Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރިންސިޕަލް އަށް ޖިންސީ ފުރައްސާރަކުރި މައްސަލަ

ޕްރިންސިޕަލް އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރި ޓީޗަރުން ބަދަލުކުރީ ބަދަލުހިފަން

24 އެޕްރީލު 2022 | އާދީއްތަ 00:20

މި މައްސަލައިގެ ބަޔާން ނަގައި ކަން ހިނގި ގޮތް ބަލަމުން ދަނިކޮށް އެޑިއުކޭޝަނުން ނިންމީ ހަތަރު ޓީޗަރުން އެހެން ސްކޫލަކަށް ބަދަލުކުރުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އެޕްރީލު 2022 | އާދީއްތަ 00:20
އިޒްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ : ޔޫސުފް ސޮފްވަލާން

އިޒްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ : ޔޫސުފް ސޮފްވަލާން

އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރުއާއި ދެކޮޅަށް ބަޔާން ދީފައި ވަނިކޮށް އެ ސްކޫލުގެ ހަތަރު ޓީޗަރުން ކުއްލި ގޮތަކަށް އެޑިއުކޭޝަން މިނިސްޓްރީ އިން އެހެން ސްކޫލަކަށް ބަދަލުކުރީ "ބަދަލު ހިފަން" ކަމަށް އެޗްއާރުސީއެމްގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކަނޑައަޅައިފިއެވެ.

އެ ހަތަރު ޓީޗަރުން މިދިޔަ އަހަރު، ޕްރިންސިޕަލްއާއި ދެކޮޅަށް ބަޔާން ދިނީ ޖިންސީ ފުރައްސާރަކުރަމުންދާ ކަމަށް ތުހުމަތުކޮށެވެ. މި މައްސަލައިގެ ބަޔާން ނަގައި ކަން ހިނގި ގޮތް ބަލަމުން ދަނިކޮށް އެޑިއުކޭޝަނުން ނިންމީ ހަތަރު ޓީޗަރުން އެހެން ސްކޫލަކަށް ބަދަލުކުރުމަށެވެ.

Advertisement - newsAdvertisement

މިއީ ބޭއިންސާފެއް ކަމަށް ބުނެ ޓީޗަރުން ކަންބޮޑުވުން ފާޅުކުރުމުން އޭރު އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުކުރުމުގައި ހުށަހެޅި ޖިންސީގޯނާގެ މައްސަލައާ ގުޅުމެއް ނެތް ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ހުށަހެޅުމުން އެމައްސަލަ ބެލުމަށްފަހު އެޔުނިޓުން ނިންމާފައިވާ ނިންމުމުގައި ވަނީ އެ މައްސަލައިގައި ވަށައިގެންވާ ކަންތައްތަކަށް ރިއާޔަތްކުރުމުން އެނގެނީ ހަތަރު ޓީޗަރުން ވެސް އެހެން ސްކޫލަކަށް ބަދަލުކުރީ "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު" ގެ ދަށުން ވިސްލްބްލޯކުރުމުގެ ސަބަބުން ހިފި ބަދަލެއްގެ ގޮތުން ކަމަށެވެ.

ވިސްލްބްލޯ ކުރުމަކީ މުޖްތަމައުގައި ހިނގާ ނޭދެވޭ ކަމެއްގެ މައުލޫމާތު އާންމު ކުރުމެވެ.

މިމައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މައްސަލަ ބަލައި ނިމުނުކަން އެންގި ލިޔުމުގައި ބުނެފައިވަނީ ޔުނިޓްގެ މި ނިންމުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހޭ އެންގުންތައް އެންގުމުގެ މަސައްކަތް އެ ޔުނިޓުން ކުރިއަށް ގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފެންމަތިވި ޖިންސީ ގޯނާގެ މައްސަލަ މީޑިއާއަށް ފެންމަތިކޮށްފައިވަނީ ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއި މި މައްސަލަ ބެލުމުގައި ޝާމިލްވި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެވެ. މިމައްސަލައާ ގުޅޭގޮތުން ޕީއައިއެލްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޖަމިއްޔާއިން މި މައްސަލަ ދިރާސާކުރިއިރު ހަތަރު ޓީޗަރުން އެހެން ސްކޫލުތަކަށް ބަދަލުކުރުމަށް މެދުވެރިވެފައިވާ ސަބަބަކީ ޖިންސީ ފުރައްސާރަކުރި މައްސަލަ ހުށަހެޅުމާއި އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ހެކި ބަސް ދިނުމުގެ ސަބަބުން ކަން މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށާއި ހެއްކާއި ގަރީނާއަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.

ޕީއައިއެލްސީން ބުނީ ޓީޗަރުން އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމި ގާނޫނާ ހިލާފު ނިންމުން ބާތިލުކޮށްދިނުމަށް އެދި އެ ޓީޗަރުންގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ. އެ ފިޔަވަޅު ދިފާއުކޮށް ސީއެސްސީން ވާހަކަ ދެއްކިޔަސް އެ ފިޔަވަޅު އަޅާފައި ވަނީ ގާނޫނާ އެއްގޮތަށްކަން ސާބިތުވާނެ އެއްވެސް ހެއްކެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އަޑުއެހުންތައް ނިމުނުއިރު ވެސް ހުށަހަޅާފައިނުވާ ކަމަށް ޕީއައިއެލްސީން ބުނެއެވެ.

މި މައްސަލައިގައި އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހަތަރު ޓީޗަރުން އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހާއްސަ ކޮމިޓީއަކުން ހިންގި ލީޑާޝިޕް އެންޑް މެނޭޖްމަންޓް ރިވިއު އަށް ރިއާތްކުރުމަށް ފަހު ކަމަށެވެ. އެ މައްސަލައިގައި ޓީޗާސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ހުރި ކަމަށް ބުނެ އެކަން ވެސް މިނިސްޓްރީގެ ބަޔާނުގައި ކުށްވެރިކޮށްފައިވެވެ.

އިއްޒުއްދީންގެ ޕްރިންސިޕަލަށް އެއްވެސް ފިޔަވަޅެއް ނާޅާއި އޭނާ ބަދަލުކުރީ އެހެން ރަށެއްގެ ސްކޫލުގެ ޕްރިންސިޕަލަކަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް