން އެޓީމަށް ލަނޑު ޖަހައިދިނީ މުޙައްމަދު އާދަމްއެވެ. އެފްސީ ބްލެކް ހޯކް ބަލިކޮށް, އޭޖީ އެފްސީ ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމް މެޗު ކާމިޔާބުކުރީ 7-0 ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ސަމީހު ހެޓްރިކް ހެދިއެވެ. އެޓީމްގެ އަނެއް ހަތަރު ލަނޑު ޖެހީ ސަލާމް, ޝާހިދު, ރަޒާން އަދި ބައްސާމްއެވެ.

މުބާރާތުގެ ކުޅުން ދެން އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއެވެ. ބުރާސްފަތި ދުވަހުގެރޭވެސް ތިން މެޗު ކުޅޭނެއެވެ. ފައިނަލް މެޗު ކުޅޭނީ އީދު ދުވަހުއެވެ.

އަލިފުށި

އިތުރަށް ކިޔާލަން

20 އެޕްރީލު 2024

އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

20 އެޕްރީލު 2024
އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
02 ޖޫން 2023

އިމާރާތުގެ މަސައްކަތް ނުނިމުނަސް އޯގަސްޓް މަހު ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރުގައި ކިޔަވައިދޭން ފެށޭނެ ކަމުގެ އުއްމީދު ބޮޑު: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

02 ޖޫން 2023
އިމާރާތުގެ މަސައްކަތް ނުނިމުނަސް އޯގަސްޓް މަހު ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރުގައި ކިޔަވައިދޭން ފެށޭނެ ކަމުގެ އުއްމީދު ބޮޑު: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު
21 މެއި 2023

ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

21 މެއި 2023
ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 މެއި 2023

އަލިފުށީ ޓިވެޓް ސެންޓަރު ނިމެންވާއިރަށް ކަރިކިއުލަމް ތައްޔާރުކުރަނީ

07 މެއި 2023
އަލިފުށީ ޓިވެޓް ސެންޓަރު ނިމެންވާއިރަށް ކަރިކިއުލަމް ތައްޔާރުކުރަނީ
09 ޖެނުއަރީ 2023

އަލިފުށި އެއާޕޯޓާއެކު ރައްޔިތުންގެ ޖީބަށް ލުއިވެ، ތަކުލީފުތަކަށް ނިމުމެއް އަންނާނެ: ކައުންސިލް ރައީސް

09 ޖެނުއަރީ 2023
އަލިފުށި އެއާޕޯޓާއެކު ރައްޔިތުންގެ ޖީބަށް ލުއިވެ، ތަކުލީފުތަކަށް ނިމުމެއް އަންނާނެ: ކައުންސިލް ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު