Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީގެ މަރުގެ މައްސަލަ

މޭރީގެ މަރު: "ލަމްހާ އެގެއިން ނުކުމެގެންދާއިރު، ފިންގަރ ޕްރިންޓް ފޮރުވުމަށް ޓީޝާރޓުގެ ބޭނުންކުރޭ"

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 15 މާރޗުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2022 | އާދީއްތަ 08:08
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 15 މާރޗުގައެވެ. ނަމަވެސް އެ އަޑުއެހުމުގައިވެސް ލަމްހާއަށް ކުރާ ދައުވާއަށް ޖަވާބުދާރީވުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ސަބަބަކީ މާވިންގެ ދަރިފުޅުގެ ސައިކޮލޮޖިކަލް އެސެސްމަންޓާއި، މި މައްސަލައިގައި ހުށައަޅާ މޯބައިލް ފޮރެންސިކް ރިޕޯޓު ފަދަ ބައެއް ލިޔުންތައް ދިފާއަށް ލިބިފައިނުވާތީއެވެ.

Advertisement - newsAdvertisement

ދައުލަތުން ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު މުހިއްމުވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ މޭރީގެ މަރާއި ގުޅިގެން އެ ކުއްޖާއަށް މައުލޫމާތެއް އެނގިދާނެކަމަށް ބެލެވޭތީއެވެ.

ލަމްހާގެ މައްޗަށް މި މައްސަލައާ ގުޅިގެން އުފުލާފައިވަނީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އިތުރު ދައުވާތަކެކެވެ. 

ލަމްހާގެ މައްޗަށް, އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަައުވާވެސް އުފުލާފައެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި, ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވަނީ މޭރީގެ ލޭގެ ޓޮކްސިކޮލޮޖީ ރިޕޯޓުގެ ސޮފްޓް ލިބިފައިވީ ނަމަވެސް، މާވިންގެ ދަރިފުޅުގެ ސައިކޮލޮޖިކަލް އެސެސްމަންޓު އަދިވެސް ލިބިފައިނުވާކަން ފާހަގަކުރައްވާފައެވެ. އެ ރިޕޯޓަކީ މުޅި މައްސަލައިގެ ދިފާއު އެ ރިޕޯޓެއްގެ މައްޗަށް ބިނާވެގެންދާނެ މުހިއްމު ރިޕޯޓެއްކަން ދިފާއުގެ ފަރާތުން ފާހަގަކުރެއެވެ.

ދިފާއީ ވަކީލުން ވިދާޅުވާ ގޮތުގައި އެ ރިޕޯޓަކީ ކުއްޖާގެ ބަހެއް މި މައްސަލައާ ގުޅިގެން ލިބިގެންދާ ރިޕޯޓަކަށްވާއިރު، އެއީ ދިފާއު ބިނާ ކުރުމުގައިވެސް ކޮންމެހެން މުހިއްމު ރިޕޯޓެކެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ، އެ މައުޟޫއަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައިވެސް ދިގުކޮށް ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެ ރިޕޯޓު އަވަސް ކުރުމަށްޓަކައި ފިލިޕީންސްގެ ޕްރޮސެކިއުޝަން އޮތޯރިޓީއާ މަޝްވަރާ ކޮށްގެން މަސައްކަތްތަކެއް ކުރެވެމުންދާކަން ވަކީލު ފާހަގަކުރެއްވިއެވެ. ވަކީލު ވިދާޅުވި ގޮތުގައި އެ ރިޕޯޓު ލިބޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.

ދައުލަތުގެ އެ ވާހަކައަށް ރައްދު ދެއްވަމުން ދިފާއީ ވަކީލުން ވަނީ އެކަމުގައި ޝަރީއަތުން ގޮތެއް ނިންމަވަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

އެކަމާ ގުޅިގެން ޝަރީއަތުން ނިންމެވީ، އިބްތިދާއީ މަރުޙަލާގައި އެ ލިޔުން ދައުލަތުން ހުށައަޅައިފިނަމަ ބަލައިގެންނެވުމަށެވެ. އަދި ޝަރީއަތް ފެށުމަށްފަހު އެ ލިޔުން ހުށައެޅިނަމަވެސް، ހެކީގެ ގޮތުގައި ބަލައިގަނެވެން ނެތްކަމަށް ގާޒީ ފާއިޒު ވިދާޅުވިއެވެ.

ނަމަވެސް ދިފާއުން ވަނީ، އެ ރިޕޯޓު އެއްވެސް ވަރަކަށް ބަލައިގަންނަ ނަމަ، ދައުވާއަށް ޖަވާބުދާރީވުމަށްޓަކައި ދިފާއަށް ރިޕޯޓު ކޮންމެހެންވެސް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ދިފާއީ ވަކީލު ޔާމީން ވަނީ ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޝީރީންގެ މަރުގެ މައްސަލައަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން މޭރީގެ މަރުގެ މައްސަލައިގެ ޙާދިސާއާ ގުޅޭ މަންޒަރެއް ފެނުނުކަމަށް ނުވަތަ ނުފެންނަކަމަށްވެސް ހުރި ހެއްކަކީ މާވިންއާއި މޭރީގެ ދަރިފުޅުކަމަށްވާއިރު، އެ ހެއްކަކީ މުހިއްމު ހެއްކެއްކަން ވަކީލު ޔާމީނު ފާހަގަކުރެއްވިއެވެ.

ދައުލަތުން ބުނާ ގޮތުގައި ރިޕޯޓު ލިބޭއިރު، އޭނާއަށް މަންޒަރެއް ފެނުނު ކަމަށް، ނުވަތަ ނުފެންނަ ކަމަށްވެސް ބުނެފައި އޮވެދާނެއެވެ. އަދި ލަމްހާ އެޕާޓްމަންޓަށް ދިޔަ ކަމާއި، އެކަމާ ގުޅުންހުރި ކަންކަމަކީ މިހާރު ހުރި ހެކި ޤަރީނާއިންވެސް ދައުލަތަށް ސާބިތު ކޮށްދެވޭނެ ކަންކަން ކަމަށް ދައުލަތުން ބުނެއެވެ. ގާޒީވެސް ވަނީ މިހާރު ހުރި ލިޔުންތަކާއި އެއްގޮތަށް ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދެވުމަށް ދަންނަވާފައެވެ.

އެހިސާބުން ދައުލަތުން ވަނީ ލަމްހާގެ މައްޗަށް ކުރާ ދައުވާތައް އިއްވާފައެވެ. ދައުލަތުން ބުނާ ގޮތުގައި މޭރީ މަރާލުމުގެ އަމަލަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ލަމްހާ ވަނީ މާވިންއާއި މޭރީގެ ދަރިފުޅު ގޮވައިގެން އޭނާ ދިރިއުޅޭ ގެއަށް ގޮސްފައެވެ. އަދި މޭރީ މަރާލުމުން އެ ގެޔަށް ގޮސް، މޭރީ އަމިއްލައަށް މަރުވީކަން ދެއްކުމަށް ސީނެއް ކްރިއޭޓް ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެ ދައުވާއާ ގުޅިގެން ދިފާއީ ވަކީލުން ވިދާޅުވީ، ދައުވާ މުޅިން ސާފުނުވާ ކަމަށެވެ. މިސާލެއްގެ ގޮތުން، ލަމްހާ އެ ގެޔަށް ގޮސް ސީނެއް ކްރިއޭޓް ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ދައުލަތުން ބުނާއިރު، އެހެން ބުނަނީ ދައުވާއާ ގުޅޭ ކޮން ކަންކަމެއްގެ މައްޗަށް ބިނާކޮށްތޯ ވަކީލުން ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި މޭރީ މަރާލުމަށް ލަމްހާ ރޭވިކަން އެއީ ދައުލަތުން ހަރުދަނާ ހެއްކާ ޤަރީނާއާއެކު ދައްކާ ވާހަކައެކެވެ. އެކަން މޯބައިލް ފޮރެންސިކް ރިޕޯޓުތަކުން އެނގޭކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ އިރުޝާދު ލަމްހާ މާވިންއަށް ދީފައިވާ ކަމަށެވެ. ލަމްހާގެ ގެއިން ފެނިފައިވާތަކެތިންއެކަމަށް ބާރު ލިބިދޭކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި އެ ޙާދިސާއަށްފަހު ލަމްހާ އެ ގެއިން ނުކުމެގެންދާއިރު، ފިންގަރ ޕްރިންޓް ފޮރުވުމަށް ޓީޝާރޓުގެ ބޭނުންކުރާކަން ފާހަގަކުރައްވައި ދައުލަތުގެ ވަކީލު ވަނީ، މައުސޫމު މީހަކު އެފަދަ ޙާލަތެއްގައި އެގޮތަށް ކަން ކުރަންވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އެހެންނަމަވެސް ދިފާއީ ވަކީލުން ވަނީ، މާވިންއަކީ ލަމްހާއަށްވުރެ ސީނިއަރ މީހަކަށްވާއިރު، އަދި ލަމްހާއަކީ އެ ޝިފްޓުގެ އާދައިގެ ނަރުހަކަށްވާއިރު، އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ އިރުޝާދު ލަމްހާ މާވިންއަށް ކިޔާދޭންޖެހޭނެތޯ ސުވާލު ކުރައްވާފައެވެ.

ދަައުލަތުން ބުނާ ގޮތުގައި ލަމްހާ މޭރީ މަރާލުމުގައި ބައިވެރިވުމުގެ މޯޓިވްއަކީ އޭނާ މާވިންއާ ލޯބީގެ ގޮތުން އުޅުމެވެ. ފިލިޕީންސްގެ ޤާނޫނުތައް އޮންނަ ގޮތުން، މާވިންއަށް ދެ އަތްބަށް މީހަކާ ކައިވެނި ކުރުމަކީ މަނާކަމެއްކަމަށް ދައުލަތުން ބުނެއެވެ.

ދައުލަތުން ވަނީ ދިފާއުން ޖެއްސުމަށް ވާހަކަ ދައްކާނަމަ، ދައުވާ ސާފުކޮށްދިނުމުގެ މަރުޙަލާ އުނދަގޫވާނެކަމަށް ވިދާޅުވެފައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި "އައި ވިލް ހަންޓް ހާރ ޑައުން" އޭ ބުނެ ލަމްހާ ވަނީ މާވިންއަށް މެސެޖުވެސް ކޮށްފައެވެ. މިއީ އިންޒާރު ދިނުމަށް އޭނާ ކޮށްފައިވާ ކަމެއްކަން ދައުލަތުން ފާހަގަކުރެއެވެ.

ދައުލަތުން ވަނީ ދައުވާކުރާ ސަބަބުތައް އިތުރަށް ސާފު ކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ. އަދި ޝަރީއަތުން ވަނީ އެކަށީގެންވާ މިންވަރަކަށް ފުރަތަމަ ދައުވާ ސާފު ކޮށްދެވިފައިވާކަން ބަޔާން ކުރައްވައި، ދައުވާއަށް ޖަވާބުދަރީވުމަށް ދަންނަވާފައެވެ.

ދިފާއުން ވަނީ ލަމްހާގެ މައްޗަށް ކުރާ ފުރަތަމަ ދައުވާއަށް އިންކާރުކޮށްފައެވެ. ވުމާއެކު، 10 މެއި ގެ 09:30 ގައި އޮންނަ އަޑުއެހުމުގައި އެ ދައުވާއާ ގުޅިގެން ހެކި ހާމަ ކުރުމާއި، ލަމްހާގެ މައްޗަށް ކުރާ އިތުރު ދެ ދައުވާ އިއްވައި ޖަވާބުދާރީވުން އޮންނާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނޭ މާވިންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. މާވިންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއްވެސް އާދިއްތަ ދުވަހު ތާވަލު ކުރި ނަމަވެސް، އެ އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓްމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު