Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުން

ރައީސް ޔާމީނު ގެންގުޅުއްވަނީ ނަސްލީތަފާތުކުރުމުގެ ސިޔާސީ ހައްދުފަހަނައެޅި ފިކުރެއް، އެއީ އިންޑިއާ އައުޓް ކެމްޕޭން - އެމްޓީޑީ

ނުރައްކާތެރި ރޭސިސްޓް ހޭޓް ކެމްޕޭން ހުއްޓުވުމަކީ މިގައުމުގެ އަދުގެ ހާލަތާއި ދިވެހި ގައުމުގެ މުސްތަގުބަލަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2022 | ހުކުރު 07:57
އެމްޓީޑީގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޓީޑީގެ ބައްދަލުވުމެއްގެ ތެރެއިން

ވަކި ނަސްލަކާއި ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފަށްޓަވާފައިވާ ނުރައްކާތެރި ރޭސިސްޓް ހޭޓް ކެމްޕޭން ހުއްޓުވުމަކީ މިގައުމުގެ އަދުގެ ހާލަތާއި ދިވެހި ގައުމުގެ މުސްތަގުބަލަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް ޔާމީންގެ ނައިބްރައީސް އަހުމަދު އަދީބުގެ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީނު ގެންގުޅުއްވާ ނަސްލީތަފާތުކުރުމުގެ ސިޔާސީ ހައްދުފަހަނައެޅި ފިކުރުގެ "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާއާއި އަދި އިންޑިއާ ދަރިފަސްކޮޅުގެ ނަސްލާއިމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދާ އޭގެ ސަބަބުން މިގައުމު ހަމަނުޖެހުމަކަށް ވައްޓާލާ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް މިރީތި ގައުމު އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށްކުރާ މަސައްކަތެއް ކަމަށެވެ. މިކަން ހުއްޓުވަން ގައުމީ ސަލާމަތާބެހޭ ކޮމިޓީއިން ނިންމާ ރައީސް ސާލިހުގެ ގަރާރަކުން ކަނޑައެޅުމަކީ ދިވެހި ގައުމުގެ ދިފާޢުގައި ރައީސް ސާލިހު ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅެއް ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑާއި ހަނގުރާމައިގެ ވިލާތަކެއްގެ ދަށުގައި ދުނިޔޭގެ ގައުމުތައް އިނދަޖެހި އެތައް ދަތިތަކެއްގައި އުޅެމުންދާއިރު އަދި އެންމެ ކައިރިން އަވައްޓެރި ސްރީލަންކާ ރައްޔިތުން އުޅެމުންދާ ހާލާއި ދިވެހި ގައުމުގެ އަދުގެ އާންމު ހާލަތު އަޅާމިނެކިރާލާއިރު އަޅުގަނޑުމެން މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ދިވެހި ގައުމުގެ ހާލަތު ނުރައްކަލުގެ ތެރެއަށް ވައްޓާލަން ރައީސް ޔާމީނާއި މަދުބަޔަކު ހުއްޓާނުލާ ކުރާ މަސައްކަތަށް ފުރުސަތު ދީގެން ބަލަންތިބެގެން ނުވާނެކަން އެ ޕާޓީއިން ދެކޭ ކަމަށެވެ.

ރައީސް ޔާމީނު އަމިއްލަ އާއިލާ ދިރިއުޅުއްވާ ގެކޮޅުވެސް ނަފުރަތުގެ ރަމްޒަކަށް ހައްދަވާ ފެއްޓެވި "އިންޑިއާ އައުޓް" ބެނަރ ކެމްޕޭން ފުލުހުން ކޯޓް އަމުރާއި އެކީގައި ހުއްޓުވުމަކީ އެއްވެސް ފަރާތަކަށް ގާނޫނުން މަތީގައި އުޅުމުގެ ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ އިންޒާރެއް ކަމަށް ބުނެފައިވެއެވެ. މިގައުމަކީ ގާނޫނު ނުހިނގާ ގައުމަކަށް ބަދަލުވާން ދޫކޮށްލެވޭނެ ގައުމެއްނޫން ކަމަށާއި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅައިގެން ކޮވިޑާއި އިގްތިސާދު ހަމަޔަކަށް ރައީސް ސާލިހު އެޅުއްވިގޮތަށް، އެމަނިކުފާނު އިސްނަންގަވައިގެން ވަކި ނަސްލަކާއި ދެކޮޅަށް ރައީސް ޔާމީނު ފަށްޓަވާފައިވާ ނުރައްކާތެރި ރޭސިސްޓް ހޭޓް ކެމްޕޭން ހުއްޓުވުމަކީ މިގައުމުގެ އަދުގެ ހާލަތާއި ދިވެހި ގައުމުގެ މުސްތަގުބަލަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ގޮތުގައި ދެކޭ ކަމަށް ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ފުލުހުން ނަގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ކޯޓު އަމުރެއްގެ ދަށުން, ބުރާސްފަތި ދުވަހު ފުލުހުން ވަނީ ޕީޕީއެމް އޮފީހުގައި ހަރުކޮށްފައިވާ ބެނަރވެސް ނަގާފައެވެ.

ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާއި ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި, އަދި ނުރައްކާ އޮތް ކަމެއް ކަމަށްވާތީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި, ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ބުރާސްފަތި ދުވަހު ގަރާރެއް ނެރުއްވާފައެވެ.

މި ގަރާރުގައި ބުނެފައިވަނީ އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ދެވޭނެ އެންމެ ފުޅާމިނެއްގައި ޖާގަދީ، ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ އަސާސްތައް ދެމެހެއްޓުން ކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ޞުލްޙަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްޤީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށް މިގަރާރުގައި ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައް ކަމުގައިވާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އާއި، ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލަރ ރިލޭޝަންސް (1963) ގެ ދަށުން، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ހޯސްޓް ނޭޝަންގެ ހައިސިއްޔަތުން ދިވެހި ދައުލަތުގެ ޒިންމާއެއް ކަމުގައެވެ.

މި ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަން ޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައި ގަބޫލުކުރެވޭތީއާއި، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހީންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކާތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމެއް ކަމުގައި ވެސް ގަބޫލުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއް ކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއްކަމަށެވެ.

އަދި ވަކިވަކި ޤައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް މަޖިލީހުން ނިންމައިފައިވީ ހިނދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، މި ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މިގޮތުގެ މަތީން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ޤަރާރު އެކަށައެޅީ ކަމަށެވެ.

އެމްޓީޑީކުރީގެ ރައީސް ޢަބްދުﷲ ޔާމީންއިންޑިއާ އައުޓްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު