Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ދޮންފަނު ކައުންސިލާ ބައްދަލުކުރެއްވުން

ބ.ދޮންފަނު ކައުންސިލުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފި

ކައުންސިލަރުން ވަނީ އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އެޕްރީލު 2022 | ބުރާސްފަތި 12:37
ރައީސުލްޖުމްހޫރިއްޔާ ބ ދޮންފަނު ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ބ ދޮންފަނު ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ބ. އަތޮޅު ދޮންފަނު ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ވަނީ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ރަށުން އިތުރު ގޯތިދޫކުރުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ބޭނުންކުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި ކައުންސިލް އިދާރާއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާކަންކަމާއި އަދި ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްހަދާނެ ރަށެއްގެ ގޮތުގައި ހަނިފަރު ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަދި ރަށުގެ ތަރައްޤީއަށް މުހިންމު އިތުރުކަންކަމާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދޮންފަނުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ބ.ދޮންފަނު

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ރާއްޖޭގައި ރަސްކަމެއް ގާއިމްކުރުމުގެ ފުރުސަތެއް ނުދޭނަން: މެންބަރު މައުރޫފް

15 ސެޕްޓެމްބަރު 2025
ރާއްޖޭގައި ރަސްކަމެއް ގާއިމްކުރުމުގެ ފުރުސަތެއް ނުދޭނަން: މެންބަރު މައުރޫފް
12 ސެޕްޓެމްބަރު 2025

ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރުމުން މަޓާޓޯ އިން ކަންބޮޑުވެއްޖެ

12 ސެޕްޓެމްބަރު 2025
ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރުމުން މަޓާޓޯ އިން ކަންބޮޑުވެއްޖެ
12 ސެޕްޓެމްބަރު 2025

ދޮންފަނު ރައްޔިތުން ކަނޑުމަތީގައި މުޒާހަރާ ކުރަނީ

12 ސެޕްޓެމްބަރު 2025
ދޮންފަނު ރައްޔިތުން ކަނޑުމަތީގައި މުޒާހަރާ ކުރަނީ
12 ސެޕްޓެމްބަރު 2025

ސަރުކާރުގެ ނާގާބިލުކަން ހާމަވި ދޮންފަނު ހާދިސާ ގައި އެ ރަށު ރައްޔިތުންގެ ކިބައިން ރައީސް މުއިއްޒު މާފަށް އެދެން ޖެހޭ!

12 ސެޕްޓެމްބަރު 2025
ސަރުކާރުގެ ނާގާބިލުކަން ހާމަވި ދޮންފަނު ހާދިސާ ގައި އެ ރަށު ރައްޔިތުންގެ ކިބައިން ރައީސް މުއިއްޒު މާފަށް އެދެން ޖެހޭ!
11 ސެޕްޓެމްބަރު 2025

ދޮންފަނު ރައްޔިތުންގެ ނަމުގައި ރައީސް އިތުރުފުޅު ހެއްދެވި މައްސަލަ ގޯސްވެ އެންމެ ފަހުން ދޮންފަނު ފަރުގެ ސަރަހައްދު ބަންދު ކޮށްފި

11 ސެޕްޓެމްބަރު 2025
ދޮންފަނު ރައްޔިތުންގެ ނަމުގައި ރައީސް އިތުރުފުޅު ހެއްދެވި މައްސަލަ ގޯސްވެ އެންމެ ފަހުން ދޮންފަނު ފަރުގެ ސަރަހައްދު ބަންދު ކޮށްފި
09 ސެޕްޓެމްބަރު 2025

ދޮންފަނު ކައުންސިލްގެ ރައީސް، ރައީސް މުއިއްޒަށް - ހެޔޮނުވާނެ ތިވަރަށް ދޮގު ހައްދަވަން

09 ސެޕްޓެމްބަރު 2025
ދޮންފަނު ކައުންސިލްގެ ރައީސް، ރައީސް މުއިއްޒަށް - ހެޔޮނުވާނެ ތިވަރަށް ދޮގު ހައްދަވަން
05 ސެޕްޓެމްބަރު 2025

ހަނިފަރު ހިމާޔަތުގައި ދޮންފަނު ބިން ހިއްކުމާއި ދެކޮޅަށް އޮންލައިން ޕެޓިޝަނެއް، މިހާތަނަށް 3،000 މީހުންގެ ސޮއި ހޯދައިފި

05 ސެޕްޓެމްބަރު 2025
ހަނިފަރު ހިމާޔަތުގައި ދޮންފަނު ބިން ހިއްކުމާއި ދެކޮޅަށް އޮންލައިން ޕެޓިޝަނެއް، މިހާތަނަށް 3،000 މީހުންގެ ސޮއި ހޯދައިފި
05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު