Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނާއި ނަރުދަމާގެ ބިލުގެ އިސްލާހު

އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން ޖެހޭ ގޮތަށް ނިންމައި، ފެނާއި ނަރުދަމާގެ ބިލް މަޖިލީހުން ފާސްކޮށްފި

ފެނާއި ނަރުދަމާގެ ބިލަށް ހުށައެޅިފައިވަނީ، މައިގަނޑު 7 އިސްލާހެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 25 އެޕްރީލު 2022 | ހޯމަ 09:15
ފެނާއި ނަރުދަމާއަށް ސަރުކާރުން އަންނަނީ ބޮޑު އިންވެސްޓްމެންޓެއް ކުރަމުން

ފެނާއި ނަރުދަމާއަށް ސަރުކާރުން އަންނަނީ ބޮޑު އިންވެސްޓްމެންޓެއް ކުރަމުން

ފެނާ ނަރުދަމާގެ ޚިދުމަތް ދިނުމުގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރަން ޖެހޭ ގޮތަށް ނިންމައި، ފެނާއި ނަރުދަމާގެ ބިލް މަޖިލީހުން ފާސްކޮށްފިއެވެ.

ކޮމިޓީ ރިޕޯޓް ހުށައަޅުއްވަމުން، ބިލު ދިރާސާކުރި އެންވަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު، ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ސިއްޙީ މައްސަލަތައް އަތޮޅުތެރޭގައި އިތުރުވެގެންދާ ދިޔުމަކީ ފެނާ ނަރުދަމާގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި އަތޮޅުތެރޭގައި ލިބެން ނެތުމުން ކަމުގައެވެ. އެހެންކަމުން މި ތަފާތު ނައްތާލައި، ރަނގަޅު ދިރިއުޅުމެއް ރައްޔިތުންނަށް ފަހިކޮށްދިނުމަށް ފެނާއި ނަރުދަމާއަށް ސަރުކާރުން ބޮޑު އިންވެސްޓްމެންޓެއް ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު ސަލީމް ވިދާޅުވީ، މިހާރު ރާއްޖޭގައި ސިޔާސަތު އޮތް ގޮތުން ނަރުދަމާގެ ޚިދުމަތަށް ނަގާ އެއްވެސް ފީއެއް ނޯންނާނެ ކަމަށެވެ. ކުރިން ނަގަމުން ދިޔަ ފީތައް މި ޤާނޫނުގެ ދަށުން ކަނޑާލާފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ދައުލަތަށް މިކަމުން ބުރައެއް އުފުލަން ޖެހިފައިވާއިރު، މިފަދަ ނިޒާމްތަކަކީ، ތެލަށް ކުރަން ޖެހޭ ޚަރަދު ކުޑަ ނިޒާމްތަކަށް ހެދޭ ގޮތަށް ޤާނޫނު ފަރުމާ ކުރެވިފައިވާކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން މި ނިޒާމްތައް ހިންގުން އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮމިޓީ ރިޕޯޓަށް ތަޅުމުން ވަނީ އިސްލާހެއް ހުށައަޅާފައެވެ. އެ އިސްލާހުގައި ބުނެފައިވަނީ، މިޤާނޫނަށް އަމަލުކުރަން ފަށާފަހުން ފެން ޕްލާންޓެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ދޭންވާނީ، އެ ޕްލާންޓެއް ހިންގުމަށް ބޭނުންވާ ކަރަންޓު އިއާދަކުރަނިވި ހަކަތައިން ލިބެން ހުރިކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ހުށައެޅުއްވި އިސްލާހު ފާސްވީ، 40 މެމްބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހާއެކު ފެނާއި ނަރުދަމާގެ ބިލު ފާސްވީ 47 މެމްބަރުންގެ އިއްތިފާގުންނެވެ.

ފެނާއި ނަރުދަމާގެ ބިލަށް ހުށައެޅިފައިވަނީ، މައިގަނޑު 7 އިސްލާހެކެވެ.

އަދި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު ޓެސްޓްކޮށް ސެޓިފައި ކުރާނެ ގަވާއިދުތައް އެކުލަވާލުމުގެ އިސްލާހު ވަނީ އޮތް ގޮތަށް ފާސްކޮށްފައެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ފެނާ ނަރުދަމާގެ ނިޒާމް ޑިޒައިންކޮށް ގާއިމްކުރުމާއި، ޚިދުމަތް ދިނުން ކަމާ ގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެ މަތިން އެކުލަވާމަށް އޮތް އޮތުން އެގޮތަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ މިންގަޑު ކަނޑައެޅުމުގެ އިސްލާހުވެސް ވަނީ އޮތް ގޮތަށް ފާސްކޮށްފައެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ކޮންމެ ފަރާތަކުންވެސް 5 އަހަރު ދުވަހުގެ މުއްދަތަށް ޕްލޭނެއް އެކުލަވާލައި މިނިސްޓްރީ އަދި އޮތޯރިޓީއަށް ހުށައަޅައި، ކޮންމެ ފަސް އަހަރަކުން ޕްލޭން މުރާޖާ ކުރަންވާނެކަމަށް އޮތް އިސްލާހު ކޮމިޓީން ފާސް ކޮށްފައި ނުވެއެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ މި ޚިދުމަތްދޭ ފަރާތްތަކުން ވޭދުވެދިޔަ އަހަރު އެ ފަރާތްތަކަށް ހާސިލްކުރެވިފައިވާ ކަންކަމަށް ބަލައި، ކުރިއަށް އޮތް އަހަރު އެފަރާތްތަކުން ކުރަން ކަނޑައަޅާ ކަންކަމުގެ މައްޗަށް ބިނާކޮށް ކޮންމެ މީލާދީ އަހަރަކަށް ލަފާކުރާ ބަޖެޓެއް ތައްޔާރުކުރާ ކަމަށެވެ. އަދި މި ބަޖެތް ތައްޔާރުކުރަނީ އެ އަހަރަކަށް ކުރުމަށް ޕްލޭން ކުރެވޭ ކަންކަންވެސް ހިމަނައިގެން ކަމަށެވެ. އެހެންކަމުން އެ މާއްދާ ކުރިން އޮތް ގޮތަށް ބޭއްވުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ގްރިޑް ސްޓެބިލިޓީއަށް ބުރޫނާރާނެ އެންމެ މަތީ މިންވަރަކަށް އިއާދަކުރަނިވި ވަސީލަތްތައް ބޭނުނުްކޮށްގެން އުފައްދާ ހަކަތަ ކަމުގައި ވާންވާނެ ކަމަށް ހުށައެޅުނު އިސްލާހުވެސް ކޮމިޓީން ބަލައެއް ނުގަނެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ފެނުގެ ޚިދުމަތް ދިނުމަށް މިހާރުވެސް ބޭނުންކުރާ އިއާދަކުރަނިވި ހަކަތައަށް ކުރާ ޚަރަދަކީ ނިސްބަތުން ކުޑަ ޚަރަދެއް ކަމަށެވެ. އަދި މިހާރުވެސް ފެން އުފައްދާ ޕްލާންޓްތައް އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރެވިދާނެކަމަށް ކޮމިޓީއަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންކަމުން ރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާތީ، އެކަމަށް ބާރު އެޅުމުގެ ގޮތުން ކުރިން އެ މާއްދާ އޮތް ގޮތަށް ބޭއްވުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ކުރިން އެ މާއްދާގައި ބުނެފައިވަނީ، ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ވާންވާނެ ކަމަށެވެ.

ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސް ދިނުމާބެހޭ އާންމު އުސޫލްތައް ކަނޑައަޅައި ބަޔާން ކުރަންވާނެ ކަމަށް އޮތް އޮތުން އުނި ކުރުމަށް ބިލުގައި އޮތް ނަމަވެސް، ކޮމިޓީން އެ އިސްލާހު ފާހެއް ނުވެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ކުރެވޭނެ ގޮތް މަގުފަހިކުރުން ކަމުގައެވެ.

ބިމުން ފެން ނަގައި ބޭނުން ކޮށްގެން މަސައްކަތް ކުރުމުގައި ގަވާއިދުތަކާ ޚިލާފުވެއްޖެނަމަ ޖޫރިމަނާ ކުރެވޭ ކުޑަ ބޮޑުމިން ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން 5،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވާކަމަށް ވަނީ ނިންމާފައެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު