Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއިލް-ފަލަސްތީން

ހުކުރު ދުވަހު އަގްސާ މިސްކިތުގައި ހިނގި ކުރިމަތިލުންތަކުގައި އަނިޔާވި ޒުވާނަކު ކޯމާއެއްގައި

ކޯމާއަކަށް ގޮސްފައި ވަނީ އުމުރުން 21 އަހަރުގެ ވާލިދު ބިން ޝާރިފް ކިޔާ ޒުވާނެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 އެޕްރީލު 2022 | އާދީއްތަ 12:47
މި ހުކުރު ދުވަހު އިސްރާއިލްގެ ސިފައިންނާ ފަލަސްތީންގެ އާންމު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައި

މި ހުކުރު ދުވަހު އިސްރާއިލްގެ ސިފައިންނާ ފަލަސްތީންގެ އާންމު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައި

ހުކުރު ދުވަހު އިސްރާއިލް ސިފައިންނާ ފަލަސްތީންގެ ރައްޔިތުންނާ ދެމެދު އަގްސާ މިސްކިތުގައި ހިނގި ކުރިމަތިލުންތަކުގައި އަނިޔާވި ޒުވާނަކު ކޯމާއެއްގައި އޮތް ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯމާއަކަށް ގޮސްފައި ވަނީ އުމުރުން 21 އަހަރުގެ ވާލިދު ބިން ޝާރިފް ކިޔާ ޒުވާނެކެވެ. އެޒުވާނާގެ އާއިލާއާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ހުކުރު ދުވަހު އަގްސާ މިސްކިތުގައި ހިނގި ހަމަނުޖެހުންތަކުގައި އޭނާގެ ބޮލަށް ވަނީ އަނިޔާ ލިބިފައެވެ. އަދި މިއަނިޔާގެ ސަބަބުން އޭނާގެ ހާލު ވަރަށް ސީރިއަށް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެއެވެ.

މަންޒަރު ދުށް މީހުން އަދި އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން އިސްރާއިލް ސިފައިންގެ މީހެއް ޖެހި ރަބަރު ވަޒަނެއް ވަނީ ވާލިދުގެ ބޮލަށް ނުވަތަ ކަރަށް އަމާޒުވެފައެވެ. ނަމަވެސް އިސްރާއިލް ސިފައިން ބުނަނީ އެޒުވާނާގެ ބޮލަށް އަނިޔާވެފައި ވަނީ އިސްރާއިލް ސިފައިންނަށް އަމާޒުކޮށް ހިލަ އުކަން އުޅުމުގެ ތެރޭގައި ވެއްޓި ބޯޖެހިގެން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޒުވާނާގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އަދި އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން އޭނާގެ ސިނކުޑިއަށް އޮކްސިޖަން ދައުރެއް ނުވެއެވެ. އަދި ބޮލުގެ ނާށިގަނޑުގައި ރެނދުލައި ސިކުނޑިއަށް ލޭއެޅެމުންދާކަމަށްވެސް އާއިލާއާ ހަވާލާދީ އަލްޖަޒީރާގައި ވަނީ ރިޕޯޓުކޮށްފައިވެއެވެ.

ހުކުރު ދުވަހު އިސްރާއިލް ސިފައިންނާ ފަލަސްތީންގެ އާންމު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. މިކުރިމަތިލުންތަކުގައި ފަލަސްތީންގެ އާންމުންގެ 57 މީހުންނަށް ވަނީ އެކި އަނިޔާތައް ލިބިފައެވެ.

އިސްރާއިލުން ބުނަނީ ގާޒާއިން އެގައުމަށް ދެ ރޮކެޓް ހަމަލާ ފޮނުވާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ރޮކެޓް ހަމަލާ ފެއިލްވި ނަމަވެސް ދެ ވަނަ ހަމަލާ އެގައުމުގެ ބޯޑަރަށް އަމާޒުވެފައިވާ ކަމަށް އިސްރާއިލާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވެއެވެ.

ފަލަސްތީނުން ބުނަމުން އަންނަނީ އެގައުމުގެ މުސްލިމު ރައްޔިތުންނަށް އަގްސާ މިސްކިތުގައި ނަމާދުކޮށް އަޅުކަން ކުރުމުގެ ފުރުސަތު އިސްރާއިލުން ނުދޭ ކަމަށެވެ. މިސްކިތުގައި އިސްރާއިލް ސިފައިން ހަމަނުޖެހުން ހިންގާކަމަށް ފަލަސްތީންގެ ރައްޔިތުން ބުނަމުންދާއިރު އިސްރާއިލުން ދަނީ މިކަން ދޮގުކުރަމުންނެވެ.

އިސްރާއިލުން ބުނަނީ އެގައުމުގެ ސިފައިން މުސްލިމުން އަޅުކަން ކުރާ ސަރަހައްދަށް ދާން ޖެހުނީ ފަލަސްތީންގެ އާންމު ރައްޔިތުން ހިލަ އަދި ގޮވާތަކެތި ބޭނުންކޮށްގެން ޔަހޫދީންނަށް ހަމަލާދޭން ފެށުމުންކަމަށެވެ.

ހުކުރު ދުވަހުގެ މި ހަމަނުޖެހުންތަކުގައި އިސްރާއިލް ސިފައިން ރަބަރު ވަޒަން ބޭނުންކޮށްގެން ނަމާދަށް ގޮސްތިބި މީހުންނަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ އިރު، ޑްރޯން ބޭނުން ކޮށްގެން އިސްރާއީލް ސިފައިން ވަނީ މިސްކިތުގައި ތިބި މީހުންނަށް އަމާޒުކޮށް ކަރުނަ ގޭސްވެސް ޖަހައިފައެވެ. މީގެ ސަބަބުން އެތަނުގައި ތިބި އެތައް ހާސް ރައްޔިތުންނަށް ވަނި ނޭވާ ހާސްވުމުގެ މައްސަލަ ކުރިމަތި ވެފައެވެ.

މީގެ ކުރީ ހަފުތާގެ ހުކުރު ދުވަހު އަގްސާ މިސްކިތުގައި ހިނގާދިޔަ ހަމަނުޖެހުމުގައި ފަލަސްތީނުގެ 158 މީހަކަށްވަނީ އަނިޔާވެފައެވެ. އަދި 400ށްވުރެ ގިނަ މީހުން ހައްޔަރު ކުރިއެވެ. މާޗް މަހުން ފެށިގެން ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި 29 މީހަކު ވަނީ މަރުވެފައެވެ.

އިސްރާއިލް ސިފައިންގެ އަނިޔާވެރި ހަމަލާތައް ކޮންމެ ރަމްޟާން މަހަކުވެސް އިތުރު ކުރާކަން ފާހަގަ ކުރެވިފަވެއެވެ.

އިޒްރޭލްފަލަސްތީނުއަލް-އަގްސާ މިސްކިތް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު