Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އެތައް މަރުހަލާތަކަކާއެކު އިންސާފާ ހަމައަށް އައުން ލަސްވެފައި

25 އެޕްރީލު 2022 | ހޯމަ 14:53

ކޯޓުތަކުގައި އެތައް މަރުހަލާތަކެއް ކަޑައްތުކުރަންޖެހި، އިންސާފު ލިބުން ލަސްވެގެންދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އެޕްރީލު 2022 | ހޯމަ 14:53
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

އަދުލު އިންސާފު ލިބުން ލަސްވާ ވާހަކައަކީ އެތައް ބަޔެއްގެ ޝަކުވާއެވެ. ދިގު އިންތިޒާރަކަށްފަހު ކޯޓުގެ ފަހު ނިންމުމާ ހަމައަށް އަންނައިރު, އިންސާފު ލިބޭކަމުގެ އިހުސާސެއް އަނިޔާ ލިބޭ މީހާއަށް ނުކުރެވެއެވެ. ކުށްކުރާ މީހާގެ ހައްގުތަކަށް ބަލައިގެން އެތައް މަރުހަލާއެއް ކަޑައްތުކުރަން ޖެހޭއިރު, އަނިޔާ ލިބޭ މީހާގެ އިންސާފެއް ނޯންނަނީބާވައޭ ހިތަށްއަރާ ފަހަރުތައްވެސް އަންނަނީ މަދެއްކޮށެއް ނޫނެވެ. ދެފަރާތުގެވެސް ހައްގުތަކެއް އޮވެއެވެ. އެކަމަށް ކޯޓުގައި ރިއާޔަތްވެސް ކުރަންޖެހެއެވެ.

މިސާލަކަށް ބައެއްގެ އަތުން އޮޅުވާލައިގެން އެތައް މިލިއަން ރުފިޔާއެއް ނެގުމަށްފަހު ގައުމުން ފިލައިގެން ދަނީއެވެ. އެންމެ ފުރަތަމަ އެމީހާ އުޅޭ ތަނެއް ނޭނގިގެން އެތައް ދުވަހެއް ވޭތުވެއެވެ. އެމީހާ އުޅޭތަން އެނގޭހިސާބުން އެމީހާ ގެނެވޭނެ ގޮތެއް ނޯވެއެވެ. ޝަރީއަތުގެ ކުރި މައްޗަށް އެމީހާ ނުގެނެވި, ޝަރީއަތް ކުރިޔަށް ނުގެންދެވި އެތައް ދުވަހެއް ދިގުލައިގެންދަނީއެވެ. އަނެއްކޮޅުން އަނިޔާ ލިބުނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭނެ ގޮތެއް ސަރުކާރަށް ހޯދަން މަޖުބޫރުވެއެވެ. ދެން ކޮންމެވެސް ގޮތެއް ހޯދައިގެން ރައްޔިތުންނަށް ލިބުނު ގެއްލުން ފޫބެއްދޭނެ ގޮތެއް ސަރުކާރުން ހޯދައެވެ. ނަމަވެސް ހަގީގަތުގައި އެގޮތުގެ ސަބަބުންވެސް ގެއްލުންވެގެންދަނީ ހަމަ ރައްޔިތުންނަށެވެ. އެއީ ރައްޔިތުން ބޭނުންވާ އެހެން ކޮންމެވެސް ކަމަކަށް ޚަރަދުކުރުމަށް ނުވަތަ ދޭންހުރި ފައިސާއެވެ.

އެތައް ދުވަހެއްގެ އިންތިޒާރަކަށްފަހު ބޭނުންވާ މީހާ ރާއްޖެ ގެނެވެއެވެ. ބަންދުކުރެވި ޝަރުއީ މަރުހަލާ ފެށެއެވެ. ނަމަވެސް އަނެއްކާވެސް ސިއްހީ މައްސަލަތަކެއް ނުވަތަ އެނޫންވެސް ކޮންމެސް ސަބަބެއް ދެއްކުމަށްފަހު އެމީހާ ބަންދުން ދޫކޮށްލައެވެ. ދެން ހިނގައިދަނީ އެމީހާގެ ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމެވެ. އެމީހާގެ ސިއްހީ މައްސަލަތަކާއި ދެންވެސް ހުރި ޖިނާއީ އިޖުރާތުގެ އެހެން ކޮންމެސް މައްސަލައަކަށް ހައްލު ހޯދުމެވެ. ބަންދުން މިނިވަންވުމުން އޭނާ ބަންދުގައި ބެހެއްޓުމަށް އަނެއްކާ މައްސަލަ ހުށަހަޅައެވެ. އެޝަރީއަތްތައް ކުރިޔަށްދެއެެވެ. އެޝަރީއަތްތަކުގައި ދެން ކުރިމަތިވަނީ އިސްތިއުނާފީ މައްސަލަތަކެވެ. އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު ގުނުމުގެ މައްސަލަތަކެވެ. ކޮންމެސް ގާނޫނަކާއި ގަވާއިދެއް ފުށުއަރައި, އަނެއްކާ އެކަމަށް ހައްލެއް ގެންނަންޖެހެއެވެ. އޭރުވެސް އަދި އަސްލު މައްސަލައިގެ ޝަރީއަތް އޮންނަނީ އޮތްތާނގައެވެ. އެކަން ކުރިޔަކަށް ނުދެއެވެ. އެއް ކޯޓުން އަނެއް ކޯޓުގައި މައްސަލައިގެ ބޭރުގައި ހުރި ކަންތައްތަކަށް ހައްލު ހޯދުމަށް އެތައް ދުވަހެއް ހޭދަވެގެންދެއެވެ.

މިހުރިހާ މަރުހަލާތަކެއް ކަޑައްތުކޮށް އެނިންމުންތައް ނިންމައި, އަސްލު މައްސަލައަށް ގޮތެއް ނިންމުން ލަސްވެގެންދަނީއެވެ. އެކަމުގެ ސަބަބުން އިންސާފު ލިބުން ލަސްވުމާއި ބޭއިންސާފަށް މަގުފަހިވެގެންދަނީއެވެ. މިހާރު ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ބަލާއިރުވެސް މިފަދަ އެތައް މައްސަލައެއް ދިގުލައިގެން އެބަދެއެވެ. ރައްޔިތުންގެ ހައްގުތަކާ ގުޅިފައިހުރި އެތައް މައްސަލައަކާއި, ދައުލަތާ ގުޅުންހުރި މައްސަލަތައް މީގެތެރޭގައި އެބަހުއްޓެވެ. ނަމަވެސް އެކި މަރުހަލާތަކުގައި ގޮތްތައް ކަނޑައަޅަންޖެހި އަސްލު މައްސަލައިގެ ޝަރީއަތް ކުރިޔަށްނުގެންދެވި އިންސާފާ ހިސާބާ ދިޔުން ލަސްވަނީއެވެ. އިންސާފު ނުލިބި ލަސްވުމަކީވެސް އިންސާފު ލިބުމަށް ހުރަސް އެޅުމެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
26 ނޮވެމްބަރު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު
24 ނޮވެމްބަރު 2025

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
21 ނޮވެމްބަރު 2025

ޖޭއެސްސީ އިން އުޅެނީ މުޅި ޖުޑީޝަރީ ސަރުކާރުގެ މުށުތެރެ އަށް ލައިދޭން: ސުއޫދު

21 ނޮވެމްބަރު 2025
ޖޭއެސްސީ އިން އުޅެނީ މުޅި ޖުޑީޝަރީ ސަރުކާރުގެ މުށުތެރެ އަށް ލައިދޭން: ސުއޫދު
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
30 އޮކްޓޯބަރު 2025

ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ މުބާރަކު އައްޔަންކޮށްފި

30 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ މުބާރަކު އައްޔަންކޮށްފި
29 އޮކްޓޯބަރު 2025

ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި

29 އޮކްޓޯބަރު 2025
ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް