Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއަރ ލީގު

މާޒިޔާއަށް ފަސޭހަ ފުރަތަމަ ހާފަކާއި، އުނދަގޫ ދެވަނަ ހާފެއް! ލީޑް 5 ޕޮއިންޓަށް!

މާޒިޔާ އޮތީ 27 ޕޮއިންޓާއެކު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 22 އެޕްރީލު 2022 | ހުކުރު 19:18
މާޒިޔާގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ނާއިޒް އެހެން ކުޅުންތެރިންނާއެކު

މާޒިޔާގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ނާއިޒް އެހެން ކުޅުންތެރިންނާއެކު

ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ ފުލުގައި އޮތް ދަ ގްރާންޑޭ އަތުން 5-0 ން މޮޅުވެ އެއްވަނާގައި މާޒިޔާއިން 5 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ދެވަނާގައި އޮތް އީގަލްސްއަށްވުރެ އިތުރަށް މެޗެއް ކުޅެގެން މާޒިޔާ ވަނީ 27 ޕޮއިންޓް ހަމަކޮށްފައެވެ. އެއީ 10 މެޗުންނެވެ.

ދެވަނާގައި އީގަލްސް އޮތީ ނުވަ މެޗުން 22 ޕޮއިންޓާއެކުއެވެ. އާދިއްތަ ދުވަހުގެރޭ ސަސް ބަލިކޮށްގެން, ފަރަޤު ކުޑަކުރުމުގެ ފުރުޞަތު އީގަލްސްއަށް އޮންނާނެއެވެ. ޕޮއިންޓަކާއެކު ފުލުގައި އޮތް ދަ ގްރާންޑޭ ކޮޅަށް މާޒިޔާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ފުރަތަމަ ހާފްގައެވެ. ހަތަރުވަނަ މިނިޓްގައި ކުރި ހޯދައިދިނީ ނާއިޒު ހަސަން (ދާދު) އެވެ. ދެވަނަ ލަނޑު ކޯނަރަކުން އޭރިޔާތެރެއަށް ހުރަސްވިބޯޅަ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރީ ކާޓަލްއެވެ. ތިންވަނަ ލަނޑު ޖެހީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. ހާފް ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ހަތަރުވަނަ ލަނޑު ޖެހީ ކޯނޭއެވެ.

ފުރަތަމަ ހާފްއާއި ހިލާފަށް ދެވަނަ ހާފްގައި ދަ ގްރާންޑޭއިން ކުޅުން ރަނގަޅު ކުރިއެވެ. އެކަމަކު މާޒިޔާގެ ގޯލަށް ރަނގަޅު އެޓޭކެއް ކުރެވޭ ވަރެއް ނުވިއެވެ. ދަ ގްރާންޑޭއިން ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކީ މާޒިޔާއަށްވެސް ދެވަނަ ހާފްގައި ގޯލްތަކެއް ނުޖެހުނެވެ. ދެވަނަ ހާފްގެ ހަމައެކަނި ގޯލް މާޒިޔާއަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން އަސަދުالله އަބުދުالله އެވެ. ލަނޑަށްފަހުވެސް އަސަދުالله ރަނަގޅު ދެ ބޯޅައެއް ބޮލުން ފޮނުވާލި ނަމަވެސް ގޯލަކަށް ބަދަލުކޮށްނުލެވުނެވެ.

މާޒިޔާ ވަނީ މިދިޔަ ހަފްތާގައި 13-0 ން ވެލެންސިޔާ ބަލިކޮށްފައެވެ. ލީގުގައި މާޒިޔާ ބަލިވީ ދެވަނަ ބުރުގައި އީގަލްސް އަތުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުދިވެހި ޕްރިމިއާ ލީގުމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންދަ ގްރާންޑޭ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު